އިނގިރޭސިވިިލާތުން ރާއްޖެ އައި މީހެއްގެ އަތުން 12.7 ގްރާމްގެ މަސްތުވާތަކެތި އަތުލައިފިއެވެ.

ކަސްޓަމްސް އިން މިރޭ ވިދާޅުވީ ވައިގެ މަގުން ސްރީލަންކާ އިން ރާއްޖެއައި އިނގިރޭސިވިލާތުގެ ރައްޔިތެއްގެ އަތުން މަސްބު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މާރިޗު 6 ވަނަ ދުވަހު ރާއްޖެ އައި އިނގިރޭސިވިލާތުގެ ރައްޔިތަކާއި މެދު ޝައްކުކުރެވިގެން މި ފަސިންޖަރުގެ ލަގެޖް ކަސްޓަމްސް އިން އިތުރަށް ބަލައި ފާސްކުރިއިރު، މި ފަސިންޖަރުގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައެވެ. ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނެބިސް އަށް ވަނީ ފައްސި ވެފައެވެ.

ކަސްޓަމްސް އިން ވިދާޅުވީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ކެނެބިސް އަށާއި ކެނެބިސް ހާބަލްއެވެ. މިތަކެތީގެ ޖުމްލަ ބަރުދަނުގައި 12.7 ގުރާމް ހުއްޓެވެ. މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

މަސްތުވާތަކެތީގެ ގާނޫނު ބުނާ ގޮތުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ އަދަބު އަންނާނީ މީހެއްގެ އަތުން 14 ގްރާމަށް ވުރެ ގިނައިން ކެނަބިސް ފެނިއްޖެނަމައެވެ. އެހެންކަމުން އިނގިރޭސިވިލާތުގެ މީހާއަށް ބޮޑު ހުކުމެއް އައުން ނާދިރެވެ.

އިނގިރޭސިވިލާތުން އާއްމުކޮށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރާކަން ފާހަގަ ކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު