މިދިޔަ ހަފްތާ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ 102 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހާއި ހަމައަށް ރާއްޖެއިން ކޮވިޑަށް ފައްސިވެފައި ވަނީ 102 މީހެކެވެ.

އޭގެ ތެރެއިން 25 މީހުން ކޮވިޑަށް ފައްސިވެފައި ވަނީ މާލެ އިންނެވެ. އަދި އަތޮޅު ތެރެއިން ކޮވިޑަށް ފައްސިވެފައި ވަނީ 58 މީހެކެވެ.

އެޗްޕީއޭގެ މައުލޫމާތަށް ބަލާއިރު، އެ ހަފްތާ އެއްވެސް މީހަކު ކޮވިޑްގައި ނިޔާވެފައެއް ނުވެއެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް މަދުވެފައިވާއިރު، އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަނީ ލުއިދީފައެވެ.

ރާއްޖެއިން މިހާތަނަށް 179،662 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 298 މީހަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު