އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަނަކު ހޮވުމުގެ އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)އާއެކު ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރެއްވުމުގެ ފުރުސަތު ލިބުމަކީ ލިބުނު ފަހުރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ ވިދާޅުވީ، އިންތިއާއެކު 13 އަހަރު ދުވަހު މަސައްކަތް ކުރެވިއްޖެ ކަަމަށާއި، އިންތިގެ ކިބައިން ފެނުނީ ތެދުވެރިކަމާއި އޯގާތެރިކަން ކަމަށެވެ. އަދި އެ އޯގާތެރިކަން ކޮންމެ ރަށަކުން ދިމާވާ ކޮންމެ ރައްޔިތެއްގެ ދެލޮލުން ފެނުމަކީ ލިބުނު ޝަރަފެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިން ދަތުރު އިންތިގެ ޓީމުން ފެށީ ޕެބްރުއަރީ މަހުގެ 25ވަނަ ދުވަހުއެވެ.

އިންތިހާބާ ގުޅިގެން އެމްޑީޕީގައި ވަނީ ދެފެކްޝަން އުފެދިފައެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނެވެ. ނަޝީދުގެ ތާއީދު އިމްތިޔާޒް ފަހުމީއަށް އޮތްއިރު ރައީސް ސޯލިހް ތާއީދު ކުރައްވަނީ ފައްޔާޒު އިސްމާއީލް އަށް ކަމަށް އެމްޑީޕީގެ މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ޗެއާޕާސަން އިންތިހާބާ ގުޅިގެން އެމްޑީޕީގެ ތެރެ ވަނީ ވަރަށް ބޮޑަށް ބައިބައިވެފައެވެ.

އިންތި ކެމްޕެއިން ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރައްވައި ޕާޓީގެ މެމްބަރުންނާ ބައްދަލު ކުރައްވައި ނިންމަވާލެއްވީ އިއްޔެއެވެ. އޭނާގެ އެންމެ ފަހު މަންޒިލަކީ ހދ. މަކުނުދޫއެވެ.

"މަކުނުދޫ އާ ހަމައަށް މި އައި ދަތުރާ ހަމައިން މި ރާއްޖޭގެ ހުރިހާ ރަށަކަށް ޗެއާޕާސަން ކަމުގެ އިންތިހާބުގެ ހުރިހާ ރަށަކަށް އަރައި މި ނިމުނީ. ހުރިހާ ރަށެއްގެ ރައްޔިތުންނާ އިރާދަކުރެއްވިއްޔާ ބައްދަލު ކުރެއްވުނީ، އެމްޑީޕީގެ މެމްބަރުންނާ ހަމައަށް ދެވުނީ،" މަކުނުދޫގައި ހުންނަވައި އިންތި ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މޮޅު ވާނީ މާތް ރަސްކަލާނގެ ރަހްމަތްފުޅުން ރަނގަޅު ނަތީޖާއަކާއެކު"

ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރެއްވުމަށް ފަހު "ވަގުތު" އާ ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބުގެ ކެމްޕޭނުގައި ރާއްޖޭގެ މީހުން ދިރިއުޅޭ 188 ރަށަށް ޒިޔާރަތް ކުރެވިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޒަބީބު

    ރައީސް ސޯލިހު 2018ގަ ވެރިކަމަށް އިންތީޚާބު ކުރެވުމަކީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޑިމޮކރެސީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. ސަބަބަކީ ރައީސް ސޯލިހުއަކީ ފެހިޤާނޫން އަސާސީ ތަސްދީގު ކުރެވުނު ފަހުން ޑިމޮކްރެސީގެ އެއް އަސާސް ކަމުގައިވާ "އިންކްލޫސިވްނަސް" ތަންފީޒް ކުރެވި ހަތަރުމަތިފުށް ރާއްޖޭތެރޭ މީހަކު ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ރައީސް ކަމަށް އިންތިޚާބު ކުރެވުނު ފުރަތަމަ ރައީސް ކަމަށް ވުން. މީ ދިވެހިރާއްޖޭގެ ޑިމޮކްރެސީ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. ސަބަބަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބައި އޮތީ ރާއްޖެތެރޭގައި ކަމަށް ވީނަމަވެސް ވެރިކަމަކީ ހަމައެކަނި މާލެއަށް ނިސްބަތްވާ ބޭފުޅަކަށް ނޫނީ ނުކުރެވޭނެ ކަމަށް ނުވަތަ ކުރެވިގެން ނުވާނެ ކަމެއް ކަމަށް ބައެއް ބޭފުޅުން ޤަބޫލުކުރާ ކުރުން އެއީ ޑިމޮކްރެސީ އާއި ކިލާފު ވިސް ނުމެއް ކަމަށްވާތީ.

    ވީމާ އީވާ އިންތި އާއިއެކު ފަޚުރުވެރި ކަމާއިއެކު ޒިޔާރަތްކުރެއްވި ހުރިހާ ރަށެއްގެ ރައްޔިތުން ދެން ކުރައްވަން ވީކަމަކީ ރައީސް ސޯލިހުގެ ފަހަތަށް ވަނުން. އަދި ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮވުމަށްޓަކައި ތައްޔާރު ވުމަށް އެމްޑިޕީގެ އެތެރޭގެ އިންތިޚާބު ރައީސް ސޯލިހުގެ ތާއީދު އޮތް ފަރާތަކަށް ކާމިޔާބު ކޮށްދިނުން. ސަބަބަކީ ފެހިޤާނޫން އަސާސިގެ ދަށުން އިންތިޚާބު ކުރެވުނު އެއްވެސް ރައީސް އަކު ދެވަނަ ދައުރު ފުރިހަމަ ކޮށްފައި ނެތުމުގެ ސަބަބުން ދިވެހިރާއޖޭގެ ޖުމުހޫރިއްޔާގެ ޤާނޫން އަސާސީ ފުރިހަމަ ނުވެ އޮތުން. ވީމާ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ހޮވައި ދައުރު ފުރިހަމަ ކުރުމަކީ ދިވްހިރާއްޖޭގެ ޤާނޫން އަސާސީ (ފެހި ޤާނޫން އަސާސީ) ފުރިހަމަވުން އަދި ރާއްޖެ ޑިމޮކްރެސީގައި ކުރި ދިގު ދަތުރު އަނެއް މަރުހަލާއަށް ގެންދެވުން.

    ވީމާ ނަޝީދު ފަދަ އިސްތިއުފާ ދިނުމާއި، އިންތިޚާބުތަކަށް އެތައް ފުރުސަތެއްގައި ކާމިޔާބު ނުކުރެވި އެތައް ފަހަރަކު ފެއިލްވެފައި ތިބި މީހުން އަމބުރާ ވެރިކަމަށް ގެނައުމުގެ ބަދަލުގައި ރާއްޖޭގެ ޤަނޫން އަސާސީ އާއި ޑިމޮކްރެސީ ފުރިހަމަކުރުމަށް ރައީސް ސޯލިހު އިޚްތިޔާރު ކުރުން މިވަގުތު ޤައުމަށާއި އެމްޑީޕީ އަށް ވެސް މާ މުހިއްމު.

    2
    8
  2. ޕޮގުބާ

    ފުރުސަތު ލިބުނީއެއް ނޫ ގަދަކަމުން ފޭރިގަތީ

  3. Anonymous

    މާލޭ ބޭފުޅުން އަލަށް ރާއްޖެތެރެއަށް ވަޑައިގެތީ ރައްޔިތުން ގުނބޯ ހައްދަން

  4. ހަސަނާ

    އެވެސް ވޯޓް ހޯދަންތޯ.ލަދެއް ނުގަނޭތޯ.އަގަލު ކުޑަކަން ދެކެބަލަ.މިއޮތް ހުރިޙާ ދުވަހެއް ގައި ހަފްތާއަކު ރަށަކަށް ދިޔަސް ދެވޭހާ ދުވަސް ވަންދެން މިދެމީހުން މިތިބެނީ ރައްޔިތުން މުސާރަ ބަނޑުއަޅައިގެން.ފަކުރެއް ނުގަނޭތަ

  5. ފަޔާ

    ތިއޮތީ ސިދުރަތުލްމުންތަހާ އަށް އެރިފާ. ކިހާބޮޑު ފަޚުރެއް.

  6. ކޮރަލް

    މަޖްލީހުގަ 13 އަހަރު ވީ އިރު ގަލޮޅުގެ ދާއިރާ އަށް ކޮށްދެވުނުކަމެއް ނެތީތީވެ ލަދުގަންނަން ޖެހެ އެވެ. ގަލޮޅު ކަންމަތީގަ އެމްޑީޕީ އާ ހެދި މޮޔަ ވާ ބަޔަކު އުޅޭތީ އެމީހުންގެ ނާޖާއިޒު ފައިދާ ނަގައިގެން ކޮންމެ ފަހަރަކު ހޮވެނީ އެވެ. ދެން ދެނީ ބޮނޑި ބަތް ގަނޑެކެވެ. ދެން ކޮފީ އާ ސައެވެ. އެއް ފަހަރު ހުރިހާ ގެއްކަށް ވަދެލާނެ އެވެ. ރަށްރަށައް ބުރު ނުޖަހާ ދާއިރާގެ ހާލު ބަލާލަ ބަލާށެވެ.

  7. ކޮވެލި

    ވެންޓިލޭޓަރު މައްސަލަ ބަލާދީބަލަ އިންޗީ