ސިނަމާލެ ބްރިޖަށް އަރަން އޮންނަ ދިމާލުގައި އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ބްރިޖުގެ ލައިޓް ކައިރީގައި އެމްޓީސީސީގެ ބަހަކުން ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު 15:14 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލުން ވެއްޓުމުގެ ސަބަބުން 54 އަހަރުގެ އަންހެނެއްގެ ފައިގެ ހަން މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

"މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނުޖަހާ

    ތި ބަސް ޑުރައިވަރުން ލައިސެންސް ނެގި ތަނެއް ވެއްޖެ ބަލަން

    1
    1
    • ޙަސަން

      ބަސް ޑުރައިވަރުން މައިތިރި ކުރަން އެބަޖެހޭ

  2. Anonymous

    އެމްޓީޓީސީގެ ބަސްތައް ދުއްވާ ބައެއް ޑުރަައިވަރުން އެއްވެސް ވަރަކައް މަގުމަތީ އުޅޭ މީހުނަކައް ނުބަލާ.

  3. ޫ

    މީގަ އެއްވެސް ތެދު މައުލޫމާތެއް ފުލުހުން ދީފައެއް ނުވޭ.

    2
    1