ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރުގެ މުނާސަބަތާއި ގުޅުވައިގެން މިއަހަރުން ފެށިގެން ޓޫރިޒަމް މިނިސްޓްރީން ދޭން ނިންމާފައިވާ މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން 12 އެވޯޑަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

  1. ބެސްޓް ސްޓާފް އެކޮމޮޑޭޝަން އެވޯރޑް
  2. ބެސްޓް ސްޓާފް ޑައިނިންގ އެކްސްޕީރިއަންސް އެވޯރޑް
  3. އެކްސްސަލަންސް އިން ސްޓާފް ރެކްރިއޭޝަން އެވޯރޑް
  4. އެމްޕްލޯއީ ހެލްތް ކެއަރ އެވޯރޑް
  5. ސޭފަސްޓް ވާރކް އެންވަޔަރަމަންޓް އެވޯރޑް
  6. އެވޯރޑް ފޯ ޔޫޓިލައިޒޭޝަން އޮފް ލޯކަލް ޕްރޮޑަކްޓްސް
  7. އެވޯރޑް ފޯރ ޕްރޮމޯޓިން ލޯކަލް ޕާރފޯމާރސް
  8. އެވޯރޑް ފޯރ ޕްރޮމޯޓިން ލޯކަލް މިއުޒީޝަންސް
  9. އެވޯރޑް ފޯރ ޕްރޮމޯޓިން ލޯކަލް ޑީޖޭސް
  10. ހަޔަސްޓް ޕެރިޓީ އޮފް މޯލްޑިވިއަން އެމްޕްލޯއީސް އެވޯރޑް
  11. ހަޔަސްޓް ނަންބަރ އޮފް ފީމެއިލް އެމްޕްލޯއީސް އެވޯރޑް
  12. ޓްރެއިނިންގ އެންޑް ކެރިއަރ ޑިވެލޮޕްމަންޓް އެވޯރޑް

މި އެވޯޑުތަކުގެ އިތުރުން ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދު ފަހަރު، މިއިން ކޮންމެ ކެޓަގަރީއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ އަށް އެވޯޑު ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފަތުރުވެރިންނަށް ޙިދުމަތް ފޯރުކޮށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީގައި ރެޖިސްޓްރީ ކުރެވިފައިވާ ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ގެސްޓްހައުސް، ޓޫރިސްޓް ހޮޓެލް އަދި ޓޫރިސްޓް އުޅަނދުފަހަރުތަކަށް މިހާރު އެވޯޑަށް ނަން ހުށަހެޅޭނެއެވެ.

އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަވާސާ އިބޫ

    އިންޑިޔާއިން އަންނަ ގެސްޓުންނަށްވެސް މިއެވޯރޑުގައި ބައިވެރިވެވޭނެ!