ފުލުހުންގެ ބެލުމުގެ ދަށުގައި އިން ދޫންޏެއްގެ ވެރިފަރާތް ހޯދަން ފުލުހުންގެ އިދާރާއިން އިއުލާނުކޮށްފިއެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އާންމު ފަރާތަކުން ފުލުހުންނާ ހަވާލުކޮށްފައިވާ ''ރިންގް ނެކް'' ދޫންޏެއް ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު އެބައިން ކަމަށެވެ.

އަދި އެ ދޫނީގެ ވެރިފަރާތުން ގަލޮޅު ޕޮލިސް ސްޓޭޝަނަށް ވަޑައިގެން ވެރިފަރާތްކަން ސާބިތުކޮށްދިނުމަށްފަހު ދޫންޏާ ހަވާލުވުމަށް އެދިފައި ވެއެވެ.

ރާއްޖޭގައި އެކި ވައްތަރުގެ ދޫނި މީހުން ވަރަށް ގިނައިން ގެންގުޅެވެ. އަދި އެކި ސަބަބުތަކާއި ހުރެ އެ އެއްޗިހި ގެއްލިގެން ހޯދަމުންދާ ޕޯސްޓްތައްވެސް ވަރަށް ގިނައިން ފެނެއެވެ.

ބައެއް މީހުން އެމީހުންގެ ދޫނި ހޯދުމަށް އަގު ވެސް ހުށަހަޅައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ މައުސޫމް

    ނައްތާ ލެވޭނެ ގޮތެއް ނެއްތަ. ތީ ޤައުމީ ސަލާމަތައް ނުރައްކާ ކުރާ އެއްޗެއްނު