"ފަޒީސް ހިޖާމާ ތެރެޕީ" ގެ ނަމުގައި ހިންގަމުން އަންނަ ތަނަކީ ރަޖިސްޓާ ނުކޮށް ހިންގަމުން އަންނަ ތަނެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

"ފަޒީސް ހިޖާމާ ތެރެޕީ"ގެ މައްސަލަ ފެންމަތިވެފައިވަނީ ހަކުރު ބައްޔަށް ޖަހަމުން އަންނަ އިންސޫލިންގެ ބަދަލުގައި ހިޖާމާ ޖެހުމުން ހަކުރު ބަލިން ރަނގަޅުވާނެ ކަމަށް ފަޒީ ބުނެފައިވާތީއެވެ.

ފަޒީ އެގޮތަށް މީޑިއާގައި ބުނެފައިވާއިރު، ގިނަ ބަޔަކު ވަނީ 'ތަޖުރިބާ' އާއި އެކީ އެއީ ދޮގު ވާހަކައެއް ކަމަށް ބުނެފައެވެ. އަދި ޑޮކްޓަރުން ވެސް ވަނީ އެކަމާއި ނުރުހުން ފާޅު ކޮށްފައެވެ. ނަމަވެސް ފަޒީ އަންނަނީ އޭނާގެ ދިފާއުގައި ގިނަ ވާހަކަތަކެއް ދައްކަމުންނެވެ.

ފަޒީ މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވަނީ ހެލްތް މިނިސްޓްރީން އޭނާއާއި ބައްދަލުކުރަން ބޭނުންވާކަން އިއުލާނު ކޮށްފައެވެ. އަދި ފަޒީ ބުނެފައިވަނީ އެއީ ރަޖިސްޓްރީ ކޮށްފައިވާ ފަރުވާއެއް ކަމަށެވެ.

"ހިއްސާ ކުރާނަން އަޅުގަނޑު ކްލައިންޓުންނަށް އެބޭފުޅުން މިފަރުވާގައި ގެންގުޅުއްވާ ވިސްނުން" ފަޒީ ބުންޏެވެ.

މިކަމާއި ގުޅިގެން ހެލްތް މިނިސްޓްރީގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ، ފަޒީސް ހިޖާމާ ތެރެޕީ އަކީ ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ ތަނެއް ކަމަށާއި ސިއްހީ ހިދުމަތްދޭ ތަންތަނުން ރައްޔިތުންނަށް ހިދުމަތް ދެވޭނީ ނަގަން ޖެހޭ ހުއްދަތަކާއި ރަޖިސްޓްރީ ކޮށްގެން ކަމަށެވެ.

މިނިސްޓްރީ އަށް ފަޒީ ހާޒިރުވުމަށް އަންގާފައިވާކަން ހާމަ ކުރަމުން އެމިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ، މީގެ ކުރިން ވެސް އެގޮތަށް ރަޖިސްޓްރީ ނުކޮށް ސިއްހީ ހިދުމަތް ދެމުން އަންނަ މައްސަލަ އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި އޭރު ވެސް ރަޖިސްޓްރީކޮށް ނަގަން ޖެހޭ ހުއްދަތައް ނަގުމަށް ފަޒީއަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

"ރަޖިސްޓްރީ ނުކޮށް ހިންގާނަމަ އަޅުގަނޑުމެންނަށް ޖެހޭނީ ރަޖިސްޓްރީ ނުކޮށް ސިއްހީ ހިދުމަތްދޭ ތަނެއްގެ ގޮތަށް ކަނޑައަޅައި މައްސަލަ ފުލުހަށް ހުށަހަޅަން. މީގެ ކުރިން ވެސް ހުށަހެޅި އެގޮތަށް މައްސަލަތަކެއް. އެކަމަކު ފުލުހުން ބޭނުންވަނީ އެތަންތަނުގެ ނަންތައް" އޮފިޝަލް ވިދާޅުވިއެވެ.

"ފަޒީސް ހިޖާމާ ތެރަޕީ" އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގެ ހިޖާމާގެ ފަރުވާ ދެމުން އަންނަ އެއް ތަނެވެ. 2019 ވަނަ އަހަރު ވެސް ހެލްތް މިނިސްޓްރީން ވަނީ އެ ތަން ބަންދު ކުރުމަށް އަންގާފަ އެވެ. ނަމަވެސް އެ ފަހުން އެކަން ހުއްޓުވުމަށް އިތުރު ކަމެއް ނުކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ނުރަބޯ

    އަދި އަވަސް ކަލޭމެންނަށް ތިކަމެއް އެނގެން

    30
    1
  2. ޢަދުރޭ

    ޢެއީ ސުއްނަތެއް . ސުއްނަތް ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެ

    15
    27
    • ސުންނަތް

      ސުންނަތުން ސާބިތުވެފަ އޮންނަ ގޮތަކަށްވެސް ނޫން މީނާ މިކަން ކުރަނީ. ސުންނަތް ދައްކައި އޭގެ އެޑްވާންޓޭޖު ނަގައިގެން އަމިއްލަ ވިޔަފާރީގެ ގޭސް ގަނޑު އަނބުރާ މީހެއް މިއީ.. މީނާ ބުނާ ގޮތަށް ނޫންގޮތަކަށް ކަމެއްކޮށްފިއްޔާ ކަސްޓަމަރުންނާވެސް ހަޑިކޮށް ވާހަކަ ދައްކާ އެއްވެސް ޕްރޮފެޝަނަލްކަމެއް ނެތް ނާތަހުޒީބު މީހެއް

      • ކިޔުންތެރިއެއް

        މީ ތެދެއް! އަމިއްލަ ތަޖުރިބާ އިން މިބުނީ.

  3. ކޮމަންޑޫ މީހާ

    ބަލަ ގާނޫނާއި ޚިލާފަށް ހިންގާނަމަ ވަގުތުން އެކަން ހުއްޓުވައި ތަން ބަންދުކުރުމަކީ މިނިސްޓްރީގެ ޒިންމާއެއް ނޫންބާ... ހަމައެކަނި ރެޖިސްޓަރީ ނުކުރާ ތަނެކޭ ބުނުމަކުން ނުފުދޭނެ.

    40
    1
  4. ތިނަދޫ ކޮއްޔަ

    ފައިސާ އާއި ޖެހުނީމަ ދިވެހިންވެސް އުޅޭ ފާޑެއް ދެއްތޯ؟

    އެނަދަރ އަލްހާން.

    21
    2
  5. ވަޖީހު

    ތިތަން ހަމަ ބަންދު ކުރަންވީ ، މީހުން އަތުން ކުޑަކަމަކަށް ބޮޑު ލާރިގަނޑެއް ނަގާ ފެލާލަނީ، އަސްލު ތީ ވަރަށް ސިމްޕަލް ކަމެއް، އަމިއްލައަށް ވެސް ކުރެވޭ ކަމެއް، ހަމަ ކަޕްސެޓެއްގަނެގެން ކުރެވޭނެ. ކަޕްސެޓް ވަރަށް އަގުހެޔޮކޮށް ލިބޭނެ އީބޭ އިން، އަލީ އެކސްޕްރެސް އިން.

    35
    17
    • ހޭޖެހޭ

      ދެން އަބަދު އެޖަހައިގެން އޮންނަންވީނު ތިޔާހެން ވިއްޔާ. ހިތުހުރިހައި ގޮތަކަށް ޖހާއެއްޗެއްނޫން އެ. ކަޕް ސެޓަކަށް ނޫން ދޯ ލާރިނަގަނީ. ޓައިމް އިޒް މަނީ

      1
      1
  6. ށުމަން

    ޢެއީ ތެދެއް. ފަރުވާ ދޭ ކޮންމެ ތަނަކުން ވެސް މޭޒު ދަށުން ދޭ ބައި ނުދެން ޔާ ތަން ފުނޑާލާނެ. ފަޒީ އަށް ބުނެލަން އޮތީ އަވަހަށް މޭޒު ދަށުން ދޭން ޖެހޭ ބައިތަށް ދިނުމަށް އޭރަށް ވަގުތުން ހުއްދަ ތަށް އޮހިގަން ނާނެ!

    10
    14
  7. ކޮރަލް

    މައްސަލަ އަކީ ސުންނަތުން ސާބިތުވާ ހިޖާމާ ޖަހާތީ އެވެ. ސަރުކާރުން ހިޖާމާ ޖެހުމަށް ހަދާފަ ހުރި ތަނެއް ނެތެވެ. އިސްލާމިކް މިނިސްޓްރީ އިން ހިޖާމާ ޖެހުމަށް ހަދާ ފަ ހުރި ތަނެއް ނެތެވެ. ހިޖާމާ އަކީ އެންމެ ރަނގަޅު އެއް ފަރުވާ ކަމަށް ސުއްނަތުން އެއޮތީ އެނގޭ ށެވެ.

    26
    9
    • ސަމްކުޅިބޭ

      ކަޅުދިރިއަކީ މަރުފިޔަވާ ކޮންމެބައްޔަކަށްވާ ޝިފާއެއްކަމަށް ކީރިތިރަސޫލާ ހަދީސްކުރެއްވިކަމަށް ސުންނަތުން ސާބިތުވޭ. ކީއްވެތޯ އަގުހެޔޮކޮށްލިބެންހުންނައިރުވެސް ކަޅުދިރި ބޭނުން ނުކުރަނީ. ނޫނީ ކަޅުދިރިތެރަޕީ ކިޔާ ތަނެއް ނަހަދަނީ.

    • ދެން

      ސުންނަތުގަ އޮވޭ ހިޖާމާ އަދި ރުގްޔާއިން ފައިދާ ނުނެގުމަށް. އެޔޯ؟ ފަޒީލާ އެހެންވީމާ ސުންނަތުން ބޭރުވީނު؟

  8. ނޫނަ

    ރެޖިސްޓްރީ ނުކޮށް ހިންގާ ފިހާރަތައްވެސް ގިނަ މިހާރު!

  9. ހދހސހސހ

    ސުންނަތެއް ވިޔަސް ގަވާއިދާ އެއްގޮތަށް އެކަމެއް ކުރަން ޖެހޭނީ. ވެރިޔާ އެކަމަށް ގަވާއިދުތަކެއް ހަދާފައިވަނީ މަގުސަދުތަކަކާއި ލައިގެން. އެހެންވީމާ އެކަމަށް ބޯލެބުން އޮތީ.

  10. Anonymous

    ވަކިބައެއް ވީމަ ވަކި ގޮތެއް ދެއްތޯ...؟؟

  11. އާމިނަތު1

    ސްޕާ ތަކުގައި ހަށިވިއްކަނީ ހުއްދަ ނަގައިންތަ

  12. މަށެއް ނޫނ

    ސުންނަތޭ ސުންނަތޭ ކަލޭމެން ތިކިޔަނީ އަޅެ އެއްފަހަރު ވެސް ފަޒީލާ އުޅޭ ގޮތް ކަލޭމެން ބަލާލިންތަ؟ ނުލާހިކު ހުތުރުބަހުން ވާހަކަ ދައްކަނީ. ދެން ބުނާނެ ހިޖާމާ ޖެހީމަ ބަލިން ފަސޭހަ ވާނެއޭ. އެކަމަކު އެބަލިމީހުން ކުރި އެހެން ފަރުވާތަކެއް މީނަ ނުބަލާނެ. ހުރިހާ ކްރެޑިޓެއް ނަގަނީ މީނަ. ބައެއް ހަދީސުން އެބަ ބުނޭ ހިޖާމާ އަދި ރުގްޔާއިން ފައިސާ ނުނަގާށޭ. މީނަ އެއްމެ ސެޝަން އެއްވެސް ހާހުން ނޫނީ ނުނަގާ. އެހެންވިއްޔާ ސުންނަތުން ބޭރުވަނީ ހަމަ ފަޒީލާއެއް ނޫންތަ؟