މާލޭ ގެއެއްގައި އަންހެނަކަށް އަނިޔާ ކުރަނިކޮށް ހައްޔަރު ކުރި މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

މާލޭ ހެންވޭރު ގެއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާ ކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެގެއަށް ގޮސް އެތަނުގައި ހުރި ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެ މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ހެންވޭރު ގެއެެއްގައި އަންހެނަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލަފައިވާ ކަމަށެވެ.

އަދި އޭނާ ދޫކޮށްލީ އަނިޔާ ލިބުނު އަނިޔާ އަންހެން މީހާ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ކަަމަށް އޮފިޝަލް ވިދާޅުވިއެވެ. އެހެންކަމުން މައްސަލަ ތަހުގީގު ކުރާވަރަށް ހެކި ލިބިފައެއް ނުވެއެވެ.

ފުލުހުން ވަނީ މި މައްސަލަ ފައިލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު