ސިފައިންގެ ތަމްރީން ހަދަމުން ދަނިކޮށް އިއްޔެ ނިޔާވި ގދ.ގައްދޫ، ޕްރައިވެޓް މުޙައްމަދު ރާފިލް ރަބީލް އަކީ ގދ.އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި ދަރިވަރެއް ކަމަށާއި އޭނާ ކުއްލި ގޮތަކަށް ނިޔާވުމަކީ މުޅި ތައުލީމީ އާއިލާއަށް ލިބުނު ދެރައެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާފިލްގެ އާއިލާއަށް ތައުޒިއާ ދަންނަވައި އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އޭނާ އަކީ އަތޮޅު މަދަރުސާގެ ނަމޫނާ ޢިސްދަރިވަރެއްގެ އިތުރުން ސްކޫލުގެ ކެޑޭޓް އިންސްޓްރަކްޓަރެއް ކަމަށެވެ.

ރާފިލްގެ ލޮބުވެތި ޢާއިލާއަށް، މިނިސްޓަރ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީގެ އިސްވެރިންނާއި، މިނިސްޓްރީގެ އެންމެހާ މުވައްޒަފުންގެ ނަމުގައި އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ރާފިލްގެ އަކީ ގދ.އަތޮޅު މަދަރުސާގެ ތާރީޚުގައިވެސް ތަޢުލީމީ ގޮތުން ފާހަގަކޮށްވުވޭ މޮޅު ދަރިވަރެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އެގޮތުން 2018 ވަނަ އަހަރު ގއ.އަތޮޅު މަދަރުސާގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް އާފިލް ވަނީ ޙާސިލްކޮށްފައި ކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަ ކުރިއެވެ.

"ރާފިލްއަކީ ސްކޫލް އިތުރު ޙަރަކާތްތަކުގައި އިސްރޯލެއް އަދާކޮށް ދަރިވަރުންނާއި މުދައްރިސުންގެ ލޯބި ހޯދާފައިވާ އަޚުލާގު ރަނގަޅު ދަރިވަރެކެވެ. ރާފިލްގެ ކުއްލި ވަކިވެ ދިއުމަކީ ގދ.އަތޮޅު މަދަރުސްގެ އިތުރުން މުޅި ތަޢުލީމީ ޢާއިލާއަށްވެސް ލިބުން ނުހަނު ބޮޑު ހިތާމައެކެވެ. މި ހިތްމަވެރި ވަގުތުގައި މަރުހޫމްގެ ފުރާނައަށް މާތް ރަޙުމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުންއެދި ދުއާކުރަމެވެ. އަދި މިފުން ހިތާމައިގައި މި މިނިސްޓްރީގެ އެންމެހާ މުވައްޒަފުން ބައިވެރިވެ، މަރުޙޫމްގެ ޢާއިލާއާއި އެކުވެރީންނަށް ކެއްތެރިކަން ދެއްވުންއެދި މާތްﷲގެ ޙަޟުރަތުގައި ދުއާ ދަންނަވަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ރާފިލް އެމްއެންޑީއެފްގެ ބޭސިކް ޓްރޭނިން ހަދަން ސިފައިންގެ ޓްރޭނިން ހުންނަ މާފިލާފުއްޓަށް ދިޔައީ ވެސް އާދީއްތަ ދުވަހު އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މާފިލާފުށީގައި ހުއްޓާ ރާފިލް ނޭވާލުމަށް އުނދަގޫވެގެން ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ޅ.ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް އޭނާ ވަނީ ހޮސްޕިޓަލުގައި ނިޔާވެފައި ކަމަށެވެ.

ރާފިލް ނިޔާވުމާއި ގުޅޭ ގޮތުން އެމްއެންޑީއެފް އިން އިތުރު މައުލޫމާތެއް ނުދެއެވެ.

ރާފިލްގެ ޖަނާޒާ ރޭ މާލޭގައި ވަނީ ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޝަރީފުބެ

    ޔާﷲ މުޙައްމަދު ރާފިލް އަށް ސުވަރޫގެ ދާއިމީ ނިޢުމަތް ލެއްވާށިއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވައި ހިތްހަމަޖެހުން މިންވަރު ކުރައްވާށިއެވެ.

    98
    • ދުއާ

      ޢާމީން.

      29
  2. ސަން

    އާމީން ކިއުމުގެ ބަދަލުގައު މިކަންތައް މިހެން ދިމާވާކަމެއް ބަލައި ރަނގަޅު ކުރުމަށް ފިޔަވަޅު އަޅަން ޖެހޭ ވަގުތު ޖެހިއްޖެހެން ހީވަނީ. ހާއްސަކޮށް ސިފައިންގެ ޓްރޭނިންތަކުގައި މިހެން ވަރަށް ކައިރި ކައިރީގައި މީހުންގެ ފުރާނަ ގޮސްފައި އެބަވޭ. މިދައްކަނީ ބައެއްގެ ފުރާނައިގެ ވާހަކަ! ފަރުވާކުޑަކޮށްލައިގެން އާމީން އަކުން ނިންމާލައިގެން ފުއަދާލައިގެން ވާވަރަށްވުރެން ގިނަ ކުދިންގެ ފުރާނަ ގޮސްފައިވާކަމަށް ފެންނާތީ ހަމަ މި ހިޔާލު ފާޅުކޮށްލީ.

    36
    6
    • ބަލަ

      އޭނާ އެވަނީ މިހާރު މަރުވެފަ. ކިތަންމެ ތަހުގީގެއް ކުރިޔަސް އޭނާ އަށް އެކަމުން ވާނެ ފައިދާއެއް ނޯންނާނެ. އޭނާ އަށް ދެން ފައިދާ ކުރާނީ އާމީން ކިޔައިގެން. ތިވިސްނަވީ އަމިއްލަ ފައިދާއަށް.

      24
      12
      • ބަލަބަލަ

        ދެންވެސް ރައްކާތެރި ވެވޭނީ ވީގޮތް ހޯދައި ރައްކާތެރި ފިޔަވަޅު އަޅައިގެން. ތަހުގީގު ކުރަން ކޮންމެހެންޖެހޭ ހަމަ

        16
        2
        • އޯކޭޔޭ

          އާމީން ކިޔުމުގެ ބަދަލުގައެއް ނޫން ދޯ ތަހުގީގު ކުރަން ޖެހޭނީ.

          8
          5
    • ސަންފަ

      ޢާމީން ކިއުމުގެ ބަދަލުގައެއް ނޫން .އޭނާ އެވަނީ ނިޔާވެފަ ފުރަތަމަ ޜަހްމަތް ލެއްވުމަށް ދުޢާކޮށްފަ އާމީން ކިޔަންވީ. އެއަށްފަހު ތިޔަބުނާ ކަން ތައް ކުރަންވީ.

      16
    • އަސީލް

      މީހަކު ނިޔާވީމަ އޮންނަނީ އެމީހެއްގެ މައްޗަށް ހެޔޮ ދުއާ ކުރުން.ފާފަ ފުއްސަވާތޯ ދެންނެވުން.ސުވަރުގެ މިންވަރު ކުރައްވާތޯ ﷲ އަށް ދެންނެވުން.
      ކަން ހިނގި ސަބަބު ބެލުމަކީވެސް އޮތް ކަމެއް.އޭނަ މާފިލާފުއްޓަށް ޓްރެއިނިންގ އަށް ދިޔަ ދުވަހު ހާލު ދެރަވެ ނިޔާވިކަމަށް ހަބަރުގަ އޮތީ.އެހެންވީމަ ހާލު ދެރަވީ ޓްރެއިނިންގ ގަ އުޅެނިކޮށް ކަމަށް ބެލެވޭކަށް ނެތް.
      މަރަކީ ހަގީގަތެއް.ކޮންމެ މީހަކު ވެސް ކުރިމަތިލާނެ ހަގީގަތެއް.މަރަކަށް ނުފިލޭނެ.އެމީހަކު މަރުވާނެ ތަނަކާއި މަރުވާނެ ވަގުތެއް އަހަރެމެން ނަށް ނޭނގެނީ.ނަމަވެސް އެކަންކަން ވަނީ ލިޔެވި ނިމިފަ.

      11
      2
  3. މުޙައްމަދު ނުހަަަާދު

    މުޙައްމަދު ނުހަަަާދު އަލިިީ (ބައްޕަ)

  4. ރައްޔިތު މީހާ

    އެކަމަކު މަރުވާން ދިމާވި ސަބަބަކީ ކިހިނެއްވެގެން ދިމާވި ސަބަބެއްތޯ ބަލަން ޖެހޭނެ. ނޭވާލުމަށް އުނދަގޫ ތަކެއްމެދުވެރިވާން ދިމާވި މައްސަލަ އަކީ ކޮބާތޯ ބަލަން އެބަޖެހޭ ކަން ނޭގޭ؟

  5. ޢަހުމަދުވަގާރު

    މިވަރުގެ ތައުލީމީ ކުދިން ސިފައިންގެޔާ ގުޅޭތަ

    1
    2
  6. އުންސުރު-ފަންސުރު

    ކުރުކޮށް ބުނާނަމަ، ރާފިލް ގެ މަރަކީ އިހުމާލެއް. ހުންއައިސް ބަލިވެ އުޅެކަން އެންގުމަށް އާއިލާ އަށް 11 ފަހަރު ގުޅިކަމަށް މީޑިޔާއިން ފެނުނު. ބަލިވެ އުޅޭ ޅަ ކުއްޖަކަށް ފަރުވާ ނުދީ ގަދަޔަށް ޓްރޭނިންގ ޖެއްސީމަ ވީގޮތް. މާރިޔާ އާއި ޝަމާލް އާއި ރައީސް އިބޫ ޒިންމާ ވާންޖެހޭނެ. މިހާރު އޮތީ ޔާމިން ވެރިކަންނަމަ، ރާފިލް މަރާލީ ޔާމީނޭކިޔައިގެން މިހާރު ވެރކަންކުރާ ބައިގަނޑު ދުވީސް. ރާއްޖެ ޓީވީ އާއި ޕޯޑިއަމްތަކުގަ މި އަޑު ވަރަށް ގަދަވީސް.