ފ. ދަރަނބޫދޫގެ ކުރީގެ މިސްކިތެއްގައި ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅެމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ދަރަނބޫދޫ މީހަކު ”ވަގުތު” އަށް މައުލޫމާތު ދެމުން ބުނީ އެ ރަށުގެ ކުރީގެ މިސްކިތުގައި އިންޑިއާ މީހުން ނިންދަވަން ފަށައިފައިވާ ކަމަށެވެ.

އޭނާ ބުނީ ދަރަނބޫދޫގައި ކުރީގެ މިސްކިތް ނޫނަސް މީހުން ނިންދަވާނެ ބައިވަރު ތަންތަން އެބަހުރި ކަމަށެވެ. ނަމަވެސް މިސްކިތުގައި ނިންދަވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެތަނުގައި ސަތޭކައަށް ވުރެ ގިނަ ބިދޭސީން ގެންގުޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ދަރަނބޫދޫގެ އާސާރީ މިސްކިތުގައި އިންޑިއާގެ މަސައްކަތްތެރިން ގެންގުޅޭތީ ރާއްޖޭގެ ދީނީ ބައެއް ބޭފުޅުން ވެސް ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ނެވެ.

ދަރަނބޫދޫ ކައުންސިލްގެ ކުރީގެ ބޭފުޅަކު ވަގުތަށް ވިދާޅުވީ އިންޑިއާ މީހުން ބައިތިއްބައިގެން އުޅެނީ ގަބުރު ފެނިފެން މީގެ 10 ވަރަކަށް އަހަރު ކުރިން ބަންދުކުރި މިސްކިތެއްގައި ކަމަށެވެ. އަދި މިހާރު އެއީ ރަށު ކައުންސިލްގެ ބިމެއް ކަމަށެވެ.

މިސްކިތުގައި ނިންދަވަނީ އެރަށުގައި ނަރުދަމާ އަޅަން ގެންގުޅޭ އިންޑިއާގެ ލޭބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ސާބަހޭ ކަލޭނޭ މިއޮތީވާ ސަރުކާރެއް ތިޔަރަށު ކައުންސިލަށް ވެސް ސަލާމް

    107
    4
  2. ހަސަނާ

    ގަބުރު ފެނުނަސް ގަބުރު ނަގާފަ އެ މިސްކިތް ބޭނުންކުރެވޭނެ.މިއީ މައްސަލައެއް

    57
    1
  3. އަލިބެޔާ

    މިސްކިތެއް ނޫން މިހާރު.. ކުރިން މިސްކިތަކަށް ބޭނުންކޮށްފަ ގަބުރުފެނިގެން ތަޅާލަން ރެޑީކޮށްފަ ނަމާދުކުރުން ހުއްޓާލާފަ ހުންނަތާ އެތަށް ދުވަހެއް ވެއްޖެ އެހެންވީމަ ކައުންސިލުން އެތާނގަ މީހުން ބޭތިއްބީ.. ސުވާލަކީ މިސްކިތެއްނަމަ އެތަނުގަ ނިދުން ހަރާމްވާނެ ތޯއޭ؟؟ޔާމީނު މި މާލެގެ މިސްކިތެއް ނަގާފަ އެތަނުގަ ސުނޯޕާކު އެޅި އިރު ހައުސިން މިނިސްޓުރީގަ ހުރީ މި މުއީޒު މީނައ އަށް ނުފެނުން .ހަމަ ކޮއްމެ ކަމެއްވެސް ފިތުނަ ފަސާދަ އުފައްދަން

    15
    82
  4. ހަސަނާ

    ގަބުރު މަތީގައި މީހުން ނިންދަވަން ހުއްދަ ދިނީ ކާކުތޯ

    57
  5. ޢިންޑިއާ

    މަސައްކަތް ކުރަން ގެންނަ މީހުންނަށް ނިދާނެތަން ދޭންޖެހޭނީ އެ މަސައްކަތާ ހަވާލުވި ކުނފުންޏަކުން. ޢެފައިސާވެސް ޚަރަދު ނުކޮށް ރައްޔިތުންގެ ތަންތަނުގައި ބައިތިއްބަނީ ކީއްވެބާ. ކައުނސިލްކޮބާ ނިދީތަ؟؟؟

    62
    1
  6. ބޫތު

    ބަލަ ކުރީން މިސްކިތެއްގަ ގޮތުގަ ބޭނުން ކުރީ. ފަހުން ސަހަރާއެއްކަން އެނގިގެން ބަންދުކުރީ. އެހެންވެ ކިހިނެއް އެތަން މިސްކިތަކަށް ވާނީ. ސަހާރާއެއްގަ އިންޑިއާ މީހުން ނިންދަވަނީއޭ ލިޔުން މާ ރަނގަޅު ކަންނޭނގެ. އެތަން ދާރުލް އާސާރެއް ކަހަލަ ތަނަކަށް ހެދިކަން އެނގޭކަށް ނެތް. ފިތުނަ އުފެއްދުމުގެ ހުރި ނުބައި ކަމާއެވެ.

    6
    50
    • މުގުރާން

      މިކަހަލަ މީހުން ބުނާނެ ދެން މިތާގަ ބުދުފައްޅި އެޅިޔަސް އިސްލާމުންނަށް އެމީހުން އުޅޭގޮތަކަށް އުޅެވިދާނެންނޫހޭ!!!

  7. ކޮރަލް

    ކޮން ބަޔަކާ ހަވާލުކޮށްފަ ވާމަސައްކަތެއްތޯ އާއި މިސްކިތުގައި ހުރުމަށް ހުއްދަ ދިން ބަޔަކު ބަލާލަން ބޭނުމެވެ. ކޮމެންޓް އެއްގަ ޖަހާ ލިއަސް ރަނގަޅެވެ.

    41
    1
  8. ލިލީ

    އިންޑިޔާ މީހުންނައް މިގައުމުގާ ހިލޭ ބޯހިޔާވަހިކަން

    42
    2
  9. ބޭރުމީހާ

    ތިޔައީ ހައްތާވެސް އިސލާމް ދީނަށް ފުރައްސާރަ ކުރުމާއި، މިސްކިތްތަކުގެ ޙުރުމަތްކަނޑާލުމުގެ ޕްރޮޕްގަންޑާގެ ތެރެއިން ހިންގާ ކަންތައްތަކެވެ!

    47
    3
  10. މަ

    ކޮބާ ރަށު ކައުންސިލް؟؟

    42
    1
  11. ާދަލޭކް

    ނިކަން ބަލާ ބަލަ މިސް ކިދުގެ ހުރުމަތް ކަޑާލި މިން ވަރު .ތިވެރި މިސްކުތު ބޢރު ކަރަން ރައްޔިތުން ނިކުންނަން ވީ.

    30
    2
  12. ތިހެންވިއްޔާ އެއީ މައްސަލައެއްނޫން

    އިސްލާމްދީނުގައި އިސްރާފް ކުރުން ޙަރާމް ވެގެންވެއެވެ. ވީއިރު ގަބުރު ފެނިގެން މީގެ 10 އަހަރު ކުރިން ނަމާދު ކުރުން ހުއްޓާލާފައިވާ ޢިމާރާތެއްގެ ބޭނުން ފައިދާހުރި ގޮތެއްގައި ހިފުމަކީ އެންމެ ރަނގަޅު ކަމެއްކަމުގައި ދެކެމެވެ. އެހެން ނޫންނަމަ އެމީހުންގެ އެކޮމޮޑޭޝަން އަށް ދައުލަތުން އެތައްބައިވަރު ޚަރަދެއް ކުރަންޖެހޭނެ އެވެ. ތިކަމުން ފަހަރެއްގައި އޭގެތެރެއިން ކޮންމެވެސް ބަޔަކު އިސްލާމްދީނާއިމެދު ޝައުޤުވެރިވެ ހިދާޔަތްވެސް ދެއްވަފާނެ އެވެ.

    6
    38
    • ޛެ

      ބަޔެއް މީހުންނަކީ ބޯ ހަމައެކަނި ފުނާއަޅަން ބޭނުންކުރާ އެއްޗެއް. މަސައްކަތާ ހަވާލުވި ބަޔެއްގެ ޒިންމާޔެއް ދޯ މަސައްކަތު މީހުން ނިދަނެ ތަނެއް ދިނުން. ދައުލަތުން ކުރަންޖެހޭ ހަރަދެއްނޫ އެއީކީ.

      6
      1
  13. ފުއާދު

    ގަބުރު ފެނުނީމަ ދެން ތިތަނަކަށް މިސްކިތެއް ގެ ހުކުމެއް ނުހިނގާނެ. ގަބުރުމަތީ ނަމާދު ކުރުން ޙަރާމް. ތިގޮތަށް ބޭނުން ކުރުމުގެ އެއްވެސް މައްސަލައެއް ނެތް. ކުއްޔަށް ދީގެން ކައުންސިލަށް ފައިސާ ހޯދުމުގައި އެއްވެސް މައްސަލައެއް ނެތް. ފިތުނަ އުފައްދާ މީހުންނަށް ތިއޮތީ ރަނުގެ ފުރުސަތެއް.

    10
    39
    • ގަބުރު

      ގަބުރު ފެނުނީމަ ދެން އެ މިސްކިތް ވަނީ ގެސްޓް ހައުސް އަކަށްތަ.

  14. Anonymous

    އަންނިއާ މުއިއްޒުއާ މިއީ ފިތުނައިގެ ބޮޑުން

    1
    13
  15. Anonymous

    ޤަބުރު ފެނިގެން މިސްކިތް ބަންދުކުރި ނަމަވެސް އެތަނުގެ ޙުރްމަތް ކެނޑޭފަދަ ޢަމަލުތައް ކޮށްގެންނުވާނެ. އަދި ކައުންސިލް ކުށްވެރިކުރަން.
    ފައިސާ ކޮޅެއް ލިބޭތީ ކޮންމެ ކަމެއްކުރަންވެސް ވަރިހަމަ.

    29
    2
  16. ދެބޯގެރި

    މިސްކިތްތަކުގެ ދަފްތަރުން ވެސް 2017 ގައި އުވާލާފައިވާ ތަނެއް ކަމަށް ފ. ދަރަނބޫދޫ ކައުންސިލުން ވަނީ ބުނެފަ. 2017 އަކީ މުއިއްޒުމެން ވެރިކަން ކުރި ޒަމާން. އެހެންވީމަ އެނގި ހުރެގެން ދޯ މުއިއްޒު ފިތުނަ އުފައްދަނީ މި

  17. ރަބަރޭ

    ތިކަން ތިޔައުޅެނީ ތިޔަ މުއީޒު ސިޔާސީ ކޮށްގެން އެހެންނޫނަސް ތިޔައީ ތަޅާލަން ރެޑީ ކޮއްފައި ހުރި ގާފުންޏެތް މުއީޒު ޕުލޭނިންގް މިނިސްޓަރު ކަމުގައި ހުރިއިރު ތިޔަބުނާ ސުނޯޕާކެއް ހަދަންވެގެން އެތާގައި ހުރި މިސްކިތް ނެގިއިރު މުއީޒު ހުރީ ކޮންތާކު ފުލެޓަށް ފޯމްލާން ފޯމް ހިފައިގެން ދިޔައީމަ އެބަ އަންގާ ގަޑި ޖެހިއްޖެއޭ ދެން ފޯމެއް ބަލައި ނުގަނޭވޭނެޔޭ ދެރައްޔިތުން ރުޅިއައިސްގެން ބިއްލޫރި ތައް ތަޅާލި ކޮބާ އެދުވަސް މޮހޮނާ ގޮޅާބޯ ޭ ް

  18. ރަން ރީނދޫ

    ރާއްޖޭގެ ރަށެއްގައި ގަބުރު ނުހުންނަ ހިސާބެއް ވަރަށް މަދުވާނެ. އެކަމަކު ސުވާލަކީ އިންޑިއާގެ ބުދުފައްޅިއެއްގައި މުސްލިމުންގެ ބަޔަކަށް މަސައްކަތު ވިޔަސް އެހެން ކަމެއްގައެއް ވިޔަސް ކައިބޮއި ނިދާ އެތަނުގެ ހިލަ ބުދުތަކަށް ބޭ އިޙްތިރާމް ކުރަން ފުރުސަތު ލިބޭނެ ތޯ.

  19. ސަމީ

    ލިސްޓުން މިސްކިތް ނެގުމަކީ އެ މިސްކިތަށް ދޭންވީ ޤަދަރު ކުޑަ ކުތު.ެއް ނޫން. ޢެވެސް ނަރުދަމާ ކަންތަކުގަ ލަދު ކޮބާ

    6
    1
  20. ގަބުރޭ

    މުއީޒު ކަލެއާ، ބޮނޑިބަތް ޖަމީލުއާ، މަދަނީ އަބުދުއްލޯއާ، އަދި އަންނި ވަރަށް ވަރުހުރޭދޯ ގައުމުގައި ފިތުނަފަސާދަ އުފައްދަން ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

    1
    11
  21. އަޙްމަދު

    ޤަނުރު ފެނިގެން ބަންދު ކުރިޔަސް ކިޔަނީ މިސްކިތަކޭ! މިއަކީ ބަލައިގަނަވޭނެ ކަމެއްނުން! މިކަން ހުއްޓުވަންޖެހޭނެ!

  22. ށުވޭސް

    ދެން ގެންގުޅެންވީ ބައެއް މިކަންތައް ބޮޑުވެގެން އުޅޭމީހުން ކަންޑައަޅާ ކައުންސިލްށް ކުލިލިބޭނެގޮތް ހަމަޖައްސާ ދީބަލަ.