ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓްގެ މަގާމަށް، އިބްރާހީމް ރަޝީދު އަބޫބަކުރު (މާމިނގިލީ އިބޫ) މިއަދު އައްޔަން ކުރައްވައިފިއެވެ.

ކުރީގެ ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވާފައިވާ އިބޫ އެ މަގާމަށް އައްޔަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އޭނާ ވަނީ މީގެ ކުރިން ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމާއި މެދު އުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމާ ޕްރައިވެޓް ސެކްޓަރގެ އެކިއެކި މަގާމުތައް ފުރުއްވާފައިވެއެވެ.

އިބޫ ވަނީ އިނގިރޭސި ވިލާތުގެ ބޯލްޓަން ޔުނިވަރސިޓީން އެމް.ބީ.އޭ ހާސިލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ދައުލައް ދަވާލާ ދަވާލާ

    15
  2. ރައްޔިތު މީހާ

    ބަހާ ނިންމާލާ!!!!

  3. މާހިރންނޯ

    ޓުރިޒަމްގެ މާހިރެކޯ