މާލޭ ގެއެއްގައި ފިރިހެނަކު އަންހެނަކަށް އަނިޔާ ކުރަނިކޮށް ފުލުހުން އެގެއަށް ވަދެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، މާލޭ ހެންވޭރު ގެއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާ ކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެގެއަށް ގޮސް އެތަނުގައި ހުރި ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލައިގައި މީހަކު ފުލުހުން ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް އެމީހާގެ މައުލޫމާތެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

މާލޭގައި އަންހެނަކަށް އަނިޔާ ކުރި ކަމަށް ބުނާ ފިރިހެނެއްގެ ވީޑިއޯ މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެވީޑިއޯއިން ފިރިހެން މީހާ ވަނީ އޭނާގެ މޫނު ނިވާ ކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުން އޭނާ ގޮވައިގެން ދިޔަ މަގުމަތީ އޭނާގެ މޫނު ވަނީ އެ ވީޑިއޯއަށް އަރާފައެވެ. ވީޑިއޯއިން އެއްވެސް ގޮތަކަށް އެ ފިރިހެން މީހާ އަންހެން މީހާގެ ގައިގައި ޖަހާ މަންޒަރެއް ފެނިފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލަ މިވަގުތު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަބޫ

    ބަލަން ހުންނާތި. ތިކަމުގަ ގޯސްވާނީ އެތަނަށް ވަތް ފުލުހުން. ކޯޓުއަމުރެއް ނެތި ވަނީޔޭކިޔާ އެމީހާ ބަންދުން ދޫކޮށްލާނެ. އެކަމަކު ފުލުހުންނަށް ކުށެއް ހިނގާވަގުތު އެކަމެއް ހުއްޓުވަން އަދި މީހެއްގެ ފުރާނަ ސަލާމަތްކުރަން ތަނަކަށް ވަންނާކަށް ކޯޓް އަމުރެއް ބޭނުމެއް ނުވާނެކަމަށް ގާނޫނުގަ ވަރަށް ސާފްކޮށް ލިޔެފަ އޮންނާނެ. އެއީ ހާލަތު. ކަމާބެހޭ ފަރާތުން ތަންދޮރު ބަލާނުލާ ކަންތަށް ކުރަން ހަދައިގެން މުޅި ގައުމު ބޮއްސުންލައިގެން މިދަނީ. ގާޒީން މިޔަށްވުރެ ތަހުޒީބު ވާނެ ދުވަހެއް ދައްކަވާނދޭވެ. އާމީން

    6
    1
  2. ޖަމާލު

    ތީ ދެން ކޮންކަމެއްތަ. ދެމަފިރިން ދޭތެރޭ މައްސަލައެއް ޖެހޭ އިރަށް ފުލުހުންތަ އެ ތަނަށް ދާން ޖެހެނީ. އެދެމީހުންގެ ޢާއިލާ މީހުން ތިބޭނެ ނޫންތޯ ތިމައްސަލަ ހައްލުކުރަން. އެހެން ނޫނަސް ދެމަފިރިން ދޭތެރޭގަ މައްސަލަ އެއް ޖެހޭ އިރަށް ދުވެފަ ގޮސް ފިރިމީހާ އެކަނި ކުށްވެރި ކޮއްގެން ހައްޔަރު ކޮއްގެން ގެންދަން ޖެހޭތަ. އަންހެނުންގެ ހައްގޭ ކިޔައިގެން ތީ ދެން ތަންކޮޅެއް ބޮޑުވަރު. އިހައްދުހު ނޫންތޯ ފިރިމީހާ ގެ ގަޔަށް އަނބިމީހާ ވަޅިހަރާލީ އެދުހު ވެސް ފިރިމީހާ ގެންދިޔައީ އަނބިމީހާ އަށް ވީ ކަމެއް ހަރާމް. ކަލޭމެން ހުރިހާ ފިރިހެނުން މިރާއްޖެއިން ބޭރުކުރަންވީނު ހުރިހާ އަންހެނުންގެ ޙައްޤުތައް ހޯދަދޭން.

    3
    11
  3. މޮހޮދު

    ވީޑިއޯ ކުރަންފެށީމަ ތެޅުން ހުއްޓާލީ

    5
    1
  4. ރަންނަމާރި

    ދެމަފިރިން ދޭތެރޭގަ މައްސަލައެއް ޖެހޭއިރަށް ހެޖޭތަ ގަޔައް ބޮލަށް އަރަން... އަނިޔާ ނުކޮއް ބޭނުން ނެތިއްޔާ ދޫކޮއްލީމަ ނިމުނީނު.. ފުލުހުން އެކަންކުރީ ހަމަ ރަނގަޅަށް... އެހެންނޫނީ މިކަމެއް ނުހުއްޓުވޭނެ. ފިރިހެނުންނަށް ހީވަނީ އެވަރުގެ ބަޔަކު ނެތޭ..