ފުލުހުން ހިމެނޭހެން ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ބާރު ކެނޑި، މަސްތުވާތަކެތީގެ ބޮޑުުންނާއި ކުށްވެރިންގެ ބާރުގަދަ ވެފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ނ. މިލަދޫގައި މަސްތުވާތަކެތި ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން ތަންތަނާއި ތަކެތީގައި ހުޅު ޖަހާފައިވާ މައްސަލަތަކުގެ ޚަބަރުތަކެއް ޚިއްސާކޮށްފައެވެ.

މީގެ ދެ މަސް ކުރިން އިންޒާރު ދިނުމަށް މިލަދޫ މުޝްތަރީގޭގައި ރޯކޮށްލާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ރަށުގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލުގައި ވަނީ ރޯކޮށްލައިފައެވެ.

އުމަރު ލިޔުއްވާފައި ވަނީ މި ދެ ކަންތައް ހިނގީ ވެސް މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑުން އިންޒާރު ދިނުމަށް ފަހު ކަމަށާއި ރާއްޖޭގެ ގިނަ ރަށްރަށުގެ ހާލަތަކީ އެއީ ކަމަށެވެ.

"ފުލުހުންގެ ބާރު ކެނޑި، ކުށްވެރިންގެ ބާރު ވަނީ ގަދަވެފައި، އެއްވެސް ޕާޓީއަކަށް، އެއްވެސް ވެރިއަކަށް މި ކަން ހައްލުކޮށް ނުދެވުނު،" އުމަރު ލިޔުއްވާފައިވެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ އުމަރު ދެން ލިޔުއްވާފައިވަނީ އޭނާގެ ރިޔާސީ ޝިއާރު ކަމުގައިވާ "ހައްލަކީ އުމަރު" އެވެ.

އެއީ 2008 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވިއިރު ވެސް އުމަރު ބޭނުން ކުރެއްވި ޝިއާރެވެ. އެ ފަހަރު އުމަރަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ އެންމެ އިންސައްތައެއްގެ ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސަނީ

    މަޖްލިސް މެމްބަރުން ޤާނޫނު ހަދަނީ. އުމަރު ތިޔަ ވިދާޅުވީ ވަރަށް ބޮޑު ހަގީގަތެއްގެ ވާހަކަ. ތިޔަކަން މާއިތިރިކޮށްލުމުގެ ބާރު އޮތީ މަޖްލިސްއަށް.

  2. ކަލޯ

    ވަރަށް ރަނގަޅު ވާހަކައެއް... ގާނޫނު ހިނގަނީ ވަކި ބައެއްގެ މައްޗަށް... ބޮޑެތި ޖަރީމާތަށް ހިނގާ މީހުން ހަމަ ޖެހިލާފަ މުޖުތަމައުގަ އުޅެމުންދަނީ...

  3. ބޮކި

    ބަލަ ކަލޭ މާތާހިރެއްނޫން އަނގަހުޅުވާކަށް ؟

    3
    7
  4. މުހައްމަދު

    މީހަމަފައްކާ ރޯނު އެދުރެއް

    3
    10
  5. ޖަވާދު

    ޢުމަރުގެ މިނިސްޓަރު ކަމުގަ ފުލުހުންގެ ބާރު ކެޑިފަ އޮތީ! މިހާރު ފުލުހުންގެ ބާރު އެބައޮތް! އެތަން ފެންނަންވެސް އެބަ ފެނޭ! ޢުމަރު އިސްވެ ހުރެގެން އަތުލައިނުގެނެވޭ މަސްރުވާތަކެތި މިހާރު ޓަނުން ޓަނުން އެދަނީ އަތުލަމުން! ހަޖަމް ކުރަން ދަސްކުރޭ!

    • ލޮލް

      އުމަރުގެ މިނިސްޓަރުކަމުގައި މިގައުމަށް ކުއްތާ އެތެރެކުރީ، މިސަރުކާރުން އެކުއްތާތައް ބޭނުންކޮށްގެން މަސްތުވާތަކެތި ހޯދަނީ، އެހެންވީމާ މަސްތުވަތަކެއްޗާ ދެކޮޅަށް އުމަރަކަށް ކަމެއް ކޮށްދެވިފައެއް ނެތެއްނު. ކަލޭމެން ތިލިޔާ އެއްޗެހި ކިޔާފައި އަހަރެމެން ސަލާމަތުން ތިބި މީހުންގެ ދެލޮލު އޮށް ވެއްޓޭވަރުވޭ.

  6. ހުސްނީ

    ޢުމަރުބޭ ތިޔައީ މިއަދު ވީ ކަމެއްނޫން. އުމަރުބޭ ހޯމްމިނިސްޓަރަކަށް ހުންނެވި އިރުވެސް ތިކަން ފެނުނީ ހަމަ ތިގޮތަށް. ތިއީ މިހާރު ދުނިޔޭގެ ގިނަ ޤައުމުތަކުގެ ހާލު ހުރިގޮތް. ގައުމު ކޮންޓްރޯލް ކުރަނީ ގޭންގްތަކުން. މިފަދަ ކަންކަން ހުއްޓުވުމުގެ ކިތަންމެ ބޮޑު އަޒުމެއް އޮތަސް އެ ޢަޒުމު ބޭރުފުށުން ދައްކާ ގިނަ މީހުންވެސް ގުޅިފަ ތިބެނީ ހަމަ ގޭންގުތަކާ. ގޭންގްތަކަށް ޚަރަދުކުރަނީ ސިޔާސީ މީހުން. މިގޭމެއް އަދި ނިމޭކަށް ނެތް. ސިންގަޕޫރުން އިންޑިޔާއާމެދުވެސް ހަމަ އެ ދެކެނީ މިގޮތަށް. ދުނިޔެ މިއަންނަނީ ބަދަލުވަމުން. އަނެއްކާވެސް ދުވަސްތަކަކަށްފަހު މިކަންކަން ރަނގަޅުކުރާނެ ބަޔަކު އިރާދަކުރެއްވިއްޔާ މާތްﷲ ދައްކަވާނެ.

    2
    3
  7. ގަމަރު

    ފުލުހުން ނަޢްވާހަކަލަ ފުލުން އެބަތިބިތޯ، ފުލުންނަކީ މަޤައުގަ ޕޮލިޓިކަލް ގުންޑާއިންގެ ޕަޕެޓުން، ޤައުމު ހަލާކުގެ ތެރެއަށް މިވއްޓަނީ ހަމަ ޕޮލިޓިކަލް ޤުންޑާއިން،

  8. ސައްދާމް

    ކުއްވެރިންނައް އަނިޔާކޮއް ތަޅާ، މީހުންގެ ބަދަ ބިންދާފަ އައިސް އެބަ ވާހަކަ ދައްކައެއްނުން!

  9. 2023ގައި ވޯޓު ދޭންވީ އުމަރަށް.

    ހައްލަކީ އުމަރު، ރައީސްކަން ދޭންވީ އުމަރަށް. ބޮޑުތަނުން ތަފާތު ދައްކާ ގައުމު އިސްލާހުކުރާނޭ ކަމުގެ ފޮނި އުއްމީދު އެބައޮތް. 2023 މާތް ﷲ އިރާދަ ކުރެއްވިއްޔާ އުމަރަށް ކާމިޔާބު ވާނެ.

  10. ގަލަން ތުނޑު

    އުމަރަކަށް ބުމަރަކަސްވެސް ކާމިޔާބެއްނުވާނެ ގައުމުގެ ރައްޔިތުން ތިބީ ލާރިދޭބަޔަކަށް ވޯޓްދޭގޮތަށް.އެހެންވީމަ ހަމަ ދެންވެސް ރީދޫ ބައިގަނދޫ އަންނާނީ.އިންޑިޔާ އޮތީ ތައްޔާރަށް .ފަހުން ގޮވާނީ ސަހަރޯއޭ

  11. ޕޮއްޕަޓް ޒޮއިސް އިބްރާހިމް

    ބެކުބޯނަކަސް ރަނގަޅު ވާހަކައެއް އެބުނޫ