ރާއްޖޭގައި ސައުދީ އަރަބިއްޔާގެ އަންހެން ފުޓްބޯޅަ ޓީމު ކުޅޭ މެޗުގެ ފޮޓޯ އާއި ވީޑިއޯ ނެގުން މަނާކޮށްފިއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ ރަހްމަތްތެރިކަމުގެ މެޗެއްގައި ސައުދީ އާއި ސީޗެލްސް ގަލޮޅު ދަނޑުގައި ކުޅޭ މެޗުގެ ފޮޓޯ އާއި ވީޑިއޯ ނެގުން މަނާ ވާނެ ކަމަށެވެ. އަދި ސްޓޭޑިއަމަށް އެއްވެސް ބާވަތެއްގެ ކެމެރާއެއް ނުވެއްދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް މެޗު ކަވަރު ކުރަން އަންނަ ނޫސްވެރިންނަށް ދަނޑަށް ވަދެވޭނެ ކަމަށް ބުނެފައިވެއެވެ.

އެފްއޭއެމް އިން މިގޮތަށް ނިންމީ ކީއްވެ ކަމެއް އެނގިފައެއް ނުވެއެވެ.

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ސައުދީ އަރަބިއްޔާގެ އަންހެން ފުޓްބޯޅަ ޓީމު މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައިއިރު، މި ޓީމުގައި ބުރުގާ ނާޅައި ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ.

ސައުދީގެ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ބައްދަލު ކުރާނީ ރާއްޖެއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޙަސަނާ

    ކޮންމެ ގޮތެއްހަދާފަވެސް ތިފޮޓޮތައް ނަގަންޖެހޭނެ. ކީއްކުރަން ކުޅެންއައީ.

    72
    13
    • ނައިލް

      މިފަދަ މެޗުތަކުގެ ފޮޓޯ އަދި ވީޑިއޯ ރައިޓްސް ދީފަ އޮންނާނި ވަކި ބަޔަކަށް.. އެހެން މީހުންނަށް އެ ހުއްދައެއް ނުދެވޭނެ

      15
      3
  2. ޔަހުޔާ

    ތިޔަވަރުން ފުޓްބޯޅަ ނުކުޅޭށޭ ބުނޭ ސައުދީ މީހުން ގާތު.އަދި ތިޔަ ފުޓްބޯޅަ ޓީމުގައި ގިނައީ ބުރުގާ ވެސް ނާޅާ ތިބި މީހުން

    66
    7
    • ވާނުވާ

      އެމީހުންގެ ފޮޓޯ ނެގުމެއް ނޫން މަނާވީ އެމީހުންނާ އެކު ކަލޭވެސް ގޮސް ފޮޓޯ ނަގަންވީ.. މަނާވީ މެޗުގެ ފޮޓޯ ނެގުން.. ސަބަބަކީ އެ މެޗުގެ ފޮޓޯ އަދި ވީޑީއޯ ރައިސްޓް އެކްސްކުލޫސިވްކޮށް ވަކި ބަޔަކަށް ބޮޑު އަގުގަ ވިއްކާފަ އޮތީމަ.. ގިނަ މީހުންނަށް ވާ ގޮތަކީ ވާނުވާ ގެޓު ނުވިޔަސް އެއްޗެކޭ ކިޔަންވާނެ..

      41
      8
      • ވީނެވީ

        "އަދި ސްޓޭޑިއަމަށް އެއްވެސް ބާވަތެއްގެ ކެމެރާއެއް ނުވެއްދޭނެ ކަމަށް ވެސް ބުނެފައިވެއެވެ."

        މި އޮތީ މާބޮޑަށް އެކްސްކުލޫސިވް ވެފައެއްނުން.

        ދެންވެސް ޚަބަރު ކިޔާބަލަ 'ވާނުވާ'

  3. ޙާލަތު

    އާނނ!!! ތިޔައީ ބްރޭކިންއަށް އަރުވާ ހަވާ އަރުވަންޖެހޭ ކަމެއް!!!!

    33
    4
  4. ދިވެހި ދިދަ

    ފޮޓޯ ނުނެގޭ ..އެކަމު ދޮންފަޔާ ދޮންފައި ދައްކާތަން ބަލަން ފިރިހެނުންނަަށް ވަދެވޭ... ކަލޯގަޔާ

    22
    3
  5. Anonymous

    ނުގޮތަކަށް ތިބުނަނީ ފޮޓޯ ނަގާށޭ. ވަށައިގެން 10 ބުރީގެ ގެތައް ދަނޑަށް ކެމެރޭ ހިފައިގެން ނުވަނަސް ތިކަން ވެދާނެ. ލޮލް

    25
    1
  6. ހިމް

    ރަނގަޅު. ފޮޓޯ ނެގެންވާނީ އެމީހެއްގެ ހުއްދަ ލިބިގެން.

    12
    2
  7. ފަގުޑި

    ދެން ތިވަރުން ފުޓުބޯޅަ ނުކުޅޭންވީނު. ހުޅަނގު މީހުން ޖަހާ ހުރިހާ ސަކަރާތެއް ސައޫދީ މީހުން ޖަހަންޖެހޭ. އެކަމު ފޮޓޯނަގައިގެން ނުވާނެ.

    18
    4
  8. އައުރަ

    ބުރުގާ ނާޅާ ތިބި އަންހެނުންތަކެއް ފުޓުބޯޅަ ކުޅޭ ވާހަކަ ފާހަގަކުރި ގޮތަށް ދެން ފަހަރަކުން ފައިގެ ފަލަމަސްގަނޑު ދައްކައިގެން ތިބި ފިރިހެނުންތަކެއް ފުޓުބޯޅަ ކުޅޭ ވާހަކަވެސް ފާހަގަކޮއްލާތި އިނގޭ މުހައްމަދު ޔާމީން.

    25
    2
  9. ހެލޯ

    ތީނީ ފޮޓޯއެއް ނޫންތަ؟

    18
    • ވިކިލީކުސް

      ފޮޓޯ ނެގޭނެ
      ބައްސާމަކަށްވެސް އެހައްގެއް ނިގުޅައެއް ނުގަނެވޭނެ. ގާނޫނު އަސާސީން މަނާނުވާހާ ހިދަކު ފޮޓޯތައް ނެގެން ޖެހޭނެ. މިރާއްޖޭގަ އެއީ އޮރިޔާމެއް ނޫން.

      7
      2
  10. ގަންޓާބެ

    ބުރުގާނާޅާ ގިނަ އަންހެނުންތިބީމަ އެކަމާ ސައުދީއަރަބިއާއަށް މީހުން ފާޑު ކިޔާނެތީ ފޮޓޯނެގުމާ ވީޑިއޯކުރުން މަނާކުރީ ދެއްކުންތެރިކަން އިސްކުރާމީހުން ގިނައީހަމަ

    10
    1
  11. ބުރުމާ

    އިޝްތިހާރުކުރުމުގެ އުކުޅެއް!!!

    10
    1
  12. Happy 123

    ބުރުގާ ނާޅާ ކުދިން ގިނައީ🥱

    14
    5
  13. ޢަޒްރާ

    ސައްތައިން ސައްތަ މުސލިމް ސަޢުދީގަ މިހަަރު ބަނގުރާބުއިމަހ ހަައްސަ ބާތައްވެސް ހުރޭ އެންމެ ފަހުން އަންހެން ޑްރައިވަރުންވެސްެ އުފެއްދި މިހާރު ވެރިކަމުގެ ތަޚުތުގަ ހުރީވެސް ނުބައި ނުލަފާ މީހެއް ހުރިހާ މުސްލިމުން އެކަތި ގަނޑަކަށް ވެގެން ނޫނީ އިސްލާމީ ވަޙުދަތު ދަމަހައްޓައެއް ނުލެވޭނެ ލާދީނީންތައް ނެތިކޮއްގެން މިކަންވާނީ

    3
    2
  14. ތާކިހާ

    ސައުދީވެސް މަޑުމަޑުން 6ވަނަ ގަރުނުން އެބަ އަރައިގަނޭދޯ

    3
    1
  15. ނަވްބެ

    ސަލްމާނީން ތީހުސް.....

    2
    1
  16. 20000

    ދޮންފައި ބަލަން ދެން ދާން ޖެހުނީ. ސައުދީ ކުދިން ވަރަށް ނައިސް ވާނެ