ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ދަރަނި އަދާކުރުމަށް އެހީވުމަށް ހާއްސަ ޓްރޭޑިން ޕެކޭޖެއް ތަޢާރަފްކުރަން ނިންމައިފި ކަމަށް ކިންގްސް ފޮރެކްސް ޓްރޭޑިން އިން ބުނެފިއެވެ.

އެ ޕެކޭޖްތަކާ ގުޅޭ އިތުރު ތަފްސީލް ކުރިއަށް އޮތް ހަފްތާގައި ހާމަކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ކިންގްސް ފޮރެކްސް ޓްރޭޑިންއަކީ އަލްހާން ފަހުމީ އާއި އޭނާގެ ކޮއްކޮ މީޑިއާ ކައުންސިލްގެ ރައީސް ޝަހްބާން ފަހްމީގެ ކުންފުންޏެކެވެ.

އެ ކުންފުނިން ފޮންޒީ ސިކީމެއް ހިންގާ ކަމަށް އެމްއެމްއޭއިން ވަނީ ތުހުމަތުކޮށްފައެވެ. އަދި އެކަމާއި ސަމާލުވުމަށް ވަނީ އެދިފަ އެވެ. ބީއެމްއެލްއިން ވަނީ އެ ކުންފުނީގެ އެކައުންތައް ވަގުތީގޮތުން ޑީއެކްޓިވޭޓްކޮށްފަ އެވެ.

މިކަމާއި ގުޅޭގޮތުން އަލްހާން ވިދާޅުވެފައި ވަނީ އެ ކުންފުނިން ފޮންޒީ ސްކީމެއް ނުހިންނާ ކަމަށެވެ. އަދި އެމްއެމްއޭ އާއި ބީއެމްއެލްގެ ސަބަބުން ކުންފުނީގެ ނަން ހަޑިވެ، ގެއްލުންވުމުން އެކަމުގެ ބަދަލު ހޯދަން މި ފެށޭ ހަތްފާގައި ކޯޓަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ހިޔާ ފްލެޓްތަކުގައި މިހާރުވެސް 1000 އަށްވުރެ ގިނަ އާއިލާ ދަނީ ދިރިއުޅެމުންނެވެ. އަދި އަންނަ މަހުން ފެށިގެން ފްލެޓްތަކުން ކުލި ނަގަން ފަށާނެއެވެ. އަލްހާން މީގެ ކުރިން ވިދާޅުވީ ހިޔާ ފްލެޓްތަކަށް ހާއްސަ ކުރާ ޕެކޭޖްތަކުގެ ސަބަބުން ގިނަ ރައްޔިތުންނަށް ފައިދާ ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އިމާދް

    އަނެއްކާ އަނެއް ދޯކާ ބަޔަކުންނައް ދެނީ ދެއްތޯ ؟
    ތި މަޅީ ޖެހު މީހެއް އަޅުގަނޑުމީ، އަދިވެސް ދޭން ބުނި ފައިސާގެ ނުދޭ، މިހާރު ޖަވާބެއްވެސް ނުދޭ

    10
    8
  2. އިންމަ

    މީނަ ހައްޔަރު ކުރަން ވެއްޖެއްނު ؟ އެތައް ބަޔަކައް ފޮރެކްސްއޭ ކިއައިގެން ލަނޑުދީފަ، އަނެއްކާ މި ކިއަނީ އާ ޕެކޭޖެކޯ… ނަމަ ނަމަ ކައިރި ނުވާތި ކުދިންނޭ

    13
    8
  3. ސިފާން

    ކުރިން އިންވެސްޓް ކުރި މީހުންގެ ފައިސާ ދައްކަބަލަ އިހައް، މިލިއަނުން ދަރާ އޮތީ އެތައް ބަޔަކައް..

    10
    8
  4. ހުސޭނުބޭ

    އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް ތި މަކަރު އެބަޖެހޭ ހަދަން، މީހަކަށް ހެވެއް އެދިގެން ތި މީހުން ކަމެއް ކޮށްދޭނެކަމަށް ހާދަ ޤަބޫލުނުކުރެވެޔޭ!

    8
    3
  5. ނަސިހތް

    އަބަދުވެސް ނިކަމެތިންނަށް ދޯކާ އެއް ދެވޭތޯ ހަޔާތުގެ ދުވަސްތައް ހޭދަކުރަނީ. ހެޔޮ ކަމުގެ ފަތަށް ބަރު ކޮއްލަން ކަންތައް ކޮށްބަލަ. ކާމިޔާބުވާނީ އޭރުން.

    7
    2
  6. ޑޮނާޑް

    ތީ ދިހެހި ދަރިން ނަކީ

  7. Anonymous

    އަލްހާނުމެން ހަދަ ދޮގު ހަދައޭ. ކުންފުނި ފޭރިގަންނަން އުޅޭނެ ކަމެއް ނެތް

  8. Anonymous

    ކުންފުނިން އެއްޗެހި ދޭނެ ކަމެއް ނެތް ތި މީހުންނަށް. ކުންފުނި ތަކުން ފޭރެން ގަޅި ދިވެހިން

    1
    1
  9. YouTube

    ކިތަންމެ ރީތިނަމެއް ކިޔަސް ހަރާމް ވާނީ ހަރާމައް

  10. ކަލުބުޅާ

    އާއްމުކޮން ސްކޭމް ހިއްގާމީހުން ފިލުމުގެ ކުރިން ދެވަނަ ބުރެއް ޖައްސާނެ، ކުރީ ބުރުގަ ގެއްލުން ލިބުނު މީހުން ނަށް ބަދަލުދޭނަމޭ ކިޔާފަ، ބޮޑަށް ހީވަނީ ވާޝަން2 އަށް ރެޑީވަނީހެން، އަލްހާނު ކުރާ މަސައްކަތަށް އިތުބާރުކުރިޔަސް ފައިސާއަށް އިތުބާރު ނުކުރާތި! ފަހު ވަގުތު ސަރުކާރުން ހުއްޓުވީ އޭކިޔާފަ ބަޗާނެ.