ރާއްޖޭން އިތުރު 535 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ފައްސިވެފައިވާ މީހުންގެ ތެރެއިން 42 މީހަކު ފައްސިވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި 448 މީހަކު އަތޮޅު ތެރޭގެ ރަށްތަކުން ފައްސިވެފައިވާއިރު، 34 މީހަކު ފައްސިވެފައިވަނީ ރިސޯޓުތަކުންނެވެ.

މިނަންބަރުތަކުގެ އިތުރުން ފައްސިވެފައިވާ ވަކި ތަނެއް ނޭނގޭ 11 ސުންކެއް ވެސް އުޅޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިއާއި އެކީ ރާއްޖޭން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 171،649 އަށް އަރާފައެވެ. އޭގެ ތެރެއިން 156،452 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ކޮވިޑަށް ފައްސިވެފައި ތިބީ 14،887 މީހެކެވެ.

މިވަގުތު ރާއްޖޭން ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން 10 މީހަކަށް އަންނަނީ ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭން ކޮވިޑް ބަލީގައި 297 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު