ސްޓެލްކޯއަކީ ކަސްޓަމާ އޮރިއަންޓެޑް ކުންފުންޏަކަށް ހަދަން ޖެހޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް އެހެން ވިދާޅުވީ ސްޓެލްކޯއަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ މިއަދަކީ ސްޓެލްކޯގެ ހަޔާތުގައި ވަރަށް މުހިންމު ދުވަހެއް ކަމަށާއި އެއީ އެ ކުންފުނި ނޫކަށި ޒުވާނަކަށްވެ ރައްޔިތުންނަށް ހިދުމަތް ދޭން ފަށާނެތީ ކަމަށެވެ.

ސްޓެލްކޯއަށް 25 އަހަރު ފުރިގެން ދާއިރު އެ ކުންފުނި މިހާ ހިސާބަށް ގެނެސްދިން ބޭފުޅުންގެ މަތިން ހަނދާން ކުރަން ޖެހޭ ކަމަށާއި އެ ފަރާތްތަކުގެ ހިދުމަތްތައް ބަލައިގަންގަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ސްޓެލްކޯ މި ހިސާބަށް އައީ އެ ފަރާތްތަކުގެ ބުރަ މަސައްކަތުން ކަމަށްވާތީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ނަން ކިޔާއިރުގައި " އަޅުގަނޑުމެންގެ ކުންފުނި" ކިޔަން އެތަނުގެ މުވައްޒަފުން އާދަކުރަން ވާނެ ކަމަށެވެ.

" މިއަދުން ފެށިގެން ސްޓެލްކޯގެ ނަން ކިޔާއިރުގައި އަޅުގަނޑުމެންގެ ކުންފުނި ކިޔަން އާދަކުރަން ޖެހޭ. ސިންގަޕޫރު ތަންތަނުގައި އެންމެ ކުޑަ ކުއްޖާވެސް ކިޔާނީ "މައި ކަންޓްރީ ސިންގަޕޯ. އެހެންވީމަ އަޅުގަނޑުމެން ސްޓެލްކޯގެ ނަމާއެކު އަޅުގަނޑުމެންގެ ކުންފުނި ގުޅުވާލަން ޖެހޭ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެ ކުންފުންޏައް 25 އަހަރު ފުރުން ފާހަގަކުރަމުން ދާއިރު ސްޓެލްކޯގެ މިސްރާބު ބަދަލު ކޮށްލަން މުވައްޒަފުން އަޒުމު ކަނޑައަޅަން ޖެހޭ ކަމަށެވެ.

އެގޮތުން އެ ކުންފުނީގެ ކަސްޓަމާ އޮރިއަންޓެޑް ކުންފުނިންޏަކަށް ހަދަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެހެން ނޫނީ އާންމުގެ ތެރޭގައި ސްޓެލްކޯ އަކީ މަގްބޫލް ކުންފުންޏަކަށް ނުވާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވާނުވާ

    އަހަރެންގެ އީސީ. އަހަރެން މިލިޔަނަރަކަށްވި އިސީ. މިހެންކިޔަން މީހުން އާަވެއްޖެ. އީސީ ޝަރީފް

  2. އައްމަޓީ

    ސްޓެލްކޯއިންވެސް ލާރިގަނޑެއްކާލާނެ މޮޅުގޮތެއް ރާވަނީދޯ ޝަރީފޫ

  3. ޚަލިލް

    ތިތަން ފުނޑާލާނެ ބޭފުޅެއްތީ. ދެން ސުވާލަކީ އަދިވެސް ހޫނު ގަފަވަންޏާ ކަރަންޓް ބިލް ބޮޑުވާނެތަ؟

  4. ޑައެލޯގް

    މިސްރާބު ބަދަލުވާއިރު ޝަރީފުކެ އެކައުންޓް އޮންނާނީ ރީލޯޑްވެފައެވެ.

  5. ކޮއްޔާ

    މީނަގެ ނަން ކިޔާއިރު ވޯޓްވަގު ކިޔަން އާދަކުރަން ވާނެ //