އަސްކަރިއްޔާގެ ބޮޑެތި މަރުކަޒުތައް ގާއިމްކޮށްފައި ހުންނަ ގައުމުތަކުގައި ބޭރުގެ އިންވެސްޓްމަންޓްތައް ގިނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިހަވަންދިއްޕޮޅުގައި އާގު ބޯޓުތައް ބަނދަރު ކުރަން ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމް ކުރުމުގެ ގަރާރުގެ ބަހުސްގައި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ މި ކަމަށް ކުރިމަތިވާނެ އެންމެ ބޮޑު ހުރަހަކީ ވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބުން ކަމުގައެވެ.

ނައިފަރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ އިންޑިއާ ސިފައިން ގާއިމްވެ ތިބޭތީ އެހެން ގައުމުތަކުގެ އިންވެސްޓަރުންނާއި އެހެން ގައުމުތަކުގެ މާލީ އިދާރާތަކުން ވެސް އިންވެސްޓް ކުރަން ޖެހިލުންވާ ކަން މިހާރު ފެންނަމުންދާ ކަމަށެވެ.

ޝިޔާމްގެ ވާހަކަ ނިންމާލެއްވުމުން އެހެން މެންބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަތް އާންމު ހަމައަކީ އަސްކަރީ މަރުކަޒު ނުވަތަ މިލިޓަރީ ބޭސްތައް ގާއިމް ކޮށްފައިވާ ގައުމުތަކުގައި އިންވެސްޓްމަންޓް ގިނަ ކަމެވެ.

"މިސާލަކަށް ކުވައިތު، ގަތަރު، އަބޫދާބީ، ސައުތު ކޮރެއާ، ފިލިޕީންސް، އެ އާންމު ހަމައާއި ބެހޭ ގޮތުން، އަޅުގަނޑު ހިތަށް ވަނީ، ވިސްނުމެއް ބަހައްޓަން ވާނެ ކަމަށް،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު ވިދާޅުވިއެވެ.

އިންޑިއާގެ އަސްކަރީ އެހީ ދިވެހި ދައުލަތަށް ހޯދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެންގުޅުއްވާ ސިޔާސަތުތަކާއި، ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމްވެ ތިބުމާއި ދެކޮޅަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ގެންދަނީ "އިންޑިއާ އައުޓް" ނަމުގައި ބޮޑު ކެމްޕޭނެއް ހިންގަމުންނެވެ.

އިންޑިއާގެ ބޭނުމަކީ ސިފައިންނާއި ޖާސޫސީ މީހުން ތިބޭ އެ ދައުލަތުގެ މިލިޓަރީ ބެކްޔާޑެއް ގާއިމް ކުރުން ކަމަށް ތުހުމަތު ކުރެއެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން މި ކަން ދޮގު ކުރެއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ތިން އުޅަނދެއް ބަލަހައްޓަން ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ރާއްޖޭގައި އެބަ ތިއްބެއެވެ. މިއީ ސިފައިންގެ ތެރޭ ތިބި ޓެކްނީޝަނުންގެ ގޮތުގައި މަސައްކަތް ކުރާ ބައެއް ކަމަށް ދެ ގައުމުގެ ސަރުކާރުން ބުނެއެވެ.

އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރެއް އައްޑޫ ސިޓީ ގަމުގައި، އަދި ލ. ކައްދޫގައި ވެސް އޮވެއެވެ. އަދި ހދ. ހަނިމާދޫގައި އިންޑިއާއިން ދީފައިވާ ޑޯނިއާ މަތިންދާބޯޓެއް ވެސް އޮވެއެވެ. މި އުޅަނދުފަހަރުތައް ބަލަހައްޓަނީ އިންޑިއާގެ ސިފައިންނެވެ.

މީގެ އިތުރުން އަސްކަރީ އެހީ ހޯދުމުގެ ގިނަ އެއްބަސްވުންތަކެއް އިންޑިއާއި އެކު މި ސަރުކާރުން ގާއިމްކޮށްފައިވެއެވެ. މީގެ ތެރޭގައި ހައިޑްރޯގްރަފީ ދިރާސާގެ އެއްބަސްވުމަކާއި، އުތުރުތިލަފަޅުގައި ކޯސްޓްގާޑް ޑެކްޔާޑެއް ގާއިމް ކުރުމުގެ އެއްބަސްވުމެއް ވެސް ގާއިމްކޮށްފައިވެއެވެ.

މި އެއްބަސްވުންތައް އާންމު ކުރަން އިދިކޮޅު ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގައި މި އެއްބަސްވުންތައް ދިރާސާކުރަން ވެގެން ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ދައްކާލި ނަމަވެސް މެންބަރުންގެ އަތަށް އެއްބަސްވުމުގެ ދެލިކޮޕީއެއް ނުދެއެވެ.

ޑިފެންސް މިނިސްޓްރީން ބުނަމުން އަންނަ ގޮތުގައި މި އެއްބަސްވުންތައް ހާމަކުރުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ. މި މައުލޫމާތުތައް ހާމަކޮށްދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިމުނު މައްސަލަ މިހާރު ހައި ކޯޓުގައި ވެސް ދަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހުސޭނުބޭ

    ކެނެރީގޭގައި އަސްކަރީ މަރުކަޒުހަދާ! މީނައަކީ ބޮޑު އުނދަގުލެއް!

  2. އހ

    އެމީހުން އަސްކަރީ މަރުކަޒު އެޅީ އެގައުމު ރައްޔިތުންނަށް އޮޅުވައި ލައިގެންނެއްނޫން އަދި ގައުމު އަޅުވެތިވާ ގަތަކަށްނޫން

  3. ކޮމެންޓޫ

    އަންހެން ދަރިންގެ އިއްފަތް ވިއްކީމަވެސް ޑޮލަރާ ޕައުންޑް ލިބޭނެ ބަޔަކަށް ކަމުދާނެ ގޮތެއް އެއީވެސް. ގައުމުގެ ވިއްކާ ނުލެވިގެން ބަޔަކު ހޭބަލިވަނީ ގައިމު ލިބޭ އެތިވަރު ތައް ގިނަވީމަ.

  4. ސަލް

    ނަޝީދު މިއީ 1930 އެއްނޫން ރައްޔިތުން އޮޅޭކަށް ކުޑަކުދިންދައްކާވައްތަރު ވާހަކަ ދައްކައިގެން.

  5. ރަނާ

    މިހާރުވެސް އިންޑިއާގެ އަސްކަރީ މަރުކަޒަކަށް މިތަން ހަދައިފީމެންނު،
    މިހާރު ރާއްޖެއަކީ، އިންޑިއާގެ ބާހަތިޔާރު ރައްކާކުރާ ގުދަނެއް،
    ދިވެހިރައްޔިތުން ވަރަށްހޭލާ ތިބެންޖެހޭނީ،

  6. ލޮލް

    މިކަލޭގެ ދުވަސްކޮޅަކުން ބުނެފާނެ އެންމެ ރީއްޗަށް ހަނދުވަރުދެނީ ދުވާލު މެންދުރު އެންމެ ގަދަޔަށް އަވިދޭ ވަގުތުގައޭ. އަދި އޭނާގެ ވަށައިގެން ތިބޭ ގުނބޯލުންތައް އެވާހަކައަށް އަތްޖަހަންވެސް ތިބޭނެ. އެހާވެސް ކަނޑުކޮސް ބައިގަނޑެއް އޭނާގެ ވަށައިގެން އެނބުރެނީ.

  7. މަރޮށި އަލީ

    އިސްލާމް ދީނުގައި އޮތްގޮތް ރަގަޅަށް ހޯދައި އެގޮތައް އަމަލު ކުރުމަށް ނަސޭހަތް ތެރިވަން. ބޭރުވަމުން ދާއިރު އެތިފަހަރަކުން ޖަހާއުސޫލް ދޫކޮށް ލެއްވުން މާރަގަޅުވާނެ.

  8. ރާއްޖެ

    ރާއްޖެ ވިއްކާލިޔަސް ވަރަށް އިންވެސްޓްމަންޓް ތައް ގިނަވާނެ.

  9. ޖާނޭ

    މިފެންނަނީ މިރާއްޖޭގައި އިންޑިއާގެ މިލިޓަރީ ސިފައިން ހަތިޔާރާ އެކުގައި ތިބި ކަމުގެ ޔަޤީ ވާހަކަ ތަކެކެވެ. ފަހެ ނަޝީދު ނިކަން ބުނެދީބަލާށެވެ. އިންޑިއާގެ މިޓަރީ ސިފައިން ތިބި ޤައުމުތައް ކަމުގައިވާ ބޫޓާން، ނޭޕާލް ފަދަ ޤއުމު ތަކުގައި ބޮޑެތި އިނވެސްޓްމަންޓައް އެބަހުރިތޯ؟ ތިޔަ ވިދާޅުވާ ޤަޠަރު، ބަހްރައިން، ފަދަ ޤައުމު ތަކަކީ ތެލުން މުއްސަދި ވެފައިވާ ޤައުމު ތަކެވެ. ނަމަވެސް ފިލިޕީންގައި ބޮދެތި އިންވެސްޓްމަންޓް ތައް ހުރިނަމަ، އެޤައުމުގެ އަންހެނުން އެހާ ކުޑަ މުސާރއަކަށް ރާއްޖެއަށް އަންނާނެތޯއެވެ؟
    ބޫޓާން، ނޭޕާލްގައި ހިނގަނީ އިންޑިއާ ފައިސާއެވެ. އަމިއްލަ އަށް ކަމެއް ކުރުމުގެ އިޚްތިޔާރުވެސް ނުއޮންނަ ޤައުމު ތަކުގެ ވާހަކަ ދައްކާއިރު، ބޮޑެތި ދޮގުތައް ނުހަދަން އިލަތިމާސް ކުރަމެވެ. މިރާއްޖޭގައިވެސް ތިޔަ ކަންކަން ދަންނަ މީހުން މަދެއް ނުވާނެއެވެ.
    އިންޑިއަން މިލިޓަރީ މިތަނުގައި އޮންނަނަ ޖެހެނީ ކޮން ޤައުމެއްގެ ނުރައްކަލުން ސަލާމަތް ކުރުމަށްތޯ ހަމަ ސުވާލު ކޮއްލަން ބޭނުންވެއެވެ.

  10. ހުސެންބައި

    ދުނިޔޭގަ އެންމެ މިލިޓަރީ ބޭސް ގިނަ އެއް ގައުމު އެފްރިކާގެ ޖީބޫޓީއަކީ! އެކަމު އެގައުމުގެ ޖީޑީޕީ އާއި ޑިވެލޮޕްމެންޓް އިންޑެކްސްއާ އަދި ޕޮލިޓިކަލް ހާލަތު ބަލާލީމަ އިނގޭ ވެރިޔަކަށްވެސް ހުރީ ބަޔަކު ބަހައްޓާފަހުރި ޑިކްޓޭޓަރެއްކަން އަދި ރައްޔިތުން ތިބީ ބަންޑަށްކަން! އަދި ތިޔަބުނާ އިންވެސްޓްމެންޓްވެސް ނެތްކަން! އަނގަ ފުޅާކުރިޔަސް މިޒަމާނުގައި ފެކްޓް ޗެކްކުރެވޭނެ!

  11. ނައީގް

    މިނިވަންކަމުގެ ބަދަލުގަ އަޅުވެތިވެގެން އިންވެސްޓްމަންޓު ބޭނުމެއްނޫން! ކޮސްގޮވާ ނަސީދޫ!!!

  12. ގިނީ

    ފަޅޮލޭ ކިޔާބަލަ. ފޮރިންގ އިންވެސްޓަރުން އިންވެސްޓް ކުރަނީ އަސްކަރީ މަރުކަޒުގެ އަދަދު ބަލާފަތަ؟ މީހަކު މޮޔަވެދާނެ.

  13. ޢަސްލު

    ބަލަ ކަލޭ އަބޫޖަހުލައްކަށް ދުލެންނުކުރަންދޯ ، މީގެ ކުރީ ސަރުކާރުން ޗައިނާޔަށް މިލިޓަރީ ބޭސް އަޅަން މުޅިގައުމު ވިއްކާލައިފިޔޭ ކިޔާ ރައްޔިތުންނަށް އޮޅުވާލިއޮޅުވާލުން އަމިއްލަޔަށް ބޭޒާރުވަނީތި، މިހާރު އެބުނި ވިއްކާލި ރަށެއްވެސް އޮތީއެއްނޫން ،
    ޢެކަމަކު މިހާރުތިކިޔަނީ މނ..؟ތިޔައްވުރެން ތާހިރުވާ ކަލޭ އޮރިޔާމާއުޅުނަސް...މަކުނު ރަސްކެފާނު...

  14. ަލި

    ހަމަ ހިނިި ގެޅެނީ.

  15. މަޖުބޫރީހާލަތް.

    މިކަ މުންދިވެހިން ވިސްނަންވީ އިންޑިޔާގެ ސިއްރު މިލިޓަރީ މިމީހުން މިތާ ގާއި މުކުރާކަން

  16. މޫސް

    އިންވެސްޓްމަންޓް ލިބޭނީ މިލިޓަރީ ބޭސްއެއް އޮވެގެން ކަމަށް މިހާރު އެ ބުނެވުނީ. މިވަރުން ދާކަމުގައި ވަނީނަމަ އަދި ބުދު ފައްޅިވެސް އަޅާނެ އިންވެސްޓްމަންޓް ނަމުގައި. މަށަށް ހަމަ ނުވިސްނުނު މި ނަޝީދު ދައްކާ މޮޔަ ވާހަކަ މީހުން ގަބޫލު ކުރަނީ ކީއްވެ ކަމެއް.