ހުޅުމާލޭގައި 272 އެނދުގެ އާ ކޮވިޑް-19 ފެސިލިޓީއެއް ހުޅުވައިފިއެވެ.

ހުޅުމާލޭގައި މިހާރުވެސް ކޮވިޑް ފެސިލިޓީއެއް ހިންގަމުން ދެއެވެ.

ހެލްތް މިނިސްޓްރީން މިއަދު ބުނީ، ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން އިތުރަށް ރަނގަޅު ކުރުމުގެ މަސައްކަތުގެ ތެރެއިން އާ ކޮވިޑް ފެސިލިޓީއެއް ހުޅުވާފައިވާ ކަމަށެވެ.

"ދަ އިންފެކްޝިއަސް ޑިޒީޒެސް މެނޭޖްމެންޓް"ގެ ނަމުގައި ހުޅުވި އެ ފެސިލިޓީގައި 272 އެނދު ގާއިމްކޮށްފައިވާ ކަމަށާއި، އެ ތަނުގައި 44 އައިސީޔޫ އެނދު ގާއިމްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި މި ސެންޓަރުން އެމާޖެންސީގައި ބަލި މީހުންނަށް ފަރުވާދޭނެ ކަމަށާއި، އިތުރު ބަލި މީހުންނަށްވެސް އެތަނުގައި ފަރުވާ ދޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފައި ވެއެވެ.

މިހާރު ހިންގަމުންދާ ކޮވިޑް ފެސިލިޓީގައި 35 އެނދު ގާއިމްކޮށްފައި ވެއެވެ. އޭގެ ތެރޭގައި އައިސީޔޫ ފަސް އެނދު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުތުބެއްޔާގެ އާދަނު 5.1

    250 މީހުން މަރުވި ފަހުން

  2. ަިަައިބޫ

    އަވަހީ ނިމުނު ލެއް. ސުލޯލިހުގެ ސަރުކާ ރު ވިއްޔަ،

  3. ޢާބިދާ

    ކޮވިޑް ނިމުނީމާ

  4. ޢަދުރޭ

    ޓެކްސްފައިސާ ތަޅާބުރުވަނީ އެއްވެސް ހަރުދަނާ ޕްލޭންއެއްނެތި