ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތައިރޮއިޑް އޮޕަރޭޝަނެއް ކުރުމަށް ފަހު އެޑްމިޓްކޮށް ދިން ފަރުވާތައް ނިމި މިއަދު އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ތައިރޮޑް އޮޕަރޭޝަނެއް ރައީސް ކުރައްވާފައި ވަނީ ހުކުރު ދުވަހު ހެނދުނު ސިންގަޕޫރުގައެވެ. އެއޮޕަރޭޝަން ކުރެއްވި ވަގުތު ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކުން ދުރުވެ ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ނައިބު ރައީސް ފައިސަލް ނަސީމާ ވެސް ހަވާލު ކުރެއްވެވިއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު މިއަދު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. ހާލުކޮޅު ރަނގަޅު ކަމަށާއި ވަރަށް އަވަހަށް ރާއްޖެ ވަޑައިގެން މަސައްކަތަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "އަޅުގަނޑަށް ހެޔޮ ދުއާ ކުރެއްވި އެންމެހާ ބޭފުޅުންނަށް އަދިވެސް އެއް ފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ތައިރޮއިޑްގެ ފަރުވާއަކަށް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ ފެބުރުއަރީ 23 ވަނަ ދުވަހު އެވެ. އަދި އޭގެ ކުރިން ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުވެސް އަނބިކަނބަލުން ފަޒްނާ އަހްމަދުއާ އެކު ވެސް ރައީސް ވަނީ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލީ

    އިބުރާހިމް މުހައްމަދު ސޯލިހަކީ ކުރީގެރައީސް މިހާރުގެ ރައީސެއްނޫން.

    16
  2. އެރރ

    މަޖްލިސް ރައީސް ނަޝީދު ކުރިމަތީ ހުވާކޮއްގެން ނައިބު ރައީސައް ވެރިކަން ހަވާލުކުރީ!

    ވީމާ، ހަމަ އެގޮތައް އިބޫ ޖެހޭނެ މާލެ އައިސް ނަޝީދު ކުރިމަތީ ހުވާކުރަން!

    އިބޫ އަކީ އަދި ރައީސެއް ނޫން!

  3. Anonymous

    ހިންނަވަރު އިބުރާހިމް އެއީ ކުރީގެ ރައީސް

  4. ނަޖީ

    ވަގުތު މީހުންވެސް ކޮމްމެހެން އޮޅުވާލަން އުޅޭނެކަމެނެތް ހިންނަވަރު އިބޫ އަކީ ކުރީގެ ރައިސެ މިހާރުގެ ތައީސަކީ ފައިސަލު

  5. މުގުރީ

    މިހާރުގެ ޤާނޫނީ ރައީސުލްޖުމްހުރިއްޔާއަކީ އޮނަރަބުލް ފައިސަލް ނަސީމް ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގަ ހަމަޖެހިފައެއްނޯވެ އެއްޓާމްއެއްގާ ދެރައީސުން ތިބޭކައް މިހާރު އިބްރާހިމް ސޯލިހްއަކީ ކުރީގެ ރައީސް
    ކުރީގެރައީސުންގެގޮތުގަ މިހާރު ތިއްބެވީ
    1 އޮނަރަބްލް އިބްރާހިމް ސޯލިހް
    2 އޮނަރަބްލް އަބްދުއްލާ ޔާމީން
    3 ޑޮކްޓަރ ވަހީދު
    4 އޮނަރަބޮލް ނަޝީދު
    5 އޮނަރަބްލް އަލްއުސްތާޒު މައުމޫން