09:33

އިނގިރޭސިވިލާތުގައި ކޮވިޑަށް ފައްސިވި ނަމަވެސް ކަރަންޓީން ވާން ނުޖެހޭނެ ކަމަށް މާދަމާ ނިންމާނެ.

ކޮވިޑް-19 އޮމިކްރޯން ވޭރިއަންޓްގެ ރާޅު ކުޑަވަމުން އައި ނަމަވެސް އަދިވެސް ހާލަތު ގޯސް ގައުމުތައް އެބައޮތެވެ. މިގޮތުން މިހާރު އޭޝިއާ ބައްރުން އެންމެ ބާރަށް ކޮވިޑް ފެތުރެމުން އަންނަ އެއްގައުމަކީ ދެކުނު ކޮރެއާ އެވެ.

ދެކުނު ކޮރެއާ އިން މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 109000 އަށް އަރައެވެ. މިއަދަކީ މިހާތަނަށް ދެކުނު ކޮރެއާ އިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

ދެކުނު ކޮރެއާގެ އިތުރުން ޖަޕާންގެ ބައެއް ސަރަހައްދުތަކުން ވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ޖަޕާން ސަރުކާރުން މިއަދު ބުނީ ކޮވިޑް ކޮންޓްރޯލް ކުރަން މުޅި ގައުމުގައި ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި މިހާރު ވިސްނުން ހުރީ ހާލަތު ގޯސް ސަރަހައްދުތަކުގައި ބަލި ކޮންޓްރޯލް ކުރަން އިތުރު ފިޔަވަޅުތައް އަޅާށެވެ.

ޔޫރަޕްގެ ގިނަ ގައުމުގައި ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް އިއްޔެ ޖަރުމަންވިލާތުން ވަނީ 220000 މީހުން ކޮވިޑަށް ފައްސިވެފައެވެ. ރަޝިއާ އިން ވެސް 180000 މީހުން އިއްޔެ ވެސް ފައްސިވިއެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ވަގުތު ނޫހުން މިހާރު ކުއްލި ޚަބަރުގޮތަށް ރަތްކުލަ އަރުވައިގެން ކޮވިޑް ސުރުޚީ ލިޔުން ހުއްޓާލަން ވެއްޖެ. މިހާރު މިއީ ތިންވަނަ އަހަރު ތިޔަކަން ކުރާތާ ހުއްޓުމެއްނެތި. ކޮވިޑަކީ ނުރައްކާތެރި ބައްޔެއްނޫން

  2. ޚިކޭ

    ޥަގުތު ނޫހުގެ ކަމަކީ އަބަދު ބިރު ގެންނެވުން،