ރާއްޖެ އިން އިތުރު 459 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މާލެ ސަރަހައްދުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 41 މީހުންނެވެ. އަދި ރަށްރަށުން 371 މީހުން ކޮވިޑަށް ފައްސިވި އިރު، ރިސޯޓުތަކުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 29 މީހުންނެވެ.

މިއާއެކު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 171،114 އަށް އަރައިފައެވެ. މި ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 14،831 އަށް އަރައެވެ.

އޭގެ ތެރެއިން 10 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްތަކުގައެވެ.

ރާއްޖެ އިން މި ބަލި ޖެހިގެން ރަނގަޅުވެފައި ވަނީ 155،973 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު