ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކަށް އަމާޒުކޮށް ޓްރެއިނިން ޕްރޮގްރާމެއް ބާއްވައިފިއެވެ.

އިންޑިއާގެ ހައި ކޮމިޝަނުން ބުނި ގޮތުގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ދިޔަ އެ ޕްރޮގްރާމަކީ ޕޯސްޓް ގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް އެޑިއުކޭޝަން އެންޑް ރީސާޗް (ޕީޖީއައިއެމްއީއާރު) އިން ހިންގި ޓްރެއިނިން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އިންތިޒާމުކޮށްފައި ވަނީ އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓީއީސީ) އިންނެވެ.

މިއީ ހެލްތު މިނިސްޓްރީގެ އެދުމަކަށް ބޭއްވި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އެކިއެކި މުވައްޒަފުން ބައިވެރިވިއެވެ. އެގޮތުން ހެލްތު މިނިސްޓްރީގެ އޮފިޝަލުންނާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ހެލްތު އެޑްމިނިސްޓްރޭޓަރުންނާއި ހެލްތު ކެއާ ޕްރޮފެޝަނަލުން ހިމެނޭ ހެން ވިއްސަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

"ސަޕްލައި ޗެއިން މެނޭޖްމަންޓް" ގައި ކުރިއަށް ދިޔަ މި ޓްރެއިނިން ޕްރޮގްރާމްގައި ސިއްހީ ދާއިރާގައި ހުރި އެކިއެކި ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އިންޑިއާ އިން އަންނަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން ސިވިލް ސާވަންޓުންނާއި ކަސްޓަމްސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ތަމްރީން ޕްރޮގްރާމްތައް ހިންގަމުންނެވެ.