13 ދުވަސް ތެރޭ ރާއްޖެއިން ކޮވިޑް-19 ބަލީގައި ނިޔާވެފައި ވަނީ އެކަކު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ފައްސިވާ އަދަދުތައް އާއްމު ކުރަނީ ދެ ހަފްތާއިން އެއް ފަހަރުއެވެ.

މިއަދު އެޗްޕީއޭއިން ވަނީ ފާއިތުވެދިޔަ 13 ދުވަހު ރާއްޖެއިން ކޮވިޑަށް ފައްސިވާ އަދަދުތައް އާއްމުކޮށްފައެވެ.

އެގޮތުން 13 ދުވަސް ތެރޭގައި މާލެ އިން ކޮވިޑަށް ފައްސިވެފައި ވަނީ 184 މީހެކެވެ. އަދި އަތޮޅު ތެރެއިން 1938 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

މިހާރު ރާއްޖެއިން ކޮވިޑްގައި ނިޔާވި ނިޔާވި މީހުންގެ އަދަދު ވަނީ 298 އަށް އަރާފައެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މާރިޗް 16 އިން 22 އަށް ކޮވިޑަށް ފައްސިވި އިންސައްތަ އަކީ 11 އިންސައްތަ އެވެ.

ފަހަކަށް އައިސް ރާއްޖެ އިން ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު