ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީގެ ކިންގްސް ފޮރެކްސްގެ ޓްރޭޑިންގައި ޕްރިމިއަމް ޕެކޭޖަށް އިންވެސްޓް ކުރި 130 މީހަކަށް މާދަމާ ފައިދާ ލިބޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ކިންގްސްގެ މައްޗަށް ތުހުމަތުތަކެއްކޮށް ބޭންކް އޮފް މޯލްޑިވްސް އިން ކިންގްސްގެ އެކައުންޓް ފްރީޒް ކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އެކައުންޓް ފްރީޒް ކުރުމުން ކުރިން ހަމަޖެހިފައިވާ ގޮތައް އިންވެސްޓަރުންނަށް ފައިސާ ދޭން ކިންގްސް އަށް ދަތިތަކެއް ކުރިމަތިވިއެވެ.

އެދަތިތައް ހައްލުކޮށް ކިންގްސް އިން މިއަދު ބުނީ މާދަމައިން ފެށިގެން އެކުންފުނީގެ ޕްރިމިއަމް ޕެކޭޖަށް އިންވެސްޓް ކުރި 130 ބެފުޅުންނަށް އެބޭފުޅުންގެ އަމިއްލަފުޅު އޮނައިން ޓްރޭޑިންގ އެކައުންޓް މެދުވެރިކޮށް ޕޭއައުޓް ލިބިވަޑައިގަންނަވާނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ކިންގްސްގެ ޕްރިމިއަމް ޕެކޭޖަކީ 250000 (ދެލައްކަ ފަންސާސްހާސް ރުފިޔާ) އިންވެސްޓް ކުރަން ޖެހޭ ޕެކޭޖެކެވެ. އެފައިސާ އިންވެސްޓް ކުރުމުން ހަފްތާއަކު 25000 (ފަންސަވީސް ހާސް ރުފިޔާ) ފައިދާގެ ގޮތުގައި އިންވެސްޓަރަށް ލިބޭނެއެވެ. މިޕެކޭޖްގައި އިންވެސްޓް ކުރާ ފަރާތްތައް ދިހަ މަސް ދުވަސް ތެރޭގައި މިލިއަނަރަކަށް ވާނެ ކަމަށް ކިންގްސް އިން ބުނެފައި ވެއެވެ.

ކިންގްސް އިން ވަނީ މިހާރު އެކުންފުނީގެ އެހެން ޕެކޭޖްތަކުގައި އިންވެސްޓް ކުރި ފަރާތްތަކަށް ލިބެން ޖެހޭ ފައިސާ ނެގޭނެ އިންތިޒާމް ވެސް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައެވެ.

މީގެ ކުރިން ކިންގްސް އިން އިންވެސްޓަރުންނަށް ފައިސާ ދޫކުރަމުން ގެންދިޔައީ ބީއެމްއެލް މެދުވެރިކޮށެވެ. ބީއެމްއެލް އިން ކިންގްސްގެ އެކައުންޓް ފްރީޒް ކުރި މައްސަލަ މިހާރު ވަނީ ކޯޓަށް ވެސް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލޯބިވާ ވަޠަން

    ފިޔަވަޅުތަކުގެ ސަބަބުން އަލްހހާނުގެ ކުންފުނި އަދި ރަގަޅަށް އިޝްތިހާރުވާން ފެށީ ތީ.

    37
    1
  2. އމ

    ބެންކް އޮފް މޯލްޑިވްސް އިން 2020 ވަނަ އަހަރުން ފެށިގެން މަސައްކަތް އެބަ ކުރޭ ފޮރެކްސް ޓްރޭޑިންގް ހުއްޓުވޭތޯ. ރައްޔިތުންނަށް އަމިއްލަފައިސާ އަމިއްލަޔަށް ބޭނުންވާ ތަންތަނަށް ނުދެއްކޭ. ބެންކުން ހުއްދަ ދޭތަންތަނަށް އެކަނި ފައިސާ ދެއްކެނީ. ތިއީތޯ ބެންކުން ދޭ ޙިދުމަތަކީ.

    30
    2
  3. އިންސާފު

    އިންސާފަށް ލޯބިކޮށް ވަކި ފަރާތަކަށް ނުޖެހި ވާހަކަ ދައްކާނަމަ ބުނެވޭނީ އަލްހާން ގެ ކިންގްސް ފޮރެކްސް އަދި ސަރުކާރުގެ ވެސް އިހުމާލު މިކަމުގައި އެބަހުރި . ސަރުކާރޭ މި ބުނީ ބީއެމްއެލް އާއި އެމްއެމްއޭ ގެ ވާހަކަ.

    1. ފަުރަތަމ އަލްހާން ގެ ސައިޑުން ބަލަމާ. އަލްހާން އެބުނަނީ ފޮރެކްސް އަކީ ރާއްޖޭގައި ހުއްދަ ވިޔަފާރިއެކޭ. އެއްވެސް ގާނުނަކުން އަދި ގަވާއިދަކުން ވެސް ރާއްޖޭގައި މަނާކޮށްފައި އޮތް ވިޔާފާރިއެއްނޫނެވެ. އަލްހާން އެބުނީ ވަރަށް ބޮޑު ތެދެއް. އެކަމަކު ސޯޝަލް މީޑިއާގައި އިސްތިހާރުކޮށް އެތައް ބަޔަކު ބައިވެރިކޮށްގެން ވަރަށް ބޮޑު ރިސްކެއްނަގައި އެގޮތައް ގާނޫނީ ގޮތުން ފޮރެކްސް ވިޔަފާރިއެއެްނުކުރެވޭނެވެ.

    މިކަމުގެ މިސާލެއް ދަންނަވާލަ ދީފާނަނަް. ރާޢްޖޭގައި ކުރާ ތަފާތު ވިޔަފާރިތައް އެއީ އަންނައުނު ގެ ވިޔަފާރިކަމަށް ވިއަސް އަދި ހާޑްވެއާ ނުވަތަ އިލެކްޓްރޯނިކް ވިޔަފާރި އަށްވިއަސް ނޫނީ ބަދިގޭ ސާމާނުވިއަސް ވިޔަފާރީގެ ހުއްދަ ނުނަގާ އަމިއްލަ ގޭގައި ސުޕަމާކެޓް ހަދާ މަގުމައްޗައް ދޮރު ނުކަނޑާ ގޭތެރެއިން ފިހާރައަށް ވަދެވޭގޮތް ހަދާ އަދި ފިހާރައަށް ނަމެއްނުދީ ޖީއެސްޓީ ނުދައްކާ ފުޅާ ދާއިރާގައި ވިޔަފާރި އެއްނުކުރެވޭ.

    މީގެ ތެރޭގައި އޮންލައިން ކޮށް ސްމޯލް ސްކޭލް ގައި ގޭގައި ތަފާތު ތަކެތި ވިއްކާ މީޙުން ނުހިމެނޭ.

    2. ދެވަނަކަމަކީ ސަރުކާރު ގެ އިހުމާލު. ރާޢްޖޭގެ މީޙުން ތަރައްގީ މިވީ އެންމެ ފަހުގެ މޮބައިލް ފޯނުނު ގެންގުޅުމުން އެކަނި ކަން. އޮންލައިން ބިޒްނެސް ތައް މިހާރު ދުނިޔޭގައި ފަތުއަޑުކިޔާފަ މެކުހައްޖަހާފައިވާއިރު ރާއްޖޭގައި އޮންލައިން ބިޒްނަސް ހިންގަން އެއްވެސް ގާނޫނެއްނެތް. އެމް.އެމްއޭ ވަނީ އެކަމަށް ނުކުޅެދިފައި. ބޭންކްތައް އެކަމަކަށް ތަރުހީބު ނުދޭ.

    މިއަދު އަޅުގަނޑު ކްރިޕްޓޯ ކަރެންސީ ގައި އަމިއްލަ އަށް އިންވެސްޓް ކުރަން މައުލޫމާތު ސާފުކޮށްލިއިރު ބީއެމްއެލް ވަނީ ޢާންމުންނަށް ކްރިޕްޓޯ ގައި އެބޭންކު މެދުވެރިކޮށް އިންވެސްޓް ނުކުރެވޭ ގޮތަް ހަދާފައި. މިއީ އެ ބޭންކުން ހިންގި ޖަރީމާއެއް. ސަބަބަކައް ދައްކަނީ ކިން ފޮރެކްސް ގެ މައްސަލަ . އެއީ ކުންފުޏެއް. އެޢާއި ޚިލާފައް ވަކިވަކި ފަރުދުންނަށް ހުއްދަ ވިޔަފާރި ތަކުގައި އިންޑިވިޖުއަލްކޮށް އިސްވެސްޓް ކުރެވެން ޖެހޭނެ.

    3. އެކަމަކު އަލްހާން ގެ މައްސަލައިގެ ސަބަބުން މުސްތަގުބަލް ގައި ދިވެހިން ގެ ތެޜޭގައި އޮންލައިން ބިޒްނަސް ގައި ހުޝިޔާރު މީހުންނަށް ވަރަށް ފައިދާވާނެ. ސަބަބަކީ ކުރިއަށް އޮތްތާގައި ސަރުކާރުން އޮންލައިން ބިޒްނަސްތައް ރެގިއުލޭޓް ކުރަން ގާނޫން ހަދަން މަޖްބޫޜުވާނެ. އެމް.އެމް.އޭ ޢާއި ބޭންކްތައް ހަރުދަނާވެ ފޮރެކްސް ޢާއި ކްރިޕޯޓޯ ކަރެންސީ ގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރެވޭނެ ގޮތް ހަދަން މަޖުބޫރުވާނެ.

    25
    1
  4. ޢަލީ

    މަބޭނުން އިންވެސްޓުކުރަން ތިޔަ ކުންފުނީގައި، ދުނިޔޭގެ ސްޓޮކް މާރކެޓް ތަރައްޤީވެފައިވާ މިންވަރުން ތަފާތު ވިޔާފާރި އެބަހިގާ

  5. ވަޒީރު

    1- މަށަށް މިހާރު، 250000 ރުފިޔާ ދީފިނަމަ، މީގެ 10 މަސްފަހުން 1000000 ދޭންބުނުން.
    މިއީ ދަރަނި ނަގާފަ، އިންޓްރެސްޓާއެކު ދަރަނި އަދާކުރުން (ރިބާ)

    2- މަށަށް މިހާރު، 250000 ރުފިޔާ ދީފިނަމަ، 10 މަސްވަންދެން އެއިން އިސްވެސްޓް ކޮށްގެން ލިބޭފައިދާއިން މިވެނި އިންސައްތައެއް ދޭންބުނުން.
    މިއީ ހުއްދަ ވިޔަފާރި.

    ވިޔަފާރި ކުރުންވަނީ، ﷲ، ހުއްދަ ކުރައްވާފައެވެ. އަދި، ރިބާ ވަނީ ޙަރާމް ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ ޙަޟްރަތުން ދެއްވާ ވަޢުޡާއި ނަސޭހަތް، އެމީހަކާ ހަމަޔަށް އައުމުން އެކަން (އެބަހީ: ރިބާ ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: ރިބާގެ ޙުކުމްތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، ﷲ އަށް ޚާއްޞަ ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ.

    10
    1
  6. އައްޅޮ

    އަލްހާން ތަ މިލިޔަނީ އޭނާއަކީ ފޮރެކްސް ޓްރޭޑްކުރާ މީހެކޭ؟ އަލްހާނަކީ ފޮރެކްސް ޓްރޭޑް ކުރާ މީހެއް ނޫން. އަލްހާނަކީ ޕޮންޒީ ސްކީމެއް ހިންގާމީހެއް. އޭގެ މާނައަކީ އޭނާ ނެގީ 130 މީހުން އަތުން 250،000ރ ގެ މަގުން 32،500،000ރ އޭގެ ތެރެއިން އޭނާގެ ކްރެޑިޓް ކާޑަށާއި ލޯނަށް ފައިސާ ދައްކާފައި އޭނާގެ އަމިއްލަ ބޭނުމަށް ހަރަދުކުރުމަށްފަހު، އެމީހުން ދިން ފައިސާއިން އެ މީހުންނަށް މި ދެނީ 25،000ރ ގެ މަގުން ޖުމްލަ 3،250،00ރ. އޭނާއަކީ ޓްރޭޑް ކުރާމީހެއް ނޫން. އެއްވެސް ސްޓޮކް މާރކެޓަކުން އަދި ޓްރޭޑިން ރަސްމީ ޕްލެޓްފޯމެއްގައި އޭނާގެ ނަމެއްވެސް ނެތް.

    8
    8
    • Anonymous

      އަލްޙާން ފައިދާ ހޯދަނީ، އޮންލައިންކޮށް ޖުވާ ކުޅެގެން ކަމަށް ވެސް މީހުން އެބަކިޔާ. މިއީ ތެދެއްތަ؟

      1
      2
    • އަލީ

      ކަލޯ ތި ހިސާބު ދިމައެއް ނުވެއެއްނު، ތިޔަ ބުނާ ލޯނަށާ ދަރަންޏަށް ފައިސާ ދައްކާފައި ، ދެން 130 އިންވެސްޓަރުންނަށް 325000 ދޭނީ ކިހިނެއް

  7. Anonymous

    މާދިގުކޮއް ކޮމެންޓު ނުކޮއްބަލަ މަށަކީ ބަސްދުއްވާ މީހެއް ތި ކިޔާކައް ވަގުތު ނެތް

    4
    1