މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދުރާލާ ރާވައިގެން ދިން ނިރުބަވެރި ހަމަލާގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާ ގާޒީންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ އާދަމް މުހައްމަދު މައްސަލައިން ތަނާޒުލްވެއްޖެއެވެ.

އެ މައްސަލައިގާ ދައުލަތުން ދައުވާކޮށްފައިވަނީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގުގެ މައްޗަށެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ މައްސަލައިގެ އިފްތިތާހީ ބަޔާން އިއްވުމެވެ. އެހެންނަމަވެސް މިއަދުގެ އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވިދާޅުވީ ކްރިމިނަލް ކޯޓަށް މ. ކުދެހިގެ އިސްހާގުގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަމަށެވެ.

އެ ސިޓީގައި ފާހަގަކޮށްފައިވަނީ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާއާ ގުޅިގެން އިޝްހާގުގެ ދަރިއަކު ގާޒީ އާދަމަށް އިންޒާރު ދީފައިވާކަމެވެ. އެ މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރޭގައި ދަރީގެ ބޮޑުބެއެއް ކަމުގައިވާ މ. ކުދެހިގޭ ހަސަން ޝިފާޒް ހިމެނެއެވެ.

އެއާއެކު ގާޒީ އާދަމް ނިންމަވާފައިވަނީ މައްސަލައިން ތަނާޒުލް ވުމަށެވެ. ސަބަބަކީ މި މައްސަލައިގާ އޭނާގެ މަސްލަހަތު ހިމެނޭތީއެވެ. ގާޒީ ތަނާޒުލް ވުމާއެކު މިއަދަށް ތާވަލްކުރި ޝަރީއަތުގެ އަޑުއެހުން ވަނީ ނިންމާލާފައެވެ. ދެން މި މައްސަލައިގާ ޝަރީއަތުގެ އަޑުއެހުމެއް ތާވަލް ކުރާނީ އާ ގާޒީއަކު މައްސަލަ ބައްލަވާ ބެންޗަށް އައްޔަން ކުރުމަށް ފަހުުގައެވެ.

މި މައްސަލަ ބައްލަވަމުން ގެންދަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ދެން މި މައްސަލައިގެ ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ ސޮފްވަތު ހަބީބް އަދި ގާޒީ މުހައްމަދު މިސްބާހެވެ.

ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ހަސަން ޝިފާޒްގެ މައްޗަށް ދައުވާ ސާބިތުވެފައެއް ނުވެއެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމީ އޭނާގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ވެސް ނުކުރުމަށެވެ.

މޭ ހައެއް މައްސަލައިގާ މިހާރު ކުރިޔަށް އޮތީ އިފްތިތާހީ ބަޔާން އިއްވާ ޝަރީއަތް ފެށުމުގެ މަރުހަލާއެވެ. ދިފާއާއި ދައުލަތުން ވެސް ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާއި ގުޅޭ ގޮތުން ޝަރީއަތުން ވަނީ ގޮތްތައް ނިންމާފައެވެ. މި މައްސަލައިގައި ރިމޯޓަކުން ބޮން ގޮއްވައިލި އަހުމަދު އަދުހަމް ކުށަށް އިއުތިރާފްވެފައިވާތީ އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބްދޫ

    ތިޔަ މައްސަލަ ނުބެލިގެން ތިޔަ އުލެނީ ނީސްތާއްޓަށް އަރައިގެން . އަފްރާސީމް އާއި ރިޒްވާނުގެ މައްސަލަ ބެލުމަށް ނަސީދު ހައްޔަރު ކޮށްބަލަ. ނަސީދު ދައްވާފަ ހުރި ވާހަކަތަކަށާއި ނަސިދުއާއިބެހޭގޮތުން އަފްރާސީމް ވިދާޅުވެފަ ހުރި ވާހަކަތަކާއި ސޯސަލް މީޑިޔާގަ ހުރި ވިޑިއޮތައް ޖަމާކޮށް ތަހުގީގު ފަށާބަލަ. ރިޒްވާނުގެ މައްސަލާގަ ރިޒްވާނުގެ ނަމުގަ މިނިވަން ނޫހުގަ އާއި އައިރިސްޓައިމް ގަ ސާއިއުކޮށްފަ ހުރި ލިއުންތައް ޖަމާކޮށް އެ ލިއުންތަކާއި ގުޅޭ މީހުން ހާޒުިރު ކޮށްބަލަ އެމީހަކާއި ބެހޭގޮތުން ރިޒްވާނު ލިއުނު ލިއުމެއް އެމިހަކާ ގުޅުންނެތްކަމަށް ނޫސްބަޔާނެއްނެރުނީ ރިޒްވާނު ވަގަށް ނެގިފަހުން. އެއީ ވަގު ނަސީދު އޭނާ ހައްޔަރުކޮށް ތަހުގީގު ފަށާބަލަ.

    3
    1
  2. އުގުރި

    ބޮޑުތާޖެހުނީ..... ބޮޑުތާޖެހުނީ.....

  3. އުސްތާޒް

    ހާވާނެހާ ހަޑިއެއް ހޭވުމަށް ފަހު ތަނާޒުލްވީމަ އެއީ މިކަމުން ސަލާމަތްވުމެއްނޫން