ށ. ފޭދޫ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުގެ މަސައްކަތް ރައިސާ ޕްރިވެޓް ލިމިޓެޑް އާ އިއްޔެ ހަވާލުކޮށްފިއެވެ.

މި މަސައްކަތަށް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަތަރު މިލިއަން ރުފިޔާއަށެވެ.

ފޭދޫ ސިއްހީ މަރުކަޒުން ބުނީ، މި މަސައްކަތުގެ ސަބަބުން އެ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެ ކަމަށެވެ.

އަދި އެ މަރުކަޒު މެދުވެރިކޮށް އާންމު ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދާނެ ކަމަށް ވެސް އެ މަރުކަޒުން ބުނެއެވެ.