ހުޅުމާލެ ބީޗުގައި ބާއްވާފައި އޮތް ދަބަހެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ދަބަސް ވަގަށް ނެގި މީހާގެ ވީޑިއޯ އާއްމުކޮށް ފުލުހުން ވަނީ އޭނާ ހޯދަން އާއްމުންގެ އެހީއަށް އެދިފައެެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއަކީ މި މަހުގެއަށް ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެ ލޮނުވެލި ގެސްޓްހައުސް ކުރިމަތީ ބީޗުގައި ބާއްވާފައި އޮތް ދަބަހެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހުޅުމާލެ ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ.

ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅައި ހިއްސާކުރުމަށް ފުލުުހުން ވަނީ އެދިފައެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންއަންނާރޭ

    އަހަރުމެންގެ ގޭގެ ކެމެރާއެއް ނުހުރެއެވެ. ވީމާ އަހަރެންގެ ގޭގައި ކެމެރާ ހަރުކޮށް އޭގެން ރެކޯޑްކުރެވޭގޮތް ހަދާދޭށެވެ. އޭރުން އަހަރެންގެ އެކެރާތަކަށް ފާރަވެރިވެ ވަގުންވައްކަން ކުރާ ވަގުތު ތިޔަފަރާތް އަންގާދިނުމަށްޓަކައި ރީޗާޖްކޮޅަކާއެކު ފޯނެއް ދިނުމުން އެދެމެވެ. އިހިތިރީމްގިބީލިކުރެއްވިން އިދިމިވެ.