ވެލާ އާއި ކަހަނބު އެއްކޮށް ނެތިގޮސްދާނެ ކަމުގެ ބިރު އޮތްކަން ފަހުގެ ދިރާސާއަކުން ހާމަވެއްޖެއެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ފަށާފައިވާ ރާއްޖޭގައި އުޅޭ ދިރޭތަކެތީގެ ތެރެއިން މިހާރު ރަތް ލިސްޓުގައި ހިމެނޭ، ނެތި ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާ ތަކެތި ހޯދުމަށް ފެށި މި ދިރާސާގެ ފުރަތަމަ ބައި މިހާރު ވަނީ ފުރިހަމަ ކޮށްފައެވެ.

ރާއްޖޭގައި އުޅޭ ދިރޭ ތަކެތީގެ ލިސްޓެއް އެކުލަވާލުމަކީ އެތަކެތި ދެނެގަނެ މިހާރު ހުރި މިންވަރު ބަލައި ގިންތި ކުރަން ފަސޭހަވެގެންދާނެ މެއް ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެއެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި ރާއްޖޭގެ ނުވަ އަތޮޅެއްގައި އާދައިގެ ވެލާ ވިހައި، އާލާވާ ކަމަށް ވަނީ ރިކޯޑް ކޮށްފައެވެ. އެގޮތުން މި ބާވަތް އެންމެ ގިނައިން ފެންނަ އަތޮޅުތަކަކީ ބ، ކ، ތ އަދި ލ. އަތޮޅުންނެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކުން މި ބާވަތުގެ 1،170 ވެލާ ވަނީ ފެނިފައެވެ.

ވެލާ ނެތި ދިއުމަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ ތެރޭގައި މަސްވެރިކަމުގެ ތެރޭގައި ވެލާ ބޭނުމާއި ކަނޑުފަޅު ކިލަނބުވުމާއި ކުނިބުނި ގިނަވުން ހިމެނެއެވެ.

ރާއްޖޭގައި ކަހަނބު ދިރިއުޅޭ އާބާދީއަށް ބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއިން 3،982 ކަހަނބު ވަނީ ފެނިފައެވެ. އެންމެ ގިނައިން ކަހަނބު ފެނިފައި ވަނީ އއ، ބ، ހއ އަދި ކ. އަތޮޅުންނެވެ. ކަހަނބުތައް ނެތިދިއުމަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ތެރޭގައި ލޭނުގެ މަސްވެރިކަމާއި ކަނޑުފަޅު ކިލަނބުވުމާއި އެ އެއްޗެހި ދިރިއުޅޭ މާހައުލު ނެތިދިއުން ހިމެނެއެވެ. އަދި ފަރު ހަލާކުވުމާއި ރަށް ގިރުމާއި ގަވާއިދާ ހިލާފަށް އެ އެއްޗެހި ހިފާއި އޭގެ ވިޔަފާރީކުރުން ވެސް ހިމެނޭ ކަމަށް ތިމާވެއްޓާބެހޭ ވުޒާރާގެ ދިރާސާގައި ފާހަގަ ކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނަން

    ވެލަޔާ ކަހަބު ނެތިގެން ދިޔުމައަ ވުރެ މާ ބޮދު ބިރެއް މި ފަސްގަޑުން އިސްލާމް ނެތިގެންދިޔުން އެކަން ފުރުތަމަ އިސްލާހު ކޮއްލަވަން ހިނގާ

    1
    1
  2. އިންބެރެޑް

    ވެލާ ނެތި ދިއުމަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ ތެރޭގައި މަސްވެރިކަމުގެ ތެރޭގައި ވެލާ ބޭނުމާއި ކަނޑުފަޅު ކިލަނބުވުމާއި ކުނިބުނި ގިނަވުން ހިމެނެއެވެ. ބުހުތާނު ދޮގު......
    ވެލާ ނެތި ދިއުމަށް ކުރިމަތިވެފައިވާ ނުރައްކަލަކީ ވެލާ ބިސްއަޅާނެ ފަޅުރަށެއް، ފިނޮޅެއް ނެތީ
    ހުރިހާ ތަނެއް ރަންބިސްއަޅަންދީފައި..... ވެލަޔަކީ އެއްގަމައް ދޮންވެލިފަސްގަޑައްބިސްއަޅާ ބިސްފީކޮއްގެންވިހާ އެއްޗެއް...މަސްވިހާހެން މޫދުތެރައަށް ވިހާއެއްޗެއްނޫން...

  3. ހަންނާނު

    ވެލަޔާއި ކަނހަބަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ މިޔަރު ކަމަށް އޮސްޓްރޭލިޔާ ގައި ކުރި ދިރާސާއކުން ދައްކާފައިވޭ. މިރާއްޖެއިންވެސް މިޔަރު ވެލައައް ހަމަލާދޭ މަންޒަރު ހަމަ ކޮންމެ ދުވަހަކުހެން މަސްވެރިންނަށް ފެނޭ. އަދި މިޔަރު ހަމަލާ ދިނުމުގެ ސަބަބުން ފިޔަ ބުރިވެފައި ނުވަތަ އައިބު ވެފައިވާ އެތައް މިޔަރަކާއި ކަހަނބެއް މޫދުން ފެނޭ. މީގެ ވިއްސަކަށް ދުވަސް ކުރިންވެސް ބޮޑު މިޔަރެއް ވެލައެއްކާލާ ހުސްކޮއްލީ އެތައް ބައެއްގެ ކުރިމަތީގައި. އެއިގެ ފޮޓޯ އާއި ވީޑިއޯ ވެސް އެބަހުރި. ވީމާ މޫދުން ދެކެން އެންމެ ބޭނުންވަނީ ވެލާ ކަަަަހަނބުތޯ ނުވަތަ މިޔަރުތޯ އެބަ ޖެހޭ ނިންމަން.

  4. ހުސޭނުބޭ

    ތި ތަކެތި ބިސްއަޅަން އަރާ ރަށްތަކުގައި އެއޮތީ ރިސޯޓް ހަދާފައި. ދެމޮޅެއް އެއްފަހަރާ ނުލިބޭނެ. ކޮންހާ ގިނަ ވާހަކައެއް.

  5. ވާނުވާ

    ވެލާ ކަހަނބު ވަކި އަދަދަކަށް ފެނިފައިވާކަމަށް މި ބުނަނީ ފެންނަ ކޮންމެ އެއްޗެއްގައި ފާހަގައެއް ޖަހައިގެން އެތަކެތި ގުނައިގެންބާ ނޫނީ އެކަތި ސަތޭކަފަހަރު ގުނައިގެންބާ

  6. އަލީ

    އަތޮޅެއްގަ ވިއްޔާ މީހުން ދިރިނޫޅޭ ހުރިހާ ރަށެއްގަ ކަހަލަ ގޮތަކައް މިހާރު އޮތީ ރިސޯޓް ހަދާފަ ދެން އެސޮރުމެން ބިސް އަޅަން އަރަނީ މީސް މީހުންގެ ބުރަކައްޓައްތަ؟؟ މި ހުރިހާ ކަމެއް އަޅުވާނީ މަސްވެރިންނާ އާންމު މީހުންގެ ބޮލުގަ! ރިސޯޓް ހަދަން ރައްތައް ދޫކުރާއިރު މިހުރިހާ ކަމަކައް ބަލާލުމެއް ނޯވޭ!! ދެން ފާޑު ދިރާސާ ހަދާނެ ކަމެއްނެތް!!!

  7. ވާނުވާ

    މުރުތައްދު ދޮގުނުހަދާ ދިވެހިރާއްޖެޔަށް ބަލާލިކަމަށްވިޔަސް ވެލާދަނީ އާލާވަމުން. ދ އަތޮޅު ގދ، ގއ،ސ،ޏ ވ، އއ،އދ،މ ތ ،ލ މި އަތޮޅުތަކުގެ ފަރުތަކުންވެސް މިދިރާސާ ހެދިމީހުން މި ހަދނީ ދޮގުވާހަކެއްކަންއެނގޭނެ. ދިވެހިން ވެލާމަސް ކާލެއްމަދީ އަދި ގިނަކޮށްލާ

  8. ކޮއްޔާ

    ރަައްޖޭން ވެލާ ކަހަނބު ނެތި ދިއުމަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ ތެރޭގައި މިޔަރު ހިމާޔަތްކޮށްފަ އޮންނާތީ އެކަންފާހަގަ ނުވީ ކީއްވެބާ !!