މިއަދު ރާއްޖެ އިން އިތުރު 607 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް މަދުވިއިރު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު ވެސް ރެކޯޑް އަދަދަކަށް މަދެވެ. މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 2823 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %22 މީހުން ކޮވިޑަށް ފައްސިވިއެވެ.

މިއަދަކީ މިދިޔަ އަހަރުގެ ނޮވެމްބަރ 20 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުބަޔަކު ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.

މީގެ ކުރިން އެޗްޕީއޭ އިން ކޮވިޑްގެ އަދަދުތައް އިއުލާން ކުރާއިރު މާލެ އާއި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓްތަކާއި ސަފާރީތަކުގެ އަދަދު ވަކިވަކިން އިއުލާން ކުރި ނަމަވެސް މިރޭ އިއުލާން ކުރީ ޖުމްލަ އަދަދު އެކަންޏެވެ. އެހެންކަމުން މިއަދު މާލެ އިންނާއި އަތޮޅުތެރެއިން ފައްސިވި މީހުންގެ އަދަދުތަކެއް ސާފެއް ނުވެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ މިރޭ ހަމައެކަނި ޖުމްލަ އަދަދު އިއުލާން ކުރީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ކޮވިޑުން ރަނގަޅުވީ 743 މީހުންނެވެ. މިއަދު ކޮވިޑް ޖެހުނު މީހުންނާއިއެކު މިހާރު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު 15368 އަށް އަރައެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނީ 28 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޔ

    އަމިއްލައަށް ޓެސްޓްކިޓްގަނެގެން ޓެސްޓްކުރަންޏާކިހިނެއް އެޗްޕީއޭ މީހުންނަށް އިގޭނީފައްސިވާވަރެއް.

    1
    1
  2. ބަރަބޯ

    އާދައިގެރޯގާއެއް ޖެހި ފަށްސިވުން އިތުރުވަނީ އަންހެނުން ޕުރެގުނެންޓު ހަދާ ޓެސްޓުކިޓު ރާއްޖޭގަބޭނުންކުރާތީ މިސަރުކާރުވަނީ ބަނގުރޫޓުވެފަ އިސްތިއުފާދީފަ ހިންނަވަރަށް ކަނޑާލާ.

    1
    1
  3. ސަރީޕް

    ބަލަ އާބާދީގަ ނެތޭ ދުވާލަކް ބައިލައްކަ ޕޮސިޓިވް ވާވަރަށް މީހުންނެތް..

  4. އަޙްމަދް

    ‎މެޑިކަލް މާފިޔާއިން ނާއި ސިޔާސީ ޣައްދާރުން ނާއި ގުޅިގެން ވައްކަން ކުރަންވެގެން އާދައިގެ އަރިދަފުސް ރޯގާއަކަށް ކޮވިޑް 19 އޭ ކިޔާ އާނަމެެއް ދީގެން އަދި އެއީ މަރުވާވަރުގެ ބައްޔެއްކަމަށް ވަސްވާސްދީ ސިއްޙީބިރުވެރިކަން އުފައްދައިގެން މީސްތަކުން ބިރުގައްނުވައި ވެކްސިން ވިއްކަންވެގެން ހިންގާޖަރީމާއެއްކަން އެނގޭވަރަކަށް ފައްސިމަދުވާނެ، މަދުކުރަންޖޭނި.‎

  5. ވަތަން

    މި ޖަރީމާ ހިންގާ މީހުންނަށް ހައްގު އަދަބު ދޭންޖެހޭ