މާލެއިން ޓެކްސީ ދަތުރެއް ނެގި ޒުވާން އަންހެނަކު ގަދަކަމުން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ގެންގޮސް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހުން ހައްޔަރު ކުރި މީހާގެ ބަންދަށް ތިން ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ އިއްޔެ ރޭ 00:50 ކަންހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލަ އާއި ގުޅިގެން 41 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ފުލުހުންގެ ބަންދުގައި ތިން ދުވަހު ބަހައްޓަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މާލެއިން ޓެކްސީއަކަށް އެރި 20 އަހަރުގެ ދިވެހި އަންހެނަކު ހުޅުމާލެ ދެވަނަ ފިޔަވައްސަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއިއެކު ތުހުމަތު ކުރެވޭ ޑްރައިވަރު ހައްޔަރު ކުރިއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތައް ބުނާ ގޮތުގައި ޒުވާން އަންހެން މީހާ މަގުމަތިން ޓެކްސީއެއް ނެގީ ހެންވޭރުން މާފަންނަަށް ދިއުމަށެވެ. ނަމަވެސް ކާރުގެ ދޮރުތައް ތަޅުލުމަށްފަހު ޓެކްސީ ޑްރައިވަރު ދިޔައީ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ކަމަށާއި އަންހެން މީހާ އަށް ޖިންސީ ގޯނާ ކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކަމަށް ވެސް ދައުރުވަމުންދާ މައުލޫމާތުތައް ބުނެއެވެ. ނަމަވެސް ރަސްމީ އިދާރާއަކުން އަދި އެކަން ކަށަވަރު ކޮށެއް ނުދެއެވެ.

މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހްގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތުހުފާ

    ޓެކްސީ އަގުކަނޑައެޅުމުގެ ކޮންހައްގެއްތޯ ދައުލަތަށް ލިބިގެންވަނީ ؟

    2
    3
  2. އަލީ

    މާގިނަ ތިންދުވަސް ވެސް.