ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށް, ރިޝްވަތު ނެގި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއި މަނީ ލޯންޑާކުރުމުގެ ކުށުގެ މައްސަލައިގާ މިއަދު އޮތް ޝަރީއަތުގައި ވެސް ކުރިޔަށް ގެންގޮސްފައިވަނީ ހެކިންގެ ހެކިބަސް ނެގުމެވެ.

މި މައްސަލައިގާ ރިޝްވަތު ހުށަހެޅުމުގެ ކުށުގެ ދައުވާ ދައުލަތުން، ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ އުފުލާފައެވެ. އެންމެ ފަހުން މި މައްސަލައިގާ ބޭއްވި އަޑުއެހުމުގައި ވަނީ މައްސަލައިގާ ހިމެނޭ ތިން ފޯނުގެ ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނަގާފައެވެ.

މިއަދުގެ ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ހެކިބަސް ނަގާފައިވަނީ މި މައްސަލައިގާ ހިމެނޭ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕެއްގެ ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި އޮފިސަރާއެވެ.

އޭނާ މިއަދު ކޯޓުގައި ހެކިބަސް ދެމުން ބުނެފައި ވަނީ އެ ލެޕްޓޮޕް ތަހުލީލުކޮށްފައި ވަނީ އިންވެސްޓިގޭޝަން އޮފިސަރު އެދިގެން ވަކި ނަންބަރުތަކަކާއި މުއާމަލާތް ކޮށްފައިވޭތޯ ބެލުމުގެ ގޮތުން ކަމަށެވެ.

މިގޮތުން ޒިޔަތުގެ ފޯނު ނަންބަރުން ސެޓްއަޕް ހަދާފައިވާ ވައިބާ އިން އެހެން ފޯނު ނަންބަރުތަކަކާއި މުއާމަލާތް ކޮށްފައިވޭތޯ ބަލާފައިވާ ކަމަށާއި 2015 ވަނަ އަހަރުގެ ފެބްރުއަރީ ނުވަ ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ މުއާމަލާތްތަކުގެ ޑޭޓާ ނަގައިފައި ވާނެ ކަމަށް އޭނާ ވަނީ ހެކިބަސް ދީފައެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތާއި މައްސަލަ ރައްދުވާ ދެ ފަރާތުން ވެސް ހެކިވެރިޔާއާއި ބޮޑަށް ސުވާލުކޮށްފައިވަނީ ލެޕްޓޮޕުގައިވާ މައުލޫމާތު ނެގި ގޮތާއި އަދި ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯޓުގައި ވާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށެވެ.

ޒިޔަތު މިއަދު ކްރިމިނަލް ކޯޓުގައި
އަބްދުﷲ ޒިޔަތު، މީގެ ކުރިން ކޯޓުގައި ހެކިބަސް ދެނިކޮށް ނަގާފައިވާ ފޮޓޮއެއް:

އެކަމަކު ހަމައެކަނި ބަލާފައި ވާނީ ރިކުއެސްޓްކޮށްފައިވާ ނަންބަރުތަކާއި މުއާމަލާތް ކޮށްފައިވޭތޯ ކަމަށާއި އެ ނަންބަރުތައް ނިސްބަތްވާ މީހުން ނޭނގޭ ކަމަށް ހެކިވެރިޔާ ބުންޏެވެ. އެ ލެޕްޓޮޕުން ހަތަރު ނަންބަރެއްގެ މުއާމަލާތް ތަކެއްގެ ޑޭޓާ ނަގާފައިވާއިރު އޭގެ ތެރޭގައި ދައުވާ ލިބޭ ޔޫސުފް ނައީމް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ނަންބަރާއި ޒިޔަތު ކޮށްފައިވާ މުއާމަލާތްތައް ހިމެނެއެވެ. އެ މުއާމަލާތްތަކުގެ ތަފްސީލު ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

އެކަމާއި ގުޅިގެން ކްރޮސްއެގްޒަމައިން ކުރުމަށް ލިބުނު ފުރުސަތުގައި ޔާމީންގެ ފަރާތުން ވަކީލް އާދަމް ޝަމީމް ވަނީ އެ ލެޕްޓޮޕުން ހޯދި މުއާމަލާތްތަކުގައި އާރަށް ކުއްޔަށް ދޫކުރުމާއި ގުޅޭ އެއްވެސް މުއާމަލާތެއް ފެނިފައިވޭތޯ ސުވާލުކޮށްފައެވެ. އަދި އެ މުއާމަލާތަށް ޔާމީން ނުފޫޒު ފޯރުވިކަން އެނގޭނެ އެއްވެސް މުއާމަލާތެއް ފެންނަން އޮތްތޯ ސުވާލުކޮށްފައެވެ.

އެހެންނަމަވެސް ޝަރީއަތުން ވަނީ އެއީ ހެކިވެރިޔާއާއި ބެހޭ ކަމެއް ނޫން ކަމަށް ނިންމާ އެ ސުވާލު ނުކުރެވޭނެ ކަމަށް ނިންމާފައެވެ. ސުވާލު ނުކުރެވޭނެ ކަމަށް ނިންމުމުން ވަކީލު ވިދާޅުވެފައިވަނީ އެ ރިޕޯޓުގައިވާ މައުލޫމާތުން އެމަނިކުފާނު އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތަށް އެއްވެސް ނުފޫޒެއް ފޯރުވިކަން އެނގެން ނެތް ކަމަށެވެ.

"އެފަދަ އެއްވެސް މައުލޫމާތެއް އެނގެން ނެތް. އަޅުގަނޑު ޔަގީންކަން ދެން." ސުވާލު ނުކުރެވޭނެ ކަމަށް ނިންމުމުން ޝަމީމް ވިދާޅުވިއެވެ.

މައްސަލައިގާ އެންމެ ފަހުން އޮތް އަޑުއެހުމުގައި މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ފަރާތާވެސް ދިފާއުން ވަނީ އެ ސުވާލުކޮށްފައެވެ. އެ ދުވަހު އެ ހެކިވެރިޔާ ބުނެފައިވަނީ އޭނާއަށް ފެނުނު މައުލޫމާތުން ޔާމީން ނުފޫޒު ފޯރުވިކަން އެނގެން ނެތް ކަމަށެވެ.

މި މައްސަލައިގާ ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅާފައިވާ ވުމާއެކު މި މަސް ނިމެންދެން ހެކިބަސް ނެގުން ކުރިޔަށް ގެންދަން ވަނީ ނިންމާފައެވެ. މި މައްސަލައިގައި ހެކިބަސް ނެގުމުގެ މަޖިލީހެއް އޮންނާނީ މިމަހުގެ 26 ވަަނަ ދުވަހުއެވެ.

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނަތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ އަދީބާއި ޒިއަތަށެވެ. އަދީބަށް 20 އަހަަރުގެ ޖަލު ހުކުމެއް އަދި ޒިޔަތަށް 11 އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ވަނީ އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އައްނި

    ކަންނިމިގެންދާއިރު ކަމާނުބުހޭ މީހަކައް ހުރިހާ އަދަބެއް ނުފޫޒު ވަދެފަ އޮތުމުން ނުއަތުބުރު ޖަހަނީ މިދެކެނީ އަނެއްދިވެހިރާއްޖޭގެ ޒަމާނީ ތަރްގީ މިވެސް ވެރިކަމެއްދޯ

  2. ދަރަނި ދަންތުރަ

    ތިޔަ ވައްކަން ކުރީ އަދީބާ ޒިޔަތު ، އެކަމަކު ރައީސް ޔާމީނަށް އަދަބުދެނީ ، ﷲ އިރާދަކުރެއްވިއްޔާ ރައީސް ޔާމީނުގެ ކުށެއްނެތްކަން ހާމަވާނެ އަދި 2023 އެމަނިކުފާނަން ކާމިޔާބުވާނެ

    133
    8
    • ާއައްޔޫބު

      ވަކި އަތަކަށް ނުޖެހޭ ހަބަރު ފަތުރަންށޭ ކިޔާގެން ރައްޔިތުން ފެލާގެން މުޅިންވެސް ޔާމީނަށް ދެއްވާގޮތަށް ޚަބަރު ގެނެސް ދެނީ
      ތަންކޮޅެއް ކުރިން ގެނެސްދިން ޚަބަރެއްގެ އޮތް ޔާމީނު އާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތޭ ކޮބާ މިހާރު އެޚަބަރު

      3
      3
  3. ހއ

    ރައީސްޔާމީން މިގައުމައް އެންމެބޭނުމީ ލޮލުންފެނި ކުރިހާކަމެއް އެގިއްޖެ ރައްޔިތުންނޭ މިގައުމު ހަރުދަނާކަންމަތީ އާރާސްތު ކުރަން ބޭނުންނަމަ ޔާމީ ވެރިކަމައް ގެނައުމައް ގަދައަޅައި މަސައްކަތް ކުރަފާބަހީ

    128
    7
  4. ކުންނާރު

    ސަރުކާރު ހުރިހާކަމަކުން ފެއިލްވަމުންގޮސް ދޮގުހަދާރައީސްގެ ހުރިހާ ދޮގަކާއި މަކަރުވެރިކަން ފަޅާއަރަމުންގޮސް ސޯޓުބޭލިއްޖެ ދެންގައުމަށް ސޯލިބެއަށް ވަފާތެރި ވެވޭނެގޮތެއް ބުނެދީބަލަ؟ މީނަހަށްޔަރުކުރުން ނޫންގޮތެއް މިއަދުނެތް.

  5. ވިސްނާލުމަށް އެދެމޭ

    ބޮޑު ސުވާލު....ރޔާމީނާ އެހެންމީހަކާ ދެމެދު ކު ރެވުނު ކަމަށްބުނާ މުއާސަލަތީ ހެި ނުވަތަ މައުލޫމާތު ޒިޔަތުއާ އަދީބުގެ ފޯނުތަކުން ލެޕްޓޮޕްތަކުގަ ހުންނަންވީ މިދެމީހުންނަކީ މުއާސަލަތީ ދެކުންފުނިތައް ނޫނީ ދެއިންޓެލެޖެންސީތަ...ނޫނީ ރޔާމީނު އަތުގަ ފޯނެ ލެޕްޓޮޕެނެތީތަ މިދެމީހުންގެ ފޯނާ ލެޕް ބޭނުންކުރީތަ. ރޔާމީނާ ގުޅޭ ކޮއްމެ ކަމެއްގަ އަދީބާ ޒިޔަތު ގުޅިލާމެހިފަ މިއޮންނަނީ އަންބަ ރު ދާ ރާ ގުޅިފަ ހުންނަހެން...

  6. ސެއިކް އިމްރާން

    އަދީބަށް ކުރީ 20 އަހަރުގެ ޖަލު ހުކުމެކޭ ނުބުނެވޭނެ. އެނާ އެބައޮތް ގޭގަ އަނބިމީހާއަށް ގިޓާ ކުޅެދޭން.

  7. ޓ

    ޕޮއް....

  8. ޑައެލޯގް

    ގާޒީއެވަނީ އިބޫގަނެފައެވެ. އެހެންވީމަ ދެންވާނެގޮތަކީ އަނެއްކާ ޔާމީނު ޖަލަށްލާނީއެވެ. ދެން ސުޕްރީމްކޯޓާހަމައަށް ދިއުމަށް 2 އަހަރުނަގާނެއެވެ. ޔާމީނުކުށެއްނެތްކަން ސާބިތުވާއިރު ޔާމީނަށް ވެރިކަމަށް ކުރިމަތިނުލެވޭނެއެވެ. އެއީ އިބޫބޭނުމަކީ ދެން އިތުރަށް މައްސަލަހުއްޓަސް ނުބަލާނެއެވެ.

  9. ގެދަބުޅި

    #އަތުގުޅާލާއެންމެހާ ދިވެހިން އެކީ އާނބަސްބުނޭ#އަތުލުމަށްމާޒީވެދިޔަތަން#އާނބަސްބުނޭ#
    2023ﷲގެ ވާަގިފުޅާއިއެކު ރައީސްޔާމީން.އާމީން

  10. ހަސަން

    ތިޔަައީ ސީދާ ރައީށް ޔާމީނަށް އަމާޒުކޮށް ޔާމީން ގޮޅިއަކަށް ނުފެތުނަސް ގަދަކަމުން ފައްތަން ސަރުކާރުން ރާވައިގެން ހިންގާ ނުބައި ޒުލްމުވެރި ޖަރީމާއެއް. ގައުމު އެއްބިލިއަނުން ދަރުވާފައި ވެރިކަން އަދިވެސް ދަމަހައްާތން ޖަހާ މަޅި. ރައީށް ޔާމީން އާ ވާދަކޮށްގެން މޮޅު ނުވެވޭނެކަން އެނގޭތީ ހަމަ ނުބައި ރޭވުން ރާވައިގެން ހިންގާ ޝައިޠާނީ އަމަލެއްތީ. ތިޔަ ވައްކަމުގހެ ބޮޑުން ތިބީ ފިނިކޮޓަރީގައި. ތިކަން ކުރުވި މީހާ ބުނެފި ތިމަންނަޔޯ ކުރުވީ. ދެންހުރި މީހާ ވެސް ފައިސާ ގެންދިޔަ. ދެންކޮން މައްސަލައެއް ބަލާކަށް.

  11. ހއ

    ކަަލޯގަޔާ ގައްޑާ އެންމެފަހުން ޒިޔަތުގެ ލެޕްޓޮޕުން ފައިސާގެ ބޮޑުތަދަދެއް ދީފަވަނީ އާޒިމް އަށާއި އިބޫ ސޯލިހައްހަން ހާމަވެއްޖެ މައްސަލަ އަނެއްއަތައް ޗަކަސްޕަކާސް

  12. ހއ

    ވެރިކަންބަދަލްވެއްޖެނަމަ އާޒިމްއާއި ސޯލިހް ވަގުތުން ތަހުގީގު ނިމެންދެން ބަންދު ކުރާނެކަން އަންނިގެ ވައުދެއް މިފައިސާހޯދުން ދެން ލަލަލަ މިއޮތީ ހޫނުފެނައް ވެއްޓިފަ

  13. ކެޔޮޅުބެ

    ﷲ ގެ އިރާދަފުޅުނަ ރައީސް ޔާމީން މިގައުމުގެ ރައީސްކަމުގެ ދެވަނަދައުރެއް ފުރިހަމަ ކުރަށްވާނެ އަދި ފޭސް ދެއަކަށް ފާގަތިކަން ގެނެސްދީ ރަށްޔަތުންގެ ހިތްތަށް ފުރާލާ ގައުމަށް އާރޯކަން ގެނެސްދީ ހަށްޖުކޯޓާ އިތުރު ކޮށްދޭނެ ކުރިންވެސް ރައީސްކަމުގަ އަޅުގަނޑުމެންނަށް 2000 ކޯޓާ ހަމަޖަށްސަވައިދެއްވި ފަގުލަވާނެއްތީ ރައީސްޔާމީނަށް ޝުކުރާ ސަނާޔާ އަށްސަރިބަހާ ސާބަސް އަރިޝްކުރަން.

    4
    1
  14. ހަޖަމް

    އެލެޕްޓޮޕް 1ރިސޯޓް

  15. ޒުމް

    ޒިޔަތު ވިހޭއިރު އޮތް މަސް ޔާމީނާ ދެކޮޅަށް ހެތްކަކަށް ހުށަހަޅައިފި!

    3
    1
  16. ހެސްކިޔާފަ

    ޔާމީން ކިތަންމެ ސުމާޓްކޮށް މިކަން ކުރިއަސް ، އެންމެނަށްވެސް އެނގޭނެ ، ޔާމީނަށް ބައިއެޅޭ ގޮތަށް އަދީބާއި ޒިއަތު ލައްވާ ކުރުވި ވައްކަމެއްކަން.

    4
    5
  17. އިބްރާހީމް

    ޙަޤީޤީ ވައްކަންކޮށްވެރިކަމަށް އައިސްފަ ތިބިމީހުން ތިތިބީ؟ދޮގުހެދުމާމަކަރުވެރިިކަމާ މީހުންގެ ބޮލުގައި ދޮގުބަދުނާމު އެޅުވުމަށް އެމްޑިޕީ ވަރެއްނުހުންނާނެ.ޙާޤީގަތަށް ވާހަކަދައްކަން ނޭނގޭނެ. ވެރިކަން ލިބެން އޮތީ އެގޮތަށް ވިއްޔާ. ޢަމަލާބަސްދިމާނުވާ ދޮގު ބުހުތާނު ދޮގުހަދާ މުޖުރިމުންގެ ޕާޓީއެއް.މިވެރިކަމށް އައީވެސް ރައީސް ޔާމީން ޤުރުބާންކޮށްގެން އަދިވެސް ހަމައެގޮތުގައި ތެޅިތެޅި ތިބެ 5 އަހަރުވެއްޖެ. މިހާރު އެއުޅެނީ އެމަނިކްފާނަށް ވެރކަމެއް ނެއެރޭ ގޮތަށް ހަދަން ޝަރިޢަތުގައި ދަމަން. ކޮންމެ ދުވަހަކުން ލިބުނަސް ޙައްޤަށް ނަސްރުލިބޭނެ.