ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ ވިނަރެސް ފްލެޓްތައް ބަލަން ދާން ބޭނުންވާ މީހުންނަށް އިތުރު ސްލޮޓްތަކެއް އެޗްޑީސީ އިން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ ވިނަރެސް ފްލެޓްތައް ބަލާލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލުމުން ގިނަ ބަޔަކު އެކަމަށް އެދި ނަން ނޯޓް ކޮށްފައިވާ ކަމަށެވެ.

ވިނަރެސް ފްލެޓް ބަލަން ދިއުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލާފައިވަނީ މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށެވެ. އޮގަސްޓާ ހަމައަށް ހުރިހާ ސްލޮޓެއް މިހާރު ބުކް ކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

"ވިނަރެސް ފްލެޓްތައް ބެލުމަށް ގާތްގަނޑަކަށް 11،000 މީހުން ނަން ނޯޓުކޮށްފައި ވަނީ. ހުރިހާ ސްލޮޓެއް ފުލްކޮށް އުޅެނީ. އެހެންވެ އަސްލު އިތުރު ސްލޮޓްތަކަށް މި ހުޅުވާލީ." އެޗްޑީސީއިން ބުންޏެވެ.

އެޗްޑީސީން ދުވާލަކު 500 މީހުންނަށް ވިނަރެސް ފްލެޓް ދައްކައެވެ. މިހާރު ހުޅުވާލާފައިވާ އާ ސްލޮޓްތަކާ އެކު އެ އަދަދު އިތުރުވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ވިނަރެސް ފްލެޓްތައް އާންމުންނަށް ދައްކަނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 2:30 އަށެވެ.

އެޗްޑީސީއިން މިހާރު ކުރިއަށްގެންދާ އެޕާޓްމެންޓުގެ މައުލޫމާތު ސެޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިލިންކުގައި ރަޖިސްޓްރީ ކުރުމަށް އަދި އެޕާޓްމެންޓް ބަލާލުމަށް މިލިންކުގައި ރަޖިސްޓްރީ ކުރުމަށް އެޗްޑީސީން ވަނީ އަންގައިފައެވެ.

ވިނަރެސް ފްލެޓް ޕްރޮޖެކްޓްގައި ހިމެނެނީ 902 އަކަފޫޓުގެ އެޕާޓްމަންޓްތަކާއި، 883 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ. މިއީ މުޅިންވެސް ތިން ކޮޓަރީގެ އެޕަޓްމަންޓްތަކެވެ. ނަމަވެސް މީގެ ފްލެޓްތައް އެކި ކެޓަގަރީތަކަށް ވަނީ ބަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޮއްފަތި

    ނުވިކިގެންއުޅޭތަނެއް ވިއްކަންވެގެން ހާދަ މަސައްކަތެއް އެބަ ކުރެޔޭ. އަގުބޮޑޭ. އަގުބޮޑޭ. އަގުބޮޑޭ މިބުނަނީ. މަހަކު 18000 ކިހިނެއް ދައްކާނީ؟ 9000 އަށް އަގު ތިރިކުރޭ. އޭރުން އަހަރެން ގަނެފާނަން ތަނެއް.

  2. އަހަރެން

    ކިތަންމެ ވަރަކަށް ދެއްކިޔަސް ވޯޓެއް ނުދެވޭނެ

    10
  3. ހނހ

    ފަސް އަހަރުގެ ދައުރެއް ނިމޭއިރު އެންމެ ފްލެޓެއްވެސް އަޅާ ނުލެވުނު ބައެއް

    11
  4. Anonymous

    ބޮޑެތި ރިބާ ލޯނު ނގައިގެން ފައިދާ ނަގައިގެން އެދަރަނި ރައްޔިތުންގެ ބޮލުގައިވެސް އަޅުވަން ކޮންކިރިޓް ގޮޅިޔެއް ދެނީ ރައްޔިތު މީހާގެ ބޮލުގައިވެސް ރިބާގެ ދަރަނިން ބަޔެއް އަޅުވަން !

  5. 798

    ގުޅިފަޅުން ފުލެޓްގަތްމީހުނަށް މިސަރުކާރުންދޭ އަގުހެޔޮ ފުލެޓޯ ވިނަރެސް ފުލެޓަކީ މިކަހަލަ ގޮއިރޯނުގަ ޖައްސާފަ އައިސް ދެންމިކިޔަނީ 2023 ތިމަންނަމެން އެބަޖެހެއޭ މިހާރުވެސް ޔަޤީންކުރަން….