މިއަދު ރާއްޖެ އިން އިތުރު 628 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިއަދަކީ ފެބްރުއަރީ މަހު ދެވަނަ އަށް އެންމެ މަދު މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު މާލެ އިން ފައްސިވީ 40 މީހުންނެވެ. މިއަދަކީ ޖަނަވަރީ 02 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ މަދުބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު މާލެ އިން ކޮވިޑަށް ޓެސްޓް ކުރީ 715 މީހުންނެވެ. މާލެ އިން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %6 މީހުންނެވެ.

އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 501 މީހަކު ފައްސިވިއެވެ. ރިސޯޓްތަކުން މިއަދު 49 މީހުން ފައްސިވިއެވެ. އޭގެއިތުރުން ކޮވިޑް ސުންކު ނެގިތަނެއް ސާފު ނުވާ 38 މީހަކު މިއަދު ވެސް ފައްސިވިއެވެ.

މިއަދު މުޅި ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކުރީ 3374 މީހުންނެވެ. އޭގެތެރެއިން ކޮވިޑަށް ފައްސިވީ %19 މީހުންނެވެ.

މިއަދު 1118 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައެވެ. ނަމަވެސް އަދިވެސް ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 15380 އަށް އަރައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ފަހަކަށް އައިސް މަދުވަމުން އަންނައިރު ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ އަދަދު ވެސް އަންނަނީ މަދުވަމުންނެވެ. މިއަދަކީ ފާއިތުވި ފަސް ދުވަސް ތެރޭގައި އެންމެ މަދުބަޔަކު ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު