ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރުމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ، އެ ކޯޓަށް ހުށަހެޅުނު މައްސަލައެއް، ގާޒީ މުހައްމަދު މަސްލަހަތު ފުށުއަރާތީ އެ މައްސަލައިން ތަނާޒުލުވުމުމަށްފަހު، އެމައްސަލާގައި ދައުވާ ލިބޭފަރާތުގެ ވަކީލުންނަށް ފޮނުވާފައިވާ ކޯޓު އަމުރުތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އަދި އެ އަމުރުތަކުގައި ސޮއިކުރުމަށް އެ މައްސަލައާ ހަވާލުވެހުރި މެޖިސްޓްރޭޓް، އިސްމެޖިސްޓްރޭޓް މުހައްމަދު ކައިރީ އެދިފައި ނުވާނެކަމަށް ބުނެފައިވާއިރު، އެ ޤަޟިއްޔާއާ ގުޅިގެން ދައުވާ ލިބޭފަރާތާ މުއާމަލާތު ކޮށްފައިވާ ހުރިހާ ލިޔުމެއްގައި ސޮއިކޮށްފައިވަނީ އޭނާ ކަަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.

އެހެންކަމުން އިސްމެޖިސްޓްރޭޓް މުޙައްމަދުގެ މަސްލަހަތު ފުށުއަރާ މައްސަލައެއް ހިންގުމަށްޓަކައި، އޭނާ އަމަލީގޮތުން މަސައްކަތް ކޮށްފައިވާކަން ސާބިތުވެފައިވާތީވެ،އެ އަމަލުތަކަކީ ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގާއި ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

މިއާއެކު ޖޭއެސްސީން ވަނީ އޭނާ އަށް މުސާރައާއި ޢިނާޔަތްތައް ނުލިބޭ ގޮތަށް މާދަމާ އިން ފެށިގެން މަސްދުވަހަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސެންޗޯ

    ތީތިކަޑަ

  2. ޓިކްޓޮކް

    ނ. ޅޮހި ކޯޓުގެ މެޖިސްޓްރޭޓް ވެސް މަސްލަހަތު އޮވެގެން މައްސަލައިން ތަނާޒުލުވީ ހުރިހާ ލިއުމެއްގައި ސޮއިކޮށް ނިންމާފަ. އެކަމަކު ދިނީ ނެސޭހަތެކޯ!؟ ތޫނު އެއްޗެއް ބޭނުންކޮށްގެން ހިޮންގާފައިވާ މާރާމާރީ މައްސަލައެއް، މިދިޔަ ލޯކަލް ކައުންސިލްގަ އެމްޑީޕީއަށް ވޯޓްދޭން އެއްބަސްވުުމުން ބައްޓޭ ގެ ބާރުގަ މުޅި މައްސަލަ އަނބުރާ ޕީޖީ އަށް އަނބުރާ ގެންދިޔައީ. ވަރަށް ތަފާތު ދެއްތޯ

  3. ޢައި

    މަސްދުވަސް ފަހުން ދެން ކިހިނެއް ހަދާނީ

  4. ލލ

    ޖޭއެސްސީ އަކީ ސިޔާސީ މީހުން މޮޑޭ ބޮޑުގުޅަ ފުށްގަޑު !