އިންޑިއާގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށް އެ ގައުމުގެ ސަރުކާރުން ހިންގާ ކަންކަމާ ދެކޮޅަށް މާލޭގައި އިހްތިޖުކޮށްފިއެވެ.

ބޮޑުތަކުރުފާނު މަގުގެ ބްރިޖް ވިއު ޕްލެޓްފޯމް ކައިރީ މިއަދު ހަވީރު ކައިރީ އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑު ހިފައިގެން ގިނަ ބަޔަކު ހުއްޓި އިހުތިޖާޖްގައި ބައިވެރިވިއެވެ. މި ޝުއޫރުތަކުގެ ބޯޑު ހިފައިގެން ސައިކަލު ބުރެއް ވެސް ވަނީ ބާއްވައިފައެވެ.

ބޯޑުތަކުގައި ލިޔެފައިވާ ޝުއޫރުތަކަށް ބަލާއިރު، "އަހަރެމެން މި ތިބީ އިންޑިއާގެ މުސްލިމުންނާއި އެކު،" "އަހަރެމެން މި ތިބީ އިންޑިއާގެ މުސްލިމު އަޚުތުންނާއި އެކު،" "ބުރުގާއަކީ މުސްލިމުންގެ ފަޚުރެއް،" "ކޮންމެ ހާލަތެއްގައި ވެސް އިސްލާމް ދީން ދިފާއު ކުރާނަން،" ފަދަ ޝިއާރުތައް ހުއްޓެވެ.

އިންޑިއާގައި ބުރުގާ އެޅުން މަނާ ކުރުމުން މާލޭގައި ގެންދިޔަ އިހްތިޖާޖް - ވަގުތު އިމޭޖަސް: އަހްމަދު އަޝްހާދު އަބްދުﷲ

މި ހަރަކާތް އިންތިޒާމު ކުރި ފަރާތްތަކުން ބުނި ގޮތުގައި އެއް ގައުމުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ކުރިމަތިވާ ކަންކަމާ ގުޅޭ ގޮތުން އެހެން ގައުމެއްގައި ތިބި މުސްލިމުން އަޑު އުފުލަން ޖެހެއެވެ.

އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ދަރިވަރުން ބުރުގާ އެޅުން ވަނީ މަނާކޮށްފައެވެ. ބުރުގާ އަޅާތީ ކަމަށް ކަރްނާކަޓާގެ ކޮލެޖްތަކުގެ ގިނަ އަދަދެއްގެ ދަރިވަރުން ސަސްޕެންޑް ކުރިއެވެ. ގިނަ ދަރިވަރުންތަކެއް ކްލާހަށް ނުވައްދައި ބޭރުގައި ބޭތިއްބި ކަމަށް ބުނާ މައްސަލައެއް ވެސް ފެންމަތިވިއެވެ.

އިންޑިއާގައި މި ކަމާއި ދެކޮޅަށް މުޒާހަރާތައް ވެސް އިތުރުވެފައިވާއިރު، މި ކަންކަން ހިނގަމުން އިންޑިއާގެ މައި ސަރުކާރު ހިންގާ ޕާޓީ ބާރަތު ޖަނަތަޔަ ޕާޓީ (ބީޖޭޕީ) އަށް ވެސް މަދަރުގާރުވާ ދަހިންދުއާ ޖަމާއަތްތަކުގެ ބާރު ހުރި ސަރަހައްދުތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. 13ވގ

    މިޔަދުން ފެށިގެން ދެންނުކުރާނެ ކަލޭމެން މުޒާހިރާ ކުރީމަ އެންވެ

    3
    25
  2. ރެފްރީ

    ލޮލް. މިދެން ކޮންކަމެއް ގޮސް ގޭގަ އޮވެބަލަ

    5
    49
  3. އުކުޑާ

    ސާބަހޭގައުމުގެ ހީރޯއިން ތިކުރަނީ އިސްލާމްދީނަށް ޓަކާ ޖިހާދެއް އިންޑިއާ މިގައުމު ހިފާފަ ދިވެހިންނަށް ހަދާނެގޮތް ތިޔަފެނިވަޑައިގަތީ އިންޑިއާ މިގައުމުން އައުޓުކުރުމަކީ ގައުމީޖިހާދެއް .

    27
  4. ނަޖީ

    ކޮމްމެމސްމިމަކީވެސް އަނެއްމުސްލިމް މީހާޔައްލިބޭ އަނިޔާތަކުގެ އަޑުއުފުލަންޖެހޭބައެ އެ ނުޖެހޭ ކޮމްމެހެން އެއަނިޔާ ލިބިގެން ވާމީހުންތިބިފަސްގަޑަކައްވާކައް ކޮމްމެތަނެއްގަ ހުރެގެންވެސް މުސްލިމުންގެ ދިފާއުގާ އަޑުއުފުލުމަކީ މުސްލިމުންގެ މައްޗައްވާޖިބެ

    20
    1
  5. ބަބުރު

    ދެދުވަހަށް ވެރިކަންދޫކޮށްލި މުސްކުޅިބެއަށް މިކަން ހަޖަމުވާނެބާ އިންޑިއާގެ ބާރުގެ ދަށަށް މިގައުމު މުސްކުޅިބެދީފި ނަމަ މިރިމިރިޔަށް ދާންދެން އެބެއާ ދެކޮޅަށް ހަނގުރާމަ ކުރާނަމެވެ.

  6. މަޖީދާސ

    މިކަހަލަ މުޒާހަރާއެއްކޮށްފާނެތީ އަދި އިންޑިއާފެ ލާއިންސާނީ ވާހަކަ ދައްކަފާނެތީ ގުދުސްގެ ވާހަކަ އަދި އިޒްރޭލްގެ ވާހަކަ ހުތުބާގައި ދެއްްކީ.