އެމްޓީސީސީގެ ހުނަވަރު ޕްރޮގާރާމްގެ ދަށުން ތަމްރީންކުރުމަށް ކަނޑައަޅާފައިވާ، ބަސް ޑްރައިވަރު ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުޞަތު އެކުންފުނިން ހުޅުވާލައިފިއެވެ.

އެމްޓީސީސީ އިން ކުރި އިއުލާނެއްގައި ބުނީ ބަސް ޑްރައިވަރުން ތަމްރީން ކުރުމަށް އެކުންފުނިން ހިންގާ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ އުމުރުން 18 އަހަރު ފުރިފައިވާ B1 ނުވަތަ B2 ކެޓަގަރީގެ ލައިސަންސް ހާސިލްކޮށްފައިވާ ދިވެހިންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2022 މޭ 08 ވަނަ ދުވަހުގެ 00:00 ކުރިން އެޕްލިކޭޝަން ހުށަހަޅަން އެކުންފުނިން އެދެއެވެ.

އެމްޓީސީސީގެ މިތަމްރީން ކުރިއަށް ދާއިރު ކޮންމެ މަހަކު ވެސް 5000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. ތަމްރީން ކުރިއަށް ދާނީ ހަފްތާއަކު ހަދުވަހު ދުވާލަކު އަށް ގަޑިއިރުއެވެ.

އެމްޓީސީސީ އިން އަންނަނީ އެހެން ދާއިރާތަކުން ވެސް މީހުން ތަމްރީން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނާ

    މޓސސ ގެ ބަސް އެޕލިކޭސަންގެ ހިދުމަތް ރައްޔިތުންނައް ލިބޭނީ ކޮންދުވަހަކުންބާ..