13 ދުވަސް ތެރޭ ރާއްޖެއިން 2342 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިހާރު ރާއްޖެއިން ކޮވިޑަށް ފައްސިވާ އަދަދުތައް އާއްމު ކުރަނީ ދެ ހަފްތާއިން އެއްފަހަރު އެވެ.

މިއަދު އެޗްޕީއޭ އިން ވަނީ ދެ ހަފްތާގައި ކޮވިޑަށް ފައްސިވި މީހުންގެ އަދަދުތައް އާއްމުކޮށްފައެވެ. އެގޮތުން 13 ދުވަސް ތެރޭގައި މާލެ އިން ކޮވިޑަށް ފައްސިވެފައި ވަނީ 184 މީހެކެވެ. އަދި އަތޮޅު ތެރެއިން 1938 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 176.993 އަށް އަރާފައެވެ.

މި 13 ދުވަސް ތެރޭގައި ރާއްޖެއިން ކޮވިޑްގައި ނިޔާވެފައި ވަނީ އެކަކެވެ. މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި ނިޔާވި މީހުންގެ އަދަދު ވަނީ 298 އަށް އަރާފައެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މާރިޗް 16 އިން 22 އަށް ކޮވިޑަށް ފައްސިވި އިންސައްތަ އަކީ 11 އިންސައްތަ އެވެ.

ފަހަކަށް އައިސް ރާއްޖެ އިން ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު