ތ. ގުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނީ ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 77 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. އަދި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް އިއްޔެ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބުނީ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތުގެ 69 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 24،485 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 22 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1875 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫއަށް 56.9 މިލިއަން ރުފިޔާ ހޭދަވެއެވެ.

ކިޔުންތެރިންގެ ހިޔާލު