ކޮވިޑް-19 ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 66 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއަދު ކޮވިޑް ޖެހިގެން ރާއްޖެ އިން މީހަކު ނިޔާވުމުން ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 300 އަށް އަރާފައެވެ.

ރާއްޖެ އިން ވެސް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ އަނެއްކާވެސް އިތުރުވަމުންނެވެ. އެޗްޕީއޭ އިން އެންމެ ފަހުން އިއުލާން ކުރި މައުލޫމާތުތައް ދައްކާ ގޮތުގައި ކޮވިޑް-19 އަށް ޓެސްޓް ކުރާ މީހުންގެ ތެރެއިން %8 މީހުން އަންނަނީ ކޮވިޑް-19 އަށް ފައްސިވަމުންނެެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން މާސްކް އެޅުމަށާއި ގިނަގިނައިން އަތް ދޮވުމަށާއި އަދި ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙހހ

    ގަބޫލެ އް ނުކުރެވޭ

    14
    7
  2. އަޙްމަދް

    ކޮވިޑް ކުޅިގަނޑު ކުރިއަށް ބާރަށް ކުރިއަށް

    6
    3
  3. Anonymous

    ކަންތައް ފެށުނީ !

    5
    3
  4. ނޭޝަން

    މި ދެމަސް ދުވަހު މަރުވާ ގިނަ މީހުން ކޮވިޑަށް ފައްސި ވާނެ.. ކޮވިޑަކީ ސުކޫލު ބަންދާއި ދިމާކޮށް އިތުރުވާ އެއްޗަކަށް ވާނެ.. ނޫސްތަކަށް ލާރި ދީގެން މީހުން ބިރު ގެންނެވުމުގެ ބައި ވެސް އެބަ ކުޅޭ އެޗް.ޕީ.އޭ އިން.

  5. އަޙްމަދް

    ކޮވިޑް ޖަރީމާ!