ށ. އަތޮޅު ނޫމަރާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ހަތަރު އަހަރުގެ ފާތިމަތު ޝައިހާގެ ގަޔަށް ވަޅިޖަހާ މަރާލިކަން ސާބިތުވެފައިވާ އޭނާގެ މަންމަ، ށ. ފުނަދޫ، ދިނަށަ އާމިނަތު ޝާހިދާގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

ތޫނުއެއްޗަކުން ހަމަލާދީ ޝައިހާ މަރާލާފައި ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ށ. ނޫމަރާ، ރީޑަސްވިލާ ގޭގެތެރޭގައެވެ.

ނޫމަރާގައި ޝާހިދާ ދިރިއުޅޭ ގެއަށް ފުލުހުން ދިޔައިރު، ކޮޓަރީގެ އެނދުމަތީގައި ޝައިހާ މަރުވެފައި އޮއްވައި ފެނުނު ކަމަށާއި އޭނާ މަރާލި އިރު އުމުރުން ހަ އަހަރުގެ އިތުރު އަންހެން ކުއްޖަކު ވެސް އެ ކޮޓަރީގައި ނިދާފައި އޮތް ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

2016 ވަނަ އަހަރު ހިނގި މިހާދިސާއާއި ގުޅިގެން ޝާހިދާގެ މައްޗަށް ދައުވާ ކޮށްފައިވަނީ އެއަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިޔަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

ސިއްރުކޮށްގެން ކުރިޔަށް ގެންދިޔަ އަޑުއެހުންތަކަސް ފަހުގައި ދައުވާ ކުރިތާ ހަ އަހަރު ފަހުން އިއްވި ހުކުމުގައި ވަނީ ޝާހިދާ 17 އަހަރަށް ޖަލަށް ލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށެވެ. އަދި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ވެސް ހުކުމުގައި ވަނީ އަމުރުކޮށްފައެވެ.

އަދި މަރުގެ ދިޔައިގެ ގޮތުގައި ދައްކަން ޖެހޭ އެއް މިލިއަން ރުފިޔާ 12 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ވަނީ އަންގާފައެވެ.

ޝައިހާގެ ކަރުގެ ތިން ތަނަކަށާއި ވާތު ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށާއި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ދީފައިވާ ޒަޚަމްތަކާއެކު ޖުމްލަ 10 ތަނަކަށް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.

ޝާހިދާއަކީ ނަފްސާނީ މައްސަލަތަކެއް ހުރި މީހެއް ކަމަށް ބުނެ ސައިކޮލޮޖިކަލް އެސެސްމެންޓުތަކެއް ހަދައި ސައިކޭޓްރިސްޓްއަކަށް ވެސް ދައްކާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މާބަނޑުވެ ފުރާނަ އެޅުއްވުމަށްފަހު، ދަރި ވައްޓާލާ އަންހެނުންނަށް ވެސް ތި އަދަބު ދޭންޖެހޭނެ. އެކަހަކަ އަންހެނުން މާލޭގައި އެބައުޅޭ. އެބޯޓްކުރާއިރު ރަޙިމުން ބޭރުކުރުމަށްޓަކައި ދަރިއަށް ކުރާ އަނިޔާތައް، ތި ކުއްޖާއަށް ކޮށްފައިވާ އަނިޔާތަކަށްވުރެ މާގިނަ.

    5
    1
  2. އަލީ

    ކަޅު ހެދުން ލައިގެން ކަޅު ބުރުގާ އަޅައިގެން އުޅޭ އަންހެނުންގެ ކިބައިން މި ފެންނަނީ ކޮން ކަހަލަ ލާއިންސާނީ ކަންކަމެއްތަ؟

    16
    30
    • ބުރާންޗޯ

      ކަލެއަށް ގޯސްވީ ހެނދުންދޯ.. ސިޔާސީ ޕިގް

      15
      4
  3. ހެހެހ

    މަރުދިޔަ ދޭންޖެހެނީ ސަރުކާރަށްތަ!

    20
  4. އިސްޢާފް ސަލީމް

    އަމިއްލަ ރަޙިމުގައި ގަރުބަގެން ، އަމިއްލަ މާބަނޑުން ވިހައި ، އަމިއްލަ އަތުން މަރާލުން. ކޮންފަދަ ހިތްދަތި އަޑެއް!

    37
    1
  5. ހާމާން

    ބަލާބަލަ ދައުލަތުގެ ކޮއްތު ކައިގެން ފަލަވެފަހުތިވަރު

    12
    1