ރާއްޖޭގެ ޖަލުތަކުގައި މަސައްކަތްކުރާ ގައިދީންގެ ތެރެއިން 91 ޕަސެންޓް ގައިދީން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ކަރެކްޝަން ސާވިސްއިން ބުނެފި އެވެ.

ކަރެކްޝަނުން ބުނީ ގައިދީންނާއި ބަންދުމީހުންގެ %84 މީހުން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށެވެ އަދި %73 ގައިދީންނާއި ބަންދުމީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާކަމަށެވެ.

އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން %94 ވެކްސިންގެ ފުރަތަމަ ޑޯޒް އަދި %91 ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ވެސް ކަރެކްޝަނުން ބުނެ އެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 398،348 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވެއެވެ. އަދި 371،439 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެއެވެ.

މިހާތަނަށް ބޫސްޓާ ޖަހާފައި ވަނީ 143،477 މީހުންނެވެ. ތިންވަނަ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު މިހާރު އަންނަނީ ރަނގަޅުވަމުން ނެވެ. އެންމެ ފަހުން އެޗްޕީއޭއިން އާންމުކޮށްފައިވާ ކޮވިޑްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 10،661 މީހަކު އަދިވެސް ބަލިން ރަނގަޅުވުނެ އެބަތިބި އެވެ. އަދި ހަތަރު މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުމާދެން އެބަ ދެއެވެ.

ކިޔުންތެރިންގެ ހިޔާލު