ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެނައި ބަދަލުތަކުން ލެކްޗަރާ އިން ބާކީކޮށްލި ކަމަށް ބުނެ އެކަމާ ގުޅިގެން ހިމޭން އިހުތިޖާޖެއް ކޮށްފިއެވެ.

މި އިހުތިޖާޖުގައި އެމްއެންޔޫ އަދި އައިޔޫއެމްގެ ލެކްޗަރާއިން ބައިވެރިވިއެވެ. މި ހިމޭން އިހުތިޖާޖުގައި ބައިވެރިވި ލެކްޗަރާއިން ތިބީ ކަޅު ހެދުމުގައެވެ.

އެފަރާތްތަކުން ވަނީ މުސާރައަށް އެއްވެސް ބަދަލެއް ނާންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، ގިނަ ޓީޗަރުންނާ ހިލާފަށް އެއީ މާލޭގެ ބޮޑު ކުލި ދައްކައިގެން ދިރިއުޅެން ޖެހޭ ފަރާތްތަކެއްކަމަށް ކަމަށް ބުނެފައެވެ.

ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ކަމަށް ބުނެ ހަމައެކަނި ސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުން އަދި ޕްރިންސިޕަލުންގެ މުސާރައިގެ 50 އިންސައްތައާ ހަމައަށް ބޮޑުކޮށްފައިވާއިރު، ކޮލެޖް އަދި ޔުނިވަސިޓީތަކުގައި ކިޔަވައިދޭ މުވައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ލެކްޗަރާއިން ކަންބޮޑުވުމަކީ އެ މީހުންގެ މުސާރަ ބޮޑުނުކޮށް އެންމެ އާދައިގެ ރޭންކްގެ ޓީޗަރުންނަށް ވުރެވެސް ދަށުން ލެކްޗަރާއިންނަށް މުސާރަ ލިބުމެވެ. އެންމެ އާދައިގެ ޓީޗަރަކަށް މުސާރައިގެ ގޮތުގައި 13،266 ލިބުނަސް ޑިގްރީ ހަދާފައިވާ ލެކްޗަރާއަކަށް ލިބެނީ 13،000 ރުފިޔާ އެވެ. އަދި މާސްޓާސް ހަދާފައިވާ ލެކްޗަރާއަކަށް ލިބެނީ 18،000 ރުފިޔާ އެވެ.

އަލަށް އެކުލަވާލި މުސާރައިގެ އޮނިގަނޑުގެ ދަށުން އެންމެ ދަށް ރޭންކްގެ ޓީޗަރުން (ރޭންކް އެކެއް) ނަށް ވެސް ޖުމްލަ މުސާރައިގެ ގޮތުގައި 13،266ރ.ގެ މުސާރައެއް ލިބޭނެއެވެ. ކުރިން މި ރޭންކްގެ ޓީޗަރުންނަށް ލިބެނީ 10،889ރ.ގެ މުސާރަ އެކެވެ.

އިތުރު ރޭންކްތަކުގެ ޓީޗަރުންގެ މުސާރައަށް އައި ބަދަލު

  • ރޭންކް ދޭއް: 19،467ރ (ކުރިން ލިބެނީ 13.008ރ)
  • ރޭންކް ތިނެއް: 20،895ރ. (ކުރިން ލިބެނީ 15،135ރ.)

އޭގެ އިތުރުން ޓީޗަރުންގެ ރޭންކްގެ ތެރެއަށް ހަތަރެއް އަދި ފަހެއް ވެސް އިތުރުކޮށް އެ ރޭންކްތަކަށް ވެސް ވަރަށް ބޮޑު މުސާރައެއް ކަނޑައަޅާފައިވެއެވެ. އެގޮތުން ރޭންކް ހަތަރެއްގެ ޓީޗަރުންނަށް 23،277ރ.ގެ މުސާރައެއް ހަމަޖެއްސި އިރު ރޭންކް ފަހެއްގެ ޓީޗަރުންގެ މުސާރައިގެ ގޮތުގައި ހަމަޖެއްސީ 25،958ރ.އެވެ.

ޓީޗަރުންގެ މުސާރައަށް ގެނައި ބޮޑު ބަދަލާއެކު ޕޮލިޓެކްނިކް، ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އަމީރު ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު އިއުލާންކުރުމުގެ ކުރިން ވެސް ލެކްޗަރާއިންގެ މުސާރަ ބޮޑުކުރަން މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ލެކްޗަރާއިންގެ މުސާރަ ބޮޑުކުރަން މަސައްކަތް ކުރަމުންދާ ކަމަށް އަމީރު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ރަށުތެރޭގައި މީހުން އެބަކިޔާ ޓީޗަރުންނަށް ބޮޑުވީ ވަރަށް ކުޑަ މިންވަރެކޭ. އަސްލުގައި ބޮޑުކޮށް ބޯކޮށް ބިޔަކޮށް ރަނުންރަނަށް ބޮޑުވީ ޕްރިންސިޕަލުންނަށޭ. މުސާރަ ބޮޑުކުރުމަކީ ރައީސްގެ ދައިތާފުޅަކު ޕްރިންސިޕަލްފުޅަކަށް އުޅުއްވާތީ އެކަމަނާފުޅުގެ މުސާރަފުޅު ބޮޑުފުޅުކޮށްދެއްވުމަށްޓަކައި ހިންގެވި ޖަރީމާފުޅެކޭ. މިއީ ކިހާވަރެއްގެ ބުރަދަނެއް ހުރި ވާހަކައެއްބާ؟ މީ ދޮގު ވާހަކައަކަށް ވިޔަސް ޕްރިންސިޕަލުންނަށް އެވަނީ މާބޮޑަށް ބޮޑުވެފަ. ޕްރިންސިޕަލުންނަށް އެވަރު މުސާރައެއް ދެންޏާ، އެއަށްވުރެ ބޮޑު މުސާރައެއް ޑީނުންނަށް ދޭން ޖެހޭނެ.

    19
  2. ރައްޔިތުމީހާ

    ٱلْحَمْدُ لِلَّٰهِ މަވެސް މިހިޜީ މުސާރަ ބޮޑު ނުކޮއްދީގެން ވޯޓް ނުދޭން ނިންމައިގެން

    12
  3. ދިބާ

    ކަލޭމެން މޫނު މަތީ ކިތަންމެ ބޮޑު ތަފާވަރެއް ޖެހިޔަސް ވަރައް ފަސޭހައިން އަނދުން އެޅުވޭނެ ކިޔަވައިގެން ތިއްބަސް ބޮލުގަ ތެއްކަމެއް ނުހުންނާނެ

    12
    1
  4. ކޮތަރު ހަސަން

    ވަކި މީހަކަށް ކެޑި ލިބާހެއްކަން މާރަގަޅަށްވެސް އެގޭ!

  5. ޢަލީ

    ޢެންމެ ތަންކޮޅެއްވެސް ޓީޗަރުންނަަށްވުރެ ބޮޑުވެގެންނުވާނެ....ލެކްޗަރާއިންގެ ވޯކުލޯޑު ޓީޗަރުންނަށްވުރެ މާ ބޮޑަށްވެސްކުޑަ،،އަދި ލެކްޗަރާއިންނަކީ ޓީޗިން ކޮލިފިކޭޝަނެއް އޮންނަ ބައެއްނުން...

    1
    1