މާފަންނުގައި މިފްކޯ މަސް ފިހާރަ ހުންނަ ސަރަހައްދުގައި ނުރައްކާތެރި ގޮވާ ޒާތުގެ އެއްޗެއް އޮތް ކަމަށް ބުނެ ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެން ބެލި އިރު، ކުނި އަޅާފައި ހުރި ލަގޭޖް ފޮށިގަނޑެއް ފެނިއްޖެއެވެ.

ގޮތް ނޭނގޭ އެއްޗެއް ފެނިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވީ މިއަދު މެންދުރު ކުރީގައެވެ. އެ ސަރަހައްދަށް ބޮން ސްކޮޑް ވެސް ގޮސް އެއީ ގޮވާ ޒާތުގެ އެއްޗެއްތޯ ބެލިއެވެ.

ޕިކަޕެއް ތެރޭގައި އޮތް އޭތި ބެލިއިރު، އެއީ ކުނި ފޮށިގަނޑެއް ކަން އެނގިފައިވެއެވެ.

އެ ސަރަހައްދު ބަންދުކޮށްފައި އޮތުމަށް ފަހު ފުލުހުން މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 😂

    😂

  2. 😂😂

    މުރައިދޫ ގަނޑުވަރުގަ އޮވޭނު ނުރައްކާތެރި ސޫތްޕެއް. ފުލުހުން ދޭބަލަ ނިކަން އެ ނައްތާލަން.

  3. ޛހހ

    ހޭބަލި ވެފައި ވިއްޔާ ތިބެނީ ، ނަފުސާނީ ވެފަ ނަސީދުގެ ހާދިސާއަށް ފަހު

    4
    1