09:44

މާޗް 03 ވަނަ ދުވަހުގެ ބްލޮގް މިހިސާބުން ނިމުނީ. މާޗް 04 ވަނަ ދުވަހުގެ ބްލޮގް ތިރީގައިވާ ލިންކުން ފެންނާނެ.

08:51

 

08:10

ނިއުކްލިއާ ޕަވަ ޕްލާންޓްގެ ރިއަކްޓަރުތައް ނިއްވާލާފައިވާ ކަމަށް އެމެރިކާ އިން ކަށަވަރުކޮށްދީފި. އެ ތަނުގެ ހާލަތު އިތުރަށް ބަލަމުން އަންނަ ކަމަށް އެމެރިކާ އިން ބުނޭ.

08:09

ނިއުކްލިއާ ޕަވާ ޕްލާންޓް ކައިރީގައި ހަމަލާ ބަދަލު ކުރުންތައް ހުއްޓާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި.

08:08

ނިއުކްލިއަ ޕަވަ ޕްލާންޓަށް ދިން ހަމަލާއާ ގުޅިގެން ރޭޑިއޭޝަން ލެވެލް އަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އެސަރަހައްދު އޮތީ އާންމު ހާލަތެއްގައި ކަމަށް ވައިޓް ހައުސް އިން ވެސް ކަށަވަރުކޮށްދީފި.

07:56

ރަޝިއާ އިން ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއާ ޕަވަ ޕްލާންޓަށް ދިން ހަމަލައާ ގުޅިގެން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ޔޫކްރެއިންގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީއާ ފޯނުން މަޝްވަރާ ކުރައްވައިފި. ދެ ލީޑަރުން ވެސް އެއްބަސްވެފައިވާ ގޮތުން ރަޝިއާ އިން ހަމަލާތައް ދިނުން ހުއްޓާލަންޖެހޭ.

ބޮޑުވަޒީރު ވަނީ މިއީ ޔޫރަޕްގެ ސަލާމަތަށް ވެސް އޮތް ނުރައްކަލަކަށް ވެދާނެ ކަމަށް. މި ހާލަތު އިތުރަށް ގޯސްވިޔަ ނުދޭން އިނގިރޭސި ވިލާތަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި.

07:52

ރަޝިއާ އިން ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއާ ޕަވަ ޕްލާންޓަށް ދިން ހަމަލައާ ގުޅިގެން އެމެރިކާގެ ރައީސް ޖޯއި ބައިޑެން، ޔޫކްރެއިންގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީއާ ފޯނުން މަޝްވަރާ ކުރައްވައިފި. އަދި އެ ޕަވަ ޕްލާންޓުގެ ފަހުގެ މައުލޫމާތުތައް ބައިޑެން ވަނީ އޮޅުން ފިލުއްވާފައި.

މި ފޯން ކޯލްގައި ޔޫކްރެއިންގެ ރައީސް ވަނީ އެ ސަރަހައްދުގައި ރަޝިއާ އިން އަސްކަރީ ހަރަކާތްތައް ހިންގުން ހުއްޓާލަން އެދިވަޑައިގެންފައި. އަދި ފަޔަރ ފައިޓަރުން ސައިޓަށް ވަނުމުގެ ފުރުސަތު ދިނުމަށް ވެސް ޒެލެންސްކީ އެދިވަޑައިގެންފައިވޭ.

07:49

07:33

ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިންގައި ރަޝިއާ އިން ކުރަމުންދާ ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށް. އަދި ޗާނޮބީލް ކާރިސާގެ މަތިން ހަނދާން އާ ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި. ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިއާ ސިފައިންނަށް ހަމަލަދެވެނީ ނިއުކްލިއާ ޕްލާންޓަށް ކަން އެނގޭނެ.

07:28

ޔޫކްރެއިންގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ ދާދި ދެންމެ ހާއްސަ މެސެޖެއް ދެއްވައިފި. އޭނާ ވިދާޅުވީ ޒެޕޮޒެއާ ޕްލާންޓްގައި ރޯވެ އަނދަމުންދަނީ ރަޝިއާ ސިފައިން ދިން ހަމަލާތަކެއްގެ ސަބަބުން ކަމަށް. އެ ތަން ގޮވައިފި ނަމަ، މުޅި ޔޫރަޕް ބައްރަށް ވެސް އެކަމުގެ އަސަރުކޮށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ވިދާޅުވި.

07:23

ރަޝިއާ އިން ނިއުކްލިއަ ޕަވަ ޕްލާންޓަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ޔޫކްރެއިންގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީގެ އޮފީހުން ދެންމެ އާންމުކޮށްފި.

07:03

ނިއުކްލިއާ ޕަވަ ޕްލާންޓަށް ދިން ހަމަލާއާ ގުޅިގެން އެ ސަރަހައްދުގެ ރޭޑިއޭޝަން ލެވެލް އަށް އަދި އެއްވެސް އަސަރެއް ނުކުރާ ކަމަށް ބައެއް ރިޕޯޓުތައް ބުނަން ފަށައިފި.

06:49

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން އާއި ޔޫކްރެއިންގެ ފޮރިންސް މިނިސްޓަރު ޑިމިޓްރޯ ކުލެބާއާ ދެމެދު ފޯނުން މަޝްވަރާ ކުރައްވައިފި. މި މަޝްވަރާގައި ޔޫކްރެއިނަށް އިތުރު ހިމާޔަތާއި އިގްތިސާދީ ގޮތުން ކުރެވިދާނެ ކަންކަމާއި އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި.

މި ފޯން ކޯލް އައީ ޕަވަ ޕްލާންޓަށް ހަމަލަ ދިނުމުގެ ކުރިން ނުވަތަ ފަހުން ކަމެއް ސާފެއް ނުވޭ.

06:25

06:16

ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ޑިމިޓްރޯ ކްލެބާ ވިދާޅުވީ ނިއުކްލިއާ ޕްލާންޓުގައި އަލިފާން ރޯވެފައި ވަނީ ރަޝިއާގެ އަސްކަރިއްޔާގެ ސިފައިން ހުރިހާ ދިމާލަކުން ދިން ހަމަލާތަކުގެ ސަބަބުން ކަމަށް.

"އެ ގޮވައިފި ނަމަ، އެއީ 10 ގުނަ ބޮޑު ތަނެއް ޗާނަބީލް އަށް ވުރެ،" ފޮރިން މިނިސްޓަރު ވިދާޅުވި.

06:13

ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއާ ޕްލާންޓުގައި އަލިފާން ރޯވެފައިވާ ކަން ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ކަށަވަރުކޮށް ދެއްވައިފި.

06:10

ޒެޕޮޒެއާ ޕްލާންޓްގެ ތަރުޖަމާނު ވަނީ ނިއުކްލިއަ ޕަވަ ޕްލާންޓަށް ހަމަލަ ދިނުން ހުއްޓާލަން ރަޝިއާގެ އަސްކަރިއްޔާ އަށް ގޮވާލާފައި. މިއީ ބޮޑު ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި. ޔޫޓިއުބްގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ބާރުގަދަ ގޮވުންތަކެއް އެ ތަނުގައި ގޮވި.

06:00

"ހުއްޓުމެއް ނެތި އިމާރާތްތަކަށާއި އެކި ތަންތަނަށް ދިން ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއަ ޕަވަ ޕްލާންޓް، ޒެޕޮޒެއާ ޕްލާންޓްގައި ވަނީ އަލިފާން ރޯވެފައި،" މޭޔަރު ވިދާޅުވި.

05:59

ޔޫކްރެއިންގެ ޓައުނެއް ކަމަށްވާ އެނަގޮޑާގެ މޭޔަރު ޑިމިޓްރޯ އޮރްލޯވް ވިދާޅުވީ ނިއުކްލިއަ ޕްލާންޓުގައި ރޯވެފައި ވަނީ ރަޝިއާގެ ސިފައިން ދިން ވަރުގަދަ ހަމަލާތަކެއްގެ ސަބަބުން ކަމަށް.

05:54

ނިއުކްލިއާ ޕްލާންޓުގައި ހުޅު ރޯވެފައި
ނިއުކްލިއާ ޕްލާންޓުގައި ހުޅު ރޯވެފައި

05:46

ޔޫކްރެއިންގައި ހުންނަ ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއާ ޕަވާ ޕްލާންޓަށް ރަޝިއާ އިން ހަމަލާދީ އެ ތަން ރޯކޮށްލާފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓު ކުރަން ފަށައިފި.

05:23

 

https://twitter.com/VaguthuOnline/status/1499540910455259136?s=20&t=RRnDWZuFx7AE1UxPYmNFjA

04:40

ރަޝިއާގެ ބަޔަކު ތިބި ތިބި ޗާޓާ ފްލައިޓެއް ކެނެޑާ އިން ހިފަހައްޓައިފި. އޭގައި ތިބީ ރަޝިއާގެ އޮފިޝަލުންތަކެއް ކަމަށް ރިޕޯޓުތައް ބުނޭ. ކެނެޑާގެ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ ރަޝިއާގެ އަމަލުތަކާ ގުޅިގެން އެ ގައުމު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް.

04:33

ރަޝިއާ އިން ޔޫކްރެއިނަށް އަރައިގަނެ ކުރަމުންދާ ހަނގުރާމައާ ގުޅިގެން ޗެކް ރިޕަބްލިކުން ޔޫކްރެއިނަށް އެހީވުމަށް ނިންމައިފި.

03:51

ޔޫކްރެއިންގެ ޓެރިޓޯރިއަލް ޑިފެންސް ފޯސްގެ މެމްބަރެއް.

03:50

ޔޫކްރެއިންގެ އިމާރާތަކަށް ގެއްލުން ލިބިފައި.

03:48

ޔޫކްރެއިންގެ ބަޔަކު އެ ގައުމު ދޫކޮށް ދަނީ. --- ފޮޓޯ: ރޮއެޓާސް

03:40

ޗެކް ރިޕަބްލިކުން ޔޫކްރެއިނަށް އެތައް ސަތޭކަ މެޝިން ބަޑިތަކެއް ދޭން ނިންމައިފި. ޗެކް ރިޕަބްލިކުން ދޭ 547,119 މިލިއަން ޔޫރޯގެ ޕެކޭޖްގައި ހިމެނޭ ތަކެތީގެ ތެރޭގައި އެތައް ސަތޭކަ މެޝިން ބަޑި އާއި ރައިފަލް އާއި ލައްކަ އަކަށް ވުރެ ގިނަ ވަޒަން ހިމެނޭ.

ޗެކް ރިޕަބްލިކުން މީގެކުރިން އިއުލާންކޮށްފައިވާ ގޮތުގައި އެ ގައުމުގެ ރައްޔިތުން ޔޫކްރެއިނަށް ގޮސް ޔޫކްރެއިންގެ ހިމާޔަތުގައި ހަނގުރާމަ ކުރުމުގެ ފުރުސަތު އެބައޮތް.

03:35

ރަޝިއާ އިން ޔޫރަޕްގެ އެންމެ ބޮޑު ޕަވަ ޕްލާންޓް ހިފުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ބުނެފި. އެނަގޮޑާގެ މޭޔަރު ވިދާޅުވީ ރަޝިއާގެ އެއްގަމު ސިފައިން ޒެޕޮޒެއާ ޕްލާންޓާ ކައިރިއަށް ޖެހެމުން އަންނަ ކަމަށް.

ޔޫކްރެއިންގެ ބައެއް އިދާރާތަކުން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި ރަޝިއާ އަސްކަރިއްޔާ އިން އެ ޕްލާންޓު ހިފުމުގެ މަސައްކަތް ކުރަނީ ޓޭންކް ފަދަ ބަރު ހަތިޔާރާއެކު.

"އެ ސަރަހައްދުން ވަރަށް ބާރު އަޑުފައްގަނޑު ދަނީ އިވެމުން،" މޭޔަރު ޑިމިޓްރޯ އޮރްލޯވް ވިދާޅުވި.

ރަޝިއާ އިން މީގެކުރިން ވަނީ ޗާނޮބީލް ޕްލާންޓް ވެސް ހިފާފައި.

02:29

ރަޝިއާއިން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާތައް ދަނީ ރާވާފައިވާ ގޮތާއި އެއްގޮތަށް ކަމަށް ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕޫޓިން ވިދާޅުވެއްޖެ.

02:19

ރަޝިއާގެ އާންމު ރައްޔިތުން ގޮވައިގެން އައި ފްލައިޓެއް ހިފަހައްޓާފައިވާ ކަމަށް ކެނެޑާއިން ބުނެފި.

ކެނެޑާގެ ޓްރާންސްޕޯޓް މިނިސްޓަރ އޮމަރު އަލްގަބްރާ ބުނެފައިވަނީ އެރައްޔިތުން ހިފަހައްޓާފައިވަނީ ކޮންމެ ފަދަ ގޮތެއް ހަދައިގެން ވެސް ރަޝިއާއިން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާތައް ހުއްޓުވުމަށްޓަކައި ކަމަށް.

02:17

ޔޫކްރޭންގައި ހުންނަ ވިލާތުގެ އެންމެ ބޮޑު ނިއުކްލިއާ ޕަވާ ޕްލާންޓާއި ދިމާލަށް ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން މިސްރާބު ޖަހާފައިވާ ކަމަށް ޔޫކްރޭންގެ އެނަގޯޑާ އަވަށުގެ މޭޔަރު ވިދާޅުވެއްޖެ.

02:03

ރަޝިއާއިން ހުއްޓުމެއް ނެތި ޔޫކްރޭނަށް ހަމަލާތައް ދެމުން އަންނަ މި ދަނޑިވަޅުގައި އެގައުމުގެ ތުއްތު ކުދިންގެ ފުރާނައަށް ނުރައްކާ އޮތް ކަމަށް ބުނެ ގައުމުތަކުން އެހީތެރިވުމަށް އެގައުމުގެ ފޮރިން މިނިސްޓަރ ޑިމިޓްރޯ ކުލެބާ ގޮވާލައިފި.

01:48

ރަޝިއާ އާއި ބެލަރޫސްގައި ތިބި ޕޮލޭންޑުގެ ރައްޔިތުން އެގައުމުތައް ދޫކޮށް ދިއުމަށް ޕޮލޭންޑުގެ ފޮރިން މިނިސްޓްރީން އަންގައިފި.

01:47

ޔޫކްރޭންގައި ތިބި ޗެކް ރިޕަބްލިކްގެ ރައްޔިތުން އެގައުމުގެ ދިފާއުގައި ނިކުމެވޭނެ ކަމަށް ޗެކް ރިޕަބްލިކްގެ ބޮޑު ވަޒީރު ޕީޓާ ފިއަލާ ވިދާޅުވެއްޖެ.

 

01:45

ޓެނިސް ކުޅުމުގެ މުޅި ދުނިޔެއަށް މަޝްހޫރުވި ސާޖީ ސްޓަކޮވްސްކީ ބަރު ހަތިޔާރު ހިފައިގެން ޔޫކްރޭންގެ ދިފާއުގައި ނިކުމެއްޖެ.

00:18

ރަޝިޔާއިން ދިން ހަމަލާގެ ސަބަބުން ހަތަރު މިލިއަނެއްހާ މީހުން ގައުމު ދޫކޮށް ދިއުމަށް މަސައްކަތް ކުރާނެ ކަމަށް އދއިން އަންދާޒާކޮށްފި

00:17

ޔޫކްރޭންގެ ވެރިރަށް ކިއޭވް ޗައިކީ ނަމަކަށް ކިޔާ އަވަށުގައި ހުރި ގުދަނަކާއި އޮފީސް ބްލޮކުން ކަޅު ދުންއަރަމުންދާ މަންޒަރު ފޮޓޯތަކުން.

00:05

ލަޑީމިއާ ޕޫޓިންގެ ވެރިކަމާ ގުޅުން އޮންނަ ފަރާތްތަކާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަން އިނގިރޭސިވިލާތުން އިއުލާނުކޮށްފި.

ރަޝިއާގެ ބިލިއަނަރު އަލިޝޭރް އުސްމާނޯވް އާއި ރަޝިއާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު އިގޯރް ޝުވަލޯވް އާ ދެ ބޭފުޅުންނަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކަމަށް ޕީއޭ ނިއުސް އެޖެންސީން ބުނޭ.

00:03

ރަޝިޔާއިން ޔޫކްރޭންގެ ޗެރްނިހިވްއަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 33 އަށް އަރާފައިވާ ކަމަށް އެގައުމުން ބުނެފި

23:56

ޒަޕޯރިޒްޒިއާ ނިއުކްލިއަރ ޕްލާންޓް ކައިރީގައި އޮންނަ އަވަށަކަށް ޓޭންކްތަކުގައި ރަޝިޔާ ސިފައިން ވަދެ ހުޅުޖަހަން ފަށައިފި.

23:55

ޔޫކްރޭންގެ ޗެރްނިހިވްގެ އިމާރާތްތަކަށް ބޮން އަޅާފައި
ޔޫކްރޭންގެ ޗެރްނިހިވްގެ އިމާރާތްތަކަށް ބޮން އަޅާފައި

23:53

ބެލަރޫސްގެ ސިފައިންނަށް ޔޫކްރُޭނަށް އެތެރެވުމަށް އަމުރުކޮށްފައިވާ ކަމަށް ޔޫކްރޭންގެ އަސްކަރިއްޔާއިން ބުނެފި.

ރަޝިޔާއިން ޔޫކްރޭންގެ ސިޓީތަކަށް މިސައިލް ހަމަލާތައް ދިނުމަށް ބެލަރޫސްގެ ސަރަހައްދު ބޭނުން ކުރަމުން އަންނަ ކަމަށް ޔޫކްރޭނުން ވަނީ ބުނެފައި.

23:36

ރަޝިއާ އާއި ޔޫކްރޭންގެ ދެމެދު ޖެހިފައި އޮތް މައްސަލައަށް ހައްލެއް ހޯދުމަށް މިއަދު ބޭއްވި ސުލްހައިގެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިމިފައިވާ ކަަމަށް ޔޫކްރޭނުން ބުނެފި

23:14

ނިއުކްލިއާ ހަކަތައިގެ އެންމެ ބޮޑެތި ސައިޓުތަކުގެ ކޮންޓްރޯލް ޔޫކްރޭން އަށް އެބައޮތް ކަމަށް ޔޫކްރެއިންގެ ދައުލަތުގެ ނިއުކްލިއާ ކުންފުނި އެންރަގޫޓޮމްގެ ވެރިޔާ ވިދާޅުވެއްޖެ

22:48

ރަޝިއާ އާއި ޔޫކްރޭން ދެމެދުގައި ހިނގަމުން އަންނަ ހަނގުރާމައިގެ ތެރެއިން ރަޝިއާ ސިފައިންގެ އިސްވެރިއަކު ޔޫކްރޭންގައި މަރާލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

21:18

ޔޫކްރޭންގެ ތެޔޮ ކާރުހަނާއެއް ގޮވައިފި.

21:03

ރަޝިއާއިން ޔޫކްރޭނަށް އަރައި ހަނގުރާމަ ކުރަމުން ދަނިކޮށް ޔޫކްރޭންގެ ދަނޑުވެރިއަކު އެގައުމުގެ ޓޭންކަރެއް ވަގަށް ނަގައިފި.

20:48

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ހައްދަވަމުން ގެންދަވަނީ "ބޮޑު ގޯހެއް" ކަމަށް ފްރާންސުގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވެއްޖެ.

20:37

ރަޝިއާއިން ޔޫކްރޭންގެ ޗެރްނިހިވްއަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 22 އަށް އަރާފައިވާ ކަމަށް އެގައުމުން ބުނެފި.

20:18

ރަޝިއާ އާއި ޔޫކްރޭންގެ ދެމެދު ޖެހިފައި އޮތް މައްސަލައަށް ހައްލެއް ހޯދުމަށް ސުލްހައިގެ މަޝްވަރާތައް ފަށައިފި.

20:01

ޔޫކްރޭނުން އެގައުމު ދޫކޮށްދާން ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކޮށްދޭނެ ކަމަށް "އޫބާ" އިން ބުނެފި.

19:58

ރަޝިއާގެ ރައީސް ވްލަޑިމިއާރ ޕޫޓިން ހުރީ ޔޫކްރޭނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލާ ގޮތަކަށް ނޫން ކަމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވެއްޖެ.

19:12

ރަޝިއާ އާއި ޔޫކްރޭންގެ މައްސަލަ ހައްލު ކުރުމް ޔޫކްރޭންގެ އިސްވެރިން ބެލަރޫސް އަށް ގޮސްފައިވާ ކަމަށް ރަޝިއާގެ މީޑިއާތަކުން ބުނެފި.

19:10

ރަޝިއާއިން ޔޫކްރޭނަށް ދިން ހަމަލާއެއްގައި ސުންނާފަތިވެފައިވާ އިމާރާތްތަކާއި ތަންތަނުން 400 އަށްވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ސަލާމަތް ކޮށްފި.

18:42

ޔޫކްރޭންގެ ޗެރްނިހިވް ސިޓީއަށް ރަޝިޔާ ސިފައިން ދިން ހަމަލާތަކުގައި ނުވަ މީހަކު މަރުވެއްޖެ

17:31

ރަޝިޔާގެ އަސްކަރިއްޔާއިން ޚަރްސަން ސަރަހައްދީ ސްޓޭޓް އެޑްމިނިސްޓްރޭޝަން އިމާރާތުގެ ކޮންޓްރޯލް ނަގައިފި.

ސަރަހައްދީ ގަވަރުނަރު ހެނާޑީ ލަހުޓާ ފޭސްބުކްގައި ވިދާޅުވީ ލޯކަލް ގަވަރންމަންޓުގައި މަސައްކަތް ކުރާ މުވައްޒަފުން އެ މީހުންގެ ޒިންމާތައް ދޫކޮށްނުލާ ކަމަށް.

އޭނާ ވިދާޅުވީ، ސަރަހައްދީ އޮޕަރޭޝަނަލް ސްޓާފުންނާއި، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ރީޖަނަލް އޮޕަރޭޝަނަލް ސްޓާފުން އަދިވެސް މަސައްކަތުގައި ޝާމިލްވެ އުޅެމުންދާ ކަމަށް.

 

 

 

 

17:20

މި ފޮޓޯތަކުން ފެންނަނީ ކިއޭވް ސަރަހައްދުގައި އޮންނަ ބޮރޮދްޔަންކާ ނަމަކަށް ކިޔާ ސިޓީގައި ހަލާކުވެފައިވާ ރެސިޑެންޝަލް އިމާރާތްތައް

17:18

ޔޫކްރޭންގެ އަސްކަރީ ފައުޖުތަކުން ހަމަލާ ފެށުނު ފަހުން ރަޝިޔާއަށް ލިބުނު ކަމަށް އަންދާޒާ ކުރެވޭ ގެއްލުންތަކުގެ އަދާހަމަތައް ހިއްސާކޮށްފި

އެގޮތުން ފެބްރުއަރީ 24 އިން މިއަދާއި ހަމައަށް ރަޝިޔާގެ 9،000 ސިފައިން މަރުވެފައިވާ ކަމަށް ބުނެފައިވޭ.

ޔޫކްރޭނުން ބުނާ ގޮތުގައި ރަޝިޔާ އަށް ލިބުނު އެހެން ގެއްލުންތަކުގެ ތެރޭގައި ހިމެނެނީ:

217 ޓޭންކް
90 އާޓިޓިލަރީ ސިސްޓަމް
30 މަތިންދާބޯޓު
31 ހެލިކޮޕްޓަރު
374 ވެހިކަލް

 

 

 

16:45

ޔޫކްރޭންއަށް ރަޝިޔާއިން އަރައިގަތުމާ ގުޅިގެން ސްވިޑަންގެ ފަރުނީޗަރު ސުޕަސްޓޯރުން ރަޝިޔާގައި ހުރި އެކުންފުނީގެ ހުރިހާ އައުޓްލެޓެއް ބަންދުކުރާނެކަން ހާމަކޮށްފި.

16:25

ޖަރުމަނުވިލާތުން އިތުރު ހަތިޔާރު ޔޫކްރޭނަށް ފޮނުވަން ނިންމައިފި

15:56

ޔޫކްރެއިންގައި ހަންގޭރީއަށް ދިޔަ ނުވަ ދިވެހިން ހޮނިހިރު ދުވަހު ރާއްޖެ ގެނެވޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ

15:45

15:23

ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމައާ ދެކޮޅަށް މުޒާހަރާކުރަން ގޮސް ތިބި ރަޝިޔާ މީހުންގެ ތެރޭގައި ފަސް ކުޑަކުދިންނާއި މުސްކުޅި އަންހެނަކު ހައްޔަަރުކޮށްފި.

 

15:21

ތިންވަނަ ބޮޑު ހަނގުރާމަ ކުރާނީ ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްގެން ކަމަށް ރަޝިޔާއިން ހާމަކޮށްފި

 

15:06

ޔޫކްރޭނާއި ރަޝިޔާ ދެމެދު ފަށާފައިވާ ހަނގުރާމައާއި ގުޅިގެން ޔޫކްރޭންގައި ކިޔަވަން ތިބި ދަރިވަރުންގެ ތެރެއިން ރާއްޖެ އައިސްފައިވާ ދިވެހި ދަރިވަރުންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން މިއަދު ބައްދަލު ކުރައްވައިފި

15:01

ރަޝިޔާއާއި ޔޫކްރޭންގެ ދެމެދު ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ބުރު ބެލަރޫސްގައި މިއަދު މެންދުރު ފަހު ފެށުން އެކަށީގެންވާ ކަމަށް ރަޝިޔާގެ ޗީފް ނެގޯޝިއޭޓަރ ވްލަޑިމިއަރ މެޑީންސްކީއާ ހަވާލާދީ ބެލަރޫސްގެ ދައުލަތުގެ ނޫސް އޭޖެންސީ ބެލްޓާއިން ބުނެފި.

14:51

ރަޝިޔާއިން ޔޫކްރޭނަށް ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން ޗައިނާގެ 3،000 އަށްވުރެ ގިނަ ރައްޔިތުން ރައްކާތެރިކަމާއެކު އަވައްޓެރި ގައުމުތަކަށް ބަދަލުކޮށްފައިވާކަމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަންގް ވެންބިން ވިދާޅުވެއްޖެ.

 

14:33

އިނގިރޭސިވިލާތުން ޔޫކްރޭނަށް 300،000 އަށް ވުރެ ގިނަ "ވައިޓަލް" މެޑިކަލް ސާމާނު ހަދިޔާކޮށްފި. އެ ސާމާނުތައް ހިފައިގެން މަތިންދާ ބޯޓެއް މިއަދު ވަނީ ފުރައިފައި.

14:31

ރަޝިއާގެ ގިނަ މަތިންދާ ބޯޓުތަކަށް ސްވިޑެންގެ ވައިގެ ސަރަހައްދުގައި ބަންދުކޮށްފައި ވީނަމަވެސް، ބުދަ ދުވަހު އެ ސަރަހައްދުން ރަޝިޔާގެ މަތިންދަބޯޓުތަކެއް ފެނިއްޖެ.

ރަޝިއާގެ އެސްޔޫ-27 އާއި އެސްޔޫ-24 ގެ ދެ ފައިޓާ ޖެޓް ކުޑަ ވަގުތުކޮޅަކަށް އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަނީ ވަދެފައި.

އެ މަންޒަރު ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި ވަނީ އާއްމުވެފައި.

14:00

ހަންގޭރީގެ ބުޑަޕެސްޓްގެ ނިއުގަޓީ ސްޓޭޝަންގައި ދަތުރުފަތުރުގެ އިންތިޒާރުގައި ގިނަ ބަޔަކު ކިއުގައި މަޑުކޮށްގެން
ހަންގޭރީގެ ބުޑަޕެސްޓްގެ ނިއުގަޓީ ސްޓޭޝަންގައި ދަތުރުފަތުރުގެ އިންތިޒާރުގައި ގިނަ ބަޔަކު ކިއުގައި މަޑުކޮށްގެން
ހަންގޭރީގެ ބުޑަޕެސްޓްގެ ނިއުގަޓީ ސްޓޭޝަންގައި ދަތުރުފަތުރުގެ އިންތިޒާރުގައި ގިނަ ބަޔަކު ކިއުގައި މަޑުކޮށްގެން

13:52

ދެކުނު އިރުމަތީ ޔޫކްރޭންގެ ޕޯޓް ސިޓީ މަރިއުޕޯލްއަށް ރަޝިޔާއިން ހުއްޓުމެއް ނެތި ބޮމުގެ ހަމަލާތައް ދެމުންގެންދާއިރު، ޒަަހަމްވެގެން އެ ސިޓީގެ މަގުތަކުގައި ޒަހަމްވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ ކަންކަން ކުރިއަށް ނުގެންދެވޭ ކަން ހާމަކޮށްފި

13:22

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ބޯ ގެނައި މީހަކަށް އެއް މިލިއަން ޑޮލަރު ދޭން ރަޝިޔާގެ ބޮޑު ވިޔަފާރިވެރިޔަކު ހުށައަޅައިފި

13:09

ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމާ ގުޅިގެން، އިނގިރޭސި ސަރުކާރުން އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެކަން މިއަދު ހެނދުނު އިޢްލާން ކޮށްފި.

އެގޮތުން އޭވިއޭޝަން އަދި ސްޕޭސް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ރަޝިޔާފެ ކުންފުނިތަކަށް އިނގިރޭސި ވިލާތުގައި ހުންނަ އިންޝުއަރެންސް ނުވަތަ ރީއިންޝުއަރެންސްގެ ހިދުމަތް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެން ނުލިބޭނެ ކަމަށް ވަނީ ބުނެފައި.

މި ފިޔަވަޅުގެ ސަބަބުން ރަޝިއާގެ އިދާރާތަކަށް ދުނިޔޭގެ އިންޝުއަރެންސާއި ރީއިންޝުއަރެންސް މާކެޓަށް ވަނުމުގެ ފުރުސަތު ހަނިވެގެންދާނެ.

 

13:05

އދގެ ރެފިއުޖީ އޭޖެންސީ (ޔޫއެންއެޗްސީއާރް) އިން އާއްމު ކުރި މައުލޫމާތަށް ބަލާއިރު ޔޫކްރޭންގެ ލިއަނެއްހާ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައި.

ގިނަ މީހުން އަވަށްޓެރި ގައުމުތަކަށް ހިޖުރަކޮށްފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ޕޮލެންޑާއި ހަންގޭރީ އާއި މޮލްޑޯވާ އަދި ސްލޮވާކިއާ އަށް އެތެރެވެފައި.

12:20

ތުއްތު ކުއްޖެއްގެ ހިތްވަރު ވެސް ރަޝިއާ ސިފައިންނަށް ނުދެއްކުނު - ޒެލެންސްކީ

11:53

ޔޫކްރޭން ރައްޔިތުން ރަޝިއާގެ އަގުބޮޑު އަސްކަރީ އުޅަނދެއްގައި ރޯކޮށްލައިފި.

11:46

ޔޫކްރޭންގެ އޮލިވިއާގެ ބަނދަރުގައި އޮތް ބަންގްލަދޭޝްގެ އާގުބޯޓަކަށް ރަޝިއާ ސިފައިންގެ މިސައިލް ހަމަލާއެއް އަމާޒުވެއްޖެ ކަމަށް ޔޫކްރޭނުން ބުނެފި.

10:46

ރަޝިއާ އަކީ މުސްލިމުންނަށް ހެޔޮ އެދޭ ގައުމެއްތަ?

10:12

ރަޝިއާ އިން "ވެކިއުމް ބޮން" ބޭނުންކޮށްފި ކަމުގެ ތުހުމަތު!

ރަޝިއާ އިން ޔޫކްރޭނަށް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވަރުގަދަ ހަމަލާތަކެއް ދޭން ފެށިއިރު ވެސް އެންމެ ބޮޑު އެއްއަމާޒަކަށް ވެފައި އޮތީ ޔޫކްރޭންގެ ވެރިރަށް ކިއޭވް ހިފުމެވެ. ފާއިތުވި ތިން ދުވަހު ރަޝިއާ އިން ޔޫކްރޭނަށް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައެވެ. ނަމަވެސް އަދި މިހާތަނަށް އެހަމަލާތަކުން ވެސް ކިއޭވްގެ ކޮންޓްރޯލް ރަޝިއާ ސިފައިންނަށް ނެގޭ ގޮތެއް ނުވިއެވެ.

ސެޓްލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ރަޝިއާ އިން ވަނީ ކިއޭވްއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އިއްޔެ ރޭ ރަޝިއާގެ ފުރަތަމަ ހަމަލާ ވެސް އަމާޒުކުރީ ކިއޭވްގެ ޓީވީ ޓަވަރަށެވެ. އެޓަވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް އެހަމަލާގެ ސަބަބުން ވެސް ޔޫކްރޭންގެ ޓީވީ ޗެނަލްތަކުގެ ހިދުމަތް ވެސް މެދުނުކެނޑުނެވެ.

އޭގެ ފަހުން ކިއޭވްގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދިނެވެ. އޭގެތެރޭގައި ކިއޭވްގައި ހުންނަ އަސްކަރީ މަރުކަޒުތައް ވެސް ހިމެނެއެވެ. ނަމަވެސް އަދި މިހާތަނަށް އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް ދީގެން ވެސް މާބޮޑު ކުރިއެރުމެއް ނުލިބުނެވެ.

ހަމަލާތައް އަދިވެސް ދިގުދެމިގެން ދާއިރު ދުނިޔެ އިން އަދިވެސް މަސައްކަތް ކުރަމުން ދަނީ ރަޝިއާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ހަމަލާތައް ހުއްޓުވާށެވެ. އެކަމުގައި އަދި ކާމިޔާބެއް ނުހޯދުނު ނަމަވެސް ހުޅަނގުގެ ގައުމުތަކުން ބުނާ ގޮތުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވެސް މާގިނަ ދުވަހަކު ރަޝިއާ އަކަށް ހަނގުރާމައިގައި ދެމިއެއް ނުތިބެވޭނެއެވެ.

ރަޝިއާ އާއި ޔޫކްރޭން މަސްރަހުގެ ޚަބަރުތައް ގެނެސްދިނުމަށް 02 ފެބްރުއަރީގައި ގެނެސްދިން ބްލޮގް ތިރީގައިވާ ލިންކުން ފެންނާނެއެވެ.

ރަޝިއާ އާއި ޔޫކްރޭން މަސްރަހުގެ ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފަވާޒް

    ކިޔޭވް ނުހިފިގެނެއް ނޫޅޭ.. ޔޫކުރޭނުން އޮތީ ވަކި އުމުރަކުން މަތީ ފިރިހެނުން ސިޓީއިން ބެރައް ދިއުން މަނާކޮއްފަ. ރަޝީޔާއިން ބެނުމެއް ނުވޭ އެހާގިނަ މީހުން މަރާލާކަށެއް. ވާުނުވާ ހޯދައިގެން ޚަބަރު ލިޔެބަލަ.

    23
    1
  2. ބަބޫ

    އަދި ހިފާނެ. ނުވެގެނެއްނޫން ނުކޮށް އެތިބީކީ. ހަމަ އެކޮޅުން ދޫދޭތޯބަލަން. އެހެން ނަމަ މަޝްވަރާއަކަށްވެސް ނުދާނެދޯ. ރަޝިޔާއަށް ޔޫކްރެއިން ނުހިފޭނެ އެއްވެސް ސަބަބެއް ނޯންނާނެ. ޔަހޫދީންނަށް ހީވެދާނެ ތިމަންނަމެން ޔޫކްރެއިންނަށް ދުޢާކުރީމަ އެމީހުން މޮޅުވަނީއޭ. ފަލަސްތީނަށް ދުޢާނުކޮށް އިސްރާއީލް ކުއްވެރި ނުކޮށް މިއަދު ރަޝިޔާ ކުއްވެރި ކުރުމުގެ މާނައެއްނެތް

    54
    4
    • ޖޯޖް

      ކަލޭ ހީކުރީ ރަޝިޔާ އަކީ މާމުސްލިމުން ދެކެ ލޯބިވާ ގައުމެއް ކަމައްތަ އަދި ކަލޭ ހީކުރީ މިކުރަނީ ދީނީ ހަގުރާމައެއް ކަމައްތަ ރަޝިޔާއަށް އެއުޅެނީ ނުހިފިގެން ހިފޭނަަމިހާރު އޮންނާނީ ހިފާފަ

      7
      38
      • ބުޝް

        ބަލަ އަހަރުންނަށް ވެސް އިންގެޔޭ ތިކަން. އެމީހުން މުސްލިމުންނަށް ހެވެއް ނޫނޭ. އެކަމަކު ވެސް އެމެރިކާ އިން މުސްލިމް ގައުމު ތަކުގަ ހިންގި ވަރަށް ޖަރީމާ އެއް އެހެން ބަޔަކު ނެތް ހިންގާފައެއް. ދެން ރަޝިޔާ އަކީ ނިއުކްލިއަރ ބާރެއް. އެމީހުން ގެ އަޑު ނާހާތީ އެންގްރީ ބާރޑް ހެދިގެން އެއުޅެނީ. ކީތކުރާނީ.

        • ޢަހުމަދުވަގާރު

          މުސްލިމުން މާގިނަ މުސްިމުން މަރާ

      • ފެނިގެއްލި

        މޮޔާ ޔަހޫދީވިޔަސް ބޮޑުވަރުތީ

        • ޜަޟީ

          ނުމަރާތަ