ކުރާނެ މަސައްކަތެއްް ނެތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ކުރުކޮށްލައިފި އެވެ.

އާންމުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެންދުރު އެކެއް ޖަހަން ދެން ކުރިއަށް ގެންދިޔަ ނަމަވެސް މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިދިޔަ ހަފްތާގައި ފެށި ފަހުން މާބޮޑު މަސައްކަތްތަކެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހިނގާތަނެއް ނުފެނެ އެވެ.

އެގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ގަޑިއެއްހާ އިރު ތެރޭ ވަނީ ނިންމާލައިފަ އެވެ.

މިއަދުގެ ޖަލްސާ ފެށީ ފެށީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންއާ ސުވާލުކުރަން ހުޅުވާލަމުން ނެވެ. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ފިޝަރީޒް މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވިފަހުން އިތުރު މެމްބަރުންގެ ސުވާލުތަކަށް ވެސް މިނިސްޓަރު ޖަވާބު ދެއްވި އެވެ.

އޭގެ ފަހުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ މަޖިލީހަށް ވަނީ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެއީ މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދައި އަދި އެއް ޕާޓީން އަަނެއް ޕާޓީއަށް މީހުން ބަދަލުކުރާ މައްސަލަ އެވެ.

ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން އެ މައްސަލަ ބަލައިގަންނަން ވޯޓު ނުދިނުމުން މައްސަލައަށް ބަހުސް ކުރަން ފާހެއް ނުވި އެވެ.

އެހެންވެ މަޖިލީހުގައި ކުރާނެ އިތުރުކަމެއް ނެތް ކަމަށް ބުނެ މިއަދު ޖަލްސާވެސް ގަޑިއެއްހާ އިރު ތެރޭގައި ވަނީ ނިންމާލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަން ރީނދޫ

    މިސާލަކަށް،ރޯލްސް ރޯއި ކުންފުނީގެ ފްލައިޓް ގެ އިންޖީނު ހަދާ ފެކްޓްރީއިން މަށަށް މެކޭނިކަލް އިންޖިނިއަރ ގެ ވަޒީފާ ދިނީމަވެސް ވާނީ ހަމަ މިގޮތަށް. ކުރާނޭ ހަމަ އެއްކަމެއް ނޯންނާނެ.

  2. ގައުމީ

    ސުޕަރ މެޖޯރިޓީ ެ،

  3. ލީލީ

    މުސާރަ 85000ރ ކުރާނެ ކަމެއްނެތް ވާވާވާ

    12
  4. ކޮއްކޮ

    ލަދުން ބޮއި ހަލާކު ސަހާދެއް މިބުނީ..

  5. Anonymous

    އެއްވެސް އިރެއްގައި މާކަ ބޮޑު މަސައްކަތެއް ކުރާތަނެއްނޫން ތިޔައީ، ރައްޔިތުންގެ ފައިސާ ބޭކާރު ކުރަން އަގަތަޅާ ހޮޅުއަށި !

  6. ާދަލޭކް

    سبحا الله ހެޔޮނުވާނެ ދައުލަތުގެ ފައިސާއަށް ތިހެން ހަދަން. ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެ.އެދުވަހުނަ ސަލާމަތެއް ނުވާނެ.

  7. މަންކީޕޮކްސް

    ހެހެހެ

  8. ވިސްނާ

    ކުރާނެކަމެއްނެތްބަޔަކަށް ދޭންޖެހޭމުސާރައެއްވެސް ނޯންނާނެ ވީމާ، ކުރާނެކަމެއްނެތިގެން މަޖިލިސްކުރުކޮށްލާނަމަ މަޖިލީހުގެ ރައީސާ މެންބަރުންގެ މުސާރަވެސް ކުޑަކޮށްލުން ރަގަޅު
    އެއީ ނުކުރާކަމަކަށް މުސާރަހަލާލުނުވާނެތީ ކުރާނެކަމެއްނެތީތޯ ނޫނީ ކުރަންވީކަންތައް
    ނޭގެނީތޯ ކުރާނެ މަސައްކަތެއްނެތީވިއްޔާ ސަޅިބައިސާކަނާޑާ ބޮޑުމުސާރަތަކެއް ދެއްވާ މެންބަރުންތަކެއްތިބޭ މަޖިލީހެއްއޮތުމުގެ ބޭނުމަކީ ކޮބައިތޯ ކުރާނެމަސައްކަތެއްނެތްއިރު
    ކީއްވެތޯ ހިތްޕުޅާނުވާ ކިތަންމެމުހިއްމުބިލެތް ހުށަހެޅުއްވިއަސް ބަލައިނުގަނެ ބޭރުކޮށްލަނީ
    އެއީ ކުރަންޖެހޭ މަސައްކަތަށް ވަގުތު ދެއްވަންތޯ ވީމާ. މިހާރު އޮޅުންއަރާގޮތްއެބަވޭ