މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މާފުށީ ޖަލުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުން ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ކުރުމުގެ ސެޝަންތަކެއް އެ ޖަލުގައި ފަށައިފިއެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ މިމަހުގެ 17 އިން ފެށިގެން މިއަދާ ހަމަޔަށް ކުރިއަށް ގެންދާ މި ސެޝަންތަކުގެ ބޭނުމަކީ މާފުށީ ޖަލުގައި މަސައްކަތް ކުރާ ހުރިހާ އޮފިސަރުންނާއި މުވައްޒަފުން ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކޮށް، މަސައްކަތު މާހައުލުގައި އެ މަޢުލޫމާތުގެ ބޭނުން އެންމެ ފުރިހަމަ ގޮތެއްގައި ބޭނުންކުރުން ކަމަށެވެ.

މައުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ތިން ދުވަހަށް

ސެޝަންތަކުގައި މާފުށީ ޖަލުގެ 27 އަންހެން އޮފިސަރުންނާއި 113 ފިރިހެން އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

140 އޮފިސަރުން ވަނީ ތަމްރީނު ކޮށްފައި

މާފުށީ ޖަލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި ސެޝަންތަކުގައި ބައިވެރިންނަށް ގާނޫނާއި ގަވާއިދުތަކާބެހޭ މައުލޫމާތު ފޯރުކޮށްދެނީ އެމްސީއެސްގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސްގެ މުވައްޒަފުންނެވެ. އަދި މިފަދަ ސެޝަންތައް މުސްތަގުބަލުގައި ވެސް ކުރިއަށްގެންދާނެ ކަމަށް ކަރެކްޝަނުން ބުންޏެވެ.