އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއަށް ރ. އަތޮޅުން ފައިނުން ލިބިވަޑައިގެންނެވީ އެންމެ ހަތަރު ވޯޓު ކަމަށް ނަތީޖާއިން ދައްކައިފިއެެވެ.

އެ އިންތިހާބުގެ ވަގުތީ ނަތީޖާތަކުން ދައްކާގޮތުން އެރަށުން ފައްޔާޒަށް ލިބިފައި ވަނީ އެންމެ ހަތަރު ވޯޓެވެ. މިނިސްޓަރ ފައްޔާޒްއާ ދެން ވާދަކުރައްވާ ކެންޑިޑޭޓް އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ލިބިފައި ވަނީ 51 ވޯޓެވެ.

އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 9:00 އިން ފެށިއިރު، މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންގޮސްފައި ވެއެވެ.

މި އިންތިހާބުގެ ވޯޓުލުން ޖުމުލަ 194 ރަށެއްގައި ކުރިޔަށްދާއިރު މާލޭގައި 87 ފޮށި ވަނީ ބަހައްޓާފައެވެ.

މި އިންތިހާބުގައި އެންމެ ފޯރިއާއެކު ކުރިޔަށްދާ ޗެއާޕާސަނަކު ހޮވުމަށް 94،211 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު ވާދަކުރައްވާ ދެ ކެނޑިޑޭޓުން ވެސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ޕާޓީގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙވ

    ޢޯކޭ ފަޢިނުގަ ތިބޭނީވެސް 5

    2
    2
  2. ޒާ

    މުޅި ރ. އަތޮޅުގާވެސް އޮތް އެންމެ ބޯގޯސްމީހުންގެ ރަށް.