ދުވާލަކު އެންމެ 400 މީހުން ވެސް ނުވަންނަ ވެބްސައިޓެއް ކަމަށްވާ "ޖަޒީރާ" ނޫހަށް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ދެމުން އަންނަ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ވެބްސައިޓްތައް ރޭންކް ކުރާ "ސިމިލާވެބް" އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި "ޖަޒީރާ" އަށް މިދިޔަ މަހު ވެސް ޒިޔާރަތް ކޮށްފައި ވަނީ އެންމެ 10700 މީހުންނެވެ. އެއީ ދުވާލަކަށް ބަލާނަމަ އެވްރެޖްކޮށް 356 މީހުންނެވެ.

ނަމަވެސް ސަރުކާރުގެ ބޮޑެތި ކުންފުނިތައް ކަމަށްވާ އެމްޑަބްލިއުއެސްސީ، އެސްޓީއޯ، އެމްޓީސީސީ، އެޗްޑީސީ، މިފްކޯ، މޯލްޑިވް ގޭސް އަދި ސްޓެލްކޯ އިން ވެސް އެނޫހުގައި އިސްތިހާރު ޖަހާފައި ވެއެވެ.

ދައުލަތުން ކޮންމެ މަހަކު "ޖަޒީރާ" އަށް ހަރަދު ކުރަނީ ކިހައި އަދަދެއްގެ ފައިސާއެއް ކަމެއް ކަށަވަރެއް ނުވެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކޮންމެ ކުންފުންޏަކުން ވެސް މަދުވެގެން މަހަކު -/25000 ރުފިޔާ އެނޫހަށް ސްޕޮންސާގެ ގޮތުގައި ދެއެވެ. އެހެންކަމަށް ވާނަމަ "ޖަޒީރާ" އަށް މަހަކު ހަމައެކަނި ސަރުކާރު ކުންފުނިތަކުން ދެލައްކައެއްހައި ރުފިޔާ ލިބޭނެއެވެ.

"ޖަޒީރާ" އަކީ ރައްޔިތުން މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރާ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް (ސަމްޕަތު)ގެ އާއިލާ މެންބަރަކުގެ ހިއްސާ އޮންނަ ނޫހެކެވެ. އެނޫހުގައި ރައީސް ސޯލިހާއި އާއިލީ ގުޅުން އޮންނަ މީހެއްގެ ހިއްސާ ވެސް އޮންނަ ކަމަށް ވާހަކަ ދެކެވެއެވެ. އޭގެ އިތުރުން ޔޫތު މިނިސްޓަރ މަހްލޫފްގެ ޕީއޭ އަޒްމޫންގެ ހިއްސާ ވެސް އެނޫހުގައި އޮވެއެވެ.

އާއްމުކޮށް މީހުން ނުވަންނަ ވެބްސައިޓްތަކަށް ސަރުކާރުން ކޮންމެ މަހަކު ވެސް އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރާކަމަށް ބުނެ ވަނީ ފާޑުކިޔުންތައް ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިބްރާޙީމް

    ތި އިސްތިހާރުކޮށްދިނީ އެ ނޫސް. ދެން މަށަށްވެސް އެނގޭނެ އެނޫސްވެސް ބަލަން

    10
    24
    • ޒިކް

      ޔެސް މަވެސް ވަންނާނަން ދެން.. ދުވާލަކު ވަކި ވަރެއް ހަމަވީމަތަ ރެޖިސްޓަރޑް ނޫސްތަކަށް ސްޕަންސަރ ދެވެނީ؟؟ ކޮން ޤާނޫނެއްގަ ނޫނީ ޤަވާއިދެއްގަ އެހެން އޮތީ؟؟ މިއީ ހަސަދަ ނޫނީ ޕުރަމޯޝަނެއް

      3
      8
  2. މުޖޫ

    މި ޚަބަރާއި އެކު، ޖަޒީރާއަށް ޕަބްލިސިޓީ އިތުރުވެ، ޓެރެފިކެ އިތުރު ވާނެ. ކޮންގްރެޓްސް ޖަޒީރާ. ދެން ހަމަ ގައިމުވެސް މަ ވަންނާނަން. ތެންކްސް ވަގުތު.

    9
    15
  3. މަތަރަސް

    މިއީ ނުލަފާ ހަޔާކުޑަ ނޫސްވެރިން އަގަބަންދުކުރާސަރުކާރު ހުތުރުކަންބޮޑު ސަރުކާރެއް ގައުމުއިންޑިޔާގެ އަޅުވެތިކަމުގާ ؟

    22
    3
  4. ލުލު

    ތިޔަނޫސް އޮންނަކަންވެސް އަދިކިރިޔާ މިއިނގުނީ އަހަރެމެން އަބަދުވެސް ބަލަނީ ވަގުތް،މިހާރު،ދިޔަރެސް،އަވަސް..

    16
    3
  5. ކިހާރަނގަޅު

    ޢާއިލާއަށާ ތިމާގެމީހުންނަށާ ރައްޓެހިންނައް ރައްޔިތުންގެ ފައިސާ ރައްޔިތުންނައް ނޭންގި މިސަރުކާރުން ބަހާ ހުސްކުރަނީ

    3
    1