އައްޑޫ ސިޓީ މަރަދޫފޭދޫ ފަޅުގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ނިޔާވެފައި އޮއްވައި ފެނުނީ ޏ. ފުވައްމުލައް ހިތަށް ފިނިވާނެ، އަލީ އިބްރާހިމް 40،އެވެ.

އެއީ މަރަދޫފޭދޫ މީހަކާ އިނދެގެން އުޅޭ ޏ. ފުވައްމުލަކު ފިރިހެނެކެވެ. އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށް މައުލޫމާތު ލިބޭއެވެ.

އެނގިފައިވާ ގޮތުގައި އެމީހާއަކީ މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.

ފުލުހުން ބުނީ މަރަދޫފޭދޫ ގެއެއްގެ ތެރޭގައި ފިރިހެނަކު ނިޔާވެފައި އޮއްވައި ފެނުނު މީހާ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރުން ބެލި ބެލުމުން ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެނިފައި ނުވާ ކަމަށެވެ.

އެކަމަކު، މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަމަރު

    ތީވާނީ މަގައުމުގެ ވެރިން ކުރިކަމަކަށް ބަންގާޅީން ނަކީ ރަނިކަން ކުރާބައެއް މިގައުމުގަ، ޑްރަގް ވިޔަފާރި، ކަންމަތީ ފިހާރަ، އެގްރިކަލްޗަރ އިންޑަސްޓްރީ އަދި މާރާމާރީ އާއި ގޭންގު ގަވެސް ހަމަ ތި ބަންގާޅީން، މިހާރެ އަނެއްކާވެސް ކޯޓަރ ދޫކުރަން އިބޫ ރެޑީވަނީ، އެބައިގަޑައް، ދުވަހަކުވެސް ދެން އެމްޑީޕީ އަކަ ވޯޓެނުލިބޭނެ އަޅުގަޑުމެން ގެއިން،